Saturday, 29 August 2026
Ads by

އެމްޑީޕީ ތެރޭގައި ބައިބައިވުން އުފެދި، ޕާޓީގެ އިސް މަގާމުތަކުގައި ތިބި މީހުން މަގާމުން އިސްތިއުފާދެނީ

އެމްޑީޕީ ތެރޭގައި ބައިބައިވުން އުފެދި، ޕާޓީގެ އިސް މަގާމުތަކުގައި ތިބި މީހުން މަގާމުން އިސްތިއުފާދެނީ

މަގާމުތަކުން އިސްތިއުފާދެއްވި 2 ބޭފުޅުން ކަމަށްވާ ހިސާން ޙުސައިން (ކ) އަދި އަޙުމަދު ޢަބްދުﷲ (ވ)---

އެމްޑީޕީ ތެރޭގައި ބައިބައިވުން އުފެދި، އެ ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ދެ ބޭފުޅަކު މަގާމުން އިސްތިއުފާދެއްވައިފިއެވެ. މަގާމުން އިސްތިއުފާދެއްވާފައިވަނީ، އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި އަޙުމަދު ޢަބްދުﷲ އާއި އެ ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހިސާން ޙުސައިންއެވެ.

Ad Image
Ads by

އެގޮތުން އަޙުމަދު ޢަބްދުﷲ ޑެޕިއުޓީ ޗެއަރޕާސަންގެ މަގާމުން އިއްޔެ އިސްތިއުފާދެއްވާފައިވާއިރު، ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހިސާން ޙުސައިން އިސްތިއުފާދެއްވީ މިއަދުގެ ވަގުތެއްގައެވެ.

މަގާމުން އިސްތިއުފާދެއްވި ސަބަބެއް ކަމަށް އަޙުމަދު ޢަބްދުﷲ ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ކުރީގެ ފޮރިންގ މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާންކުރެއްވުމާ ގުޅިގެން އޭނާގެ ކެމްޕޭނު ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާތީ ކަމަށެވެ. އަދި ޕާޓީގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ޗެއަރޕާސަންއާއި ޑެޕިއުޓީ ޗެއަރޕާސަނުންނަކީ ޕާޓީގެ އެކިއެކި މަގާމުތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ހައްގުތައް ހަމަހަމަކަމާއެކު ކަށަވަރު ކޮށްދެއްވަންޖެހޭ ބަޔަކަށްވެފައި އެ މަގާމުތަކުގައި ތިއްބަވައިގެން ވަކި ކެންޑިޑޭޓަކަށް ކެމްޕޭނު ކޮށްދެއްވުމަކީ ކުރައްވައިގެންވާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހިސާން މަގާމުން އިސްތިއުފާދެއްވި ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ، މަގާމަށް އައްޔަންކުރެއްވީ ޕާޓީގެ ރައީސްގެ އިސްނެންގެވުމުގެ މަތިން ކަމަށްވާތީ، އެ މަގާމުގެ މެންޑޭޓް ގުޅިފައި އޮތީ ޕާޓީގެ ރައީސްގެ މެންޑޭޓާ ކަމަށެވެ. އެހެންކަމުން ޕާޓީގެ ރައީސް އިސްތިއުފާދެއްވި ހިސާބުން އާ މެންޑޭޓެއް ނެތި އެ މަގާމުގައި ދެމިހުންނެވުމަކީ ޑިމޮކްރެސީގެ އަސާސްތަކާ ފުށުއަރާ ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ މަގާމުން އިސްތިއުފާދެއްވީ ކަމަށް ހިސާން ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިއުލާންކުރެއްވީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އެކަން އިއުލާންކުރެއްވުމަށްފަހު އޭނާ ވަނީ ޕާޓީގެ ރައީސްގެ މަގާމުން އިސްތިއުފާދެއްވައިފައެވެ. ޕާޓީގެ އިސް މަގާމެއްގައި ހުންނަވައިގެން އެތެރޭގެ އިންތިހާބެއްގައި ވާދަކުރެއްވުމަކީ ގަބޫލުުކުރައްވާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެމްޑީޕީ ތެރޭގައި ބައިބައިވުން އުފެދިފައި މިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެ ޕާޓީގެ ޓިކެޓްގައި ހޯއްދެއްވުމަށް ޕްރައިމެރީގައި ވާދަކުރައްވާނެ ކަމަށް 5 ބޭފުޅަކު އިއުލާންކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. މި ދަނޑިވަޅުގައި ޕާޓީގެ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ނުސީދާ ގޮތްގޮތުން އަންނަނީ ބަހުގެ ހަމަލާތައް ވެސް ރައްދުކުރައްވަމުންނެވެ. އެގޮތުން ކުރީގެ ރައީސް ޞާލިޙަށް އަމާޒުކޮށް ކުރީގެ ރައީސް ނަޝީދު ވަނީ މިފަހުން ވެސް ނުސީދާކޮށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފައެވެ.

އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ 5 ބޭފުޅުންނަކީ:

  • ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަޙުމަދު ޝަމްހީދު
  • ކުރީގެ ފޮރިންގ މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު
  • ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް
  • ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
  • ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު

މި ބޭފުޅުންގެ އިތުރުން ކުރީގެ ރައީސް އަދި އެމްޑީޕީގެ މިހާރުގެ ޗެއަރޕާސަން މުޙައްމަދު ނަޝީދު ވެސް ރިޔާސީ ޓިކެޓް ހޯއްދެއްވުމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް ނަޝީދު ވިދާޅުވަމުން ގެންދަވަނީ ރިޔާސީ ޓިކެޓް ހޯއްދެއްވުމަށް އެއްވެސް ޝައުގުވެރިކަމެއް އެމަނިކުފާނުގެ ނެތް ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ހުސޭނުބެ
ހުސޭނުބެ
1 ދުވަސް ކުރިން

މިއީ އެމްޑީޕީ ރޫޅާލާން ނުކުތް ޑިމޮކް ރެޓްސް ބައިގަޑު އަޑީގައި އޮވެގެން އަމިއްލައަށް ހެދި ޕާރޓީއަށް މީހުން ހަމަނުވީމާ ހިންގާ ކަމެކެވެ. ބަލަން ތިބޭތި ތިޔަ އަންނިގެ ބައިގަޑަށް އަހަރުމެންވެސް ވޯޓް ނުދޭނަމެވެ.

Ads by
ފަހުގެ ޚަބަރު
470237_3b095101-d_-1024x683
"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމުގެ ފުރުސަތު އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް!
dollar
"ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކުރި ނަމަވެސް، ޑޮލަރުން މުސާރަ ދިނުމުގައި އެއްވެސް ހުރަހެއް ނޯންނާނެ"
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
CREATOR: gd-jpeg v1
ޔާމީން ދައުލަތުން ވަގަށްނެގި އެތައް މިލިއަން ޑޮލަރު ހޯދިއްޖެނަމަ ޑޮލަރު މައްސަލަ ހައްލުވާނެ: ފަލާޙު
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް