އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރާއްޖޭގެ ކައުންސިލްތައް ސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނެރެން ހިތްވަރުދީ ސޯޝަލްމީޑިއާގައި ޕޯސްޓެއް ކޮށްފިއެވެ.
ނަޝީދު ކޮށްފައިވާ ޕޯސްޓްގައި ވިދާޅުވެފައިވަނީ، ކައުންސިލް އިންތިޚާބުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބަލިވެ ވަޑައިގަތުމުން، ކައުންސިލްތަކުގެ ބާރާއި ތަނަވަސްކަން ކަނޑައަޅާ ޤާނޫނަށް ބަދަލު ގެނެސް ކައުންސިލްތަކުގެ ބިން ވެސް ނަގައިލުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށެވެ.
ނަޝީދު ވިދާޅުވީ، ކައުންސިލްތަކުން ދިގު ދެމިގެންވާ ހިތްހަމަ ނުޖެހުން ފާޅުނުކޮށްފިނަމަ، ލާމަރުކަޒީ ނިޒާމު ފުނޑިގެން ހިނގައިދާނެ ކަމަށެވެ. ހަމައެހެންމެ، ކައުންސިލަރުންނާ އެކު ވޯޓު ދިން ރައްޔިތުން ވެސް ތިބޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
Council ithikhaab gai Raees Muizzu bali vumun Council thakuge aanmdhanee aai adhi bin ves athulavvan islaah thah e dhanee Qaanoon ah gennavamun. Miadhu Council thah dhigu dhemigen vaa ihuthijaaj ah nunukumehje nama laamarkazee nizaam ekah hen gehli dhaane. Councillors aai eku e…
— Mohamed Nasheed (@MohamedNasheed) August 27, 2026
ނަޝީދު މި ޕޯސްޓް ކުރެއްވިއިރު ފާހަގަކޮށްލެވޭގޮތުގައި، ވެރިކަމުގައި އެމްޑީޕީ ތިބިއިރު އެމްޑީޕީގެ މެޖޯރިޓީނެތް ކައުންސިލްތައް އޮތީ ބާރުކަނޑުވާލާފައެވެ. ލާމަރުކަޒީ ޤާނޫނު މައްޗަށް ފަސް އަޅާ ފޮރުވާ ގިނަ ކައުންސިލްތައް އޮތީ އޭރުގެ ވެރިމީހާގެ ގޮށްމުށުގެ ތެރޭގައެވެ.
މިއަދުގެ ޙާލަތަށް ބަލާއިރު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް މާލޭ ސިޓީ ކައުންސިލުން ސަރުކާރުގެ މަޝްރޫޢުތަކަށް ހުރަސް އެޅުމަށް ކުރިމަތިކުރަމުންދާ ޖެއްސުންތައްވެސް ގިނައެވެ.
ނަޝީދު މިފަދައިން ޕޯސްޓް ކުރެއްވިއިރު، މީގެ ކުރިން އެތައް ޒަމާނެއް ވަންދެން އެމްޑީޕީގެ ކިއްލާތަކުގެ ގޮތުގައިއޮތް، ގިނަ ކައުންސިލްތައް ޕީއެންސީއަށްލިބި، ވެރިކަންކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ ލިބިފައިވާ ކައުންސިލްތައް މިހާރު ގިނަ ކަންވެސް ފާހަގަކޮށްލެވެއެވެ.
ނަޝީދު ކައުންސިލްތައް ގުނބޯ ހައްދައިގެން މަގުތައް ހަލަބޮލި ކުރުމުގެ ވިސްނުން ގެންގުޅޭއިރު، މީގެ ކުރިން ހަނިކޮށްފައިވާ ހުރިހާ ބާރުތައް ކައުންސިލްތަކަށް ދިނުމާއިއެކު، ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވާ، ހަޤީޤީ ލާމަރުކަޒީ ނިޒާމަށް ކައުންސިލްތައް ހިންގަން އެ ފެއްޓެވީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުންކަން މިއީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކުން އިއްތިފާޤުވާނޭ ކަމެކެވެ.











މުޒާހަރާވެސް ކުރަންވީ . އަމިއްލަ އަންބޮނޑި ބޮޑުވާ މީހުން ތިބޭނީ ހައްޕްކިޔާއިގެން.