Wednesday, 9 September 2026
Ads by

ބިސް ލިބުމުގެ ދަތިކަމެއް ނެތް: ކޮންޓްރޯލެއް ނެތި ވިއްކަމުންދާ ކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

ބިސް ލިބުމުގެ ދަތިކަމެއް ނެތް: ކޮންޓްރޯލެއް ނެތި ވިއްކަމުންދާ ކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

ރާއްޖޭގެ ބާޒާރުގައި ބިސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، އެއްވެސް ކޮންޓްރޯލެއް ނެތި އެސްޓީއޯއިން ބިސް ވިއްކަމުންދާ ކަމަށް ހާމަކޮށްފިއެވެ.

Ad Image
Ads by

މާލެއާއި އަތޮޅުތަކުގެ ބާޒާރުން ބިސް ހުސްވެ، ކޮންޓްރޯލް ކޮށްގެން ވިއްކަމުންދާ ކަމަށް ބުނެ މީސްމީޑިއާގައި ފެތުރެމުންދާ ވާހަކަތައް ދޮގުކުރައްވައި އެސްޓީއޯއިން ވިދާޅުވީ، ބާޒާރުގައި ދަތިކަމެއް ނެތި ބިސް ލިބެން އެބަހުރި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެހެން އިތުރު ޝިޕްމެންޓްތައް ރާއްޖެ ގެނައުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.

އަގުހެޔޮކޮށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ސަރުކާރުން ވަނީ ބިސް ހިމެނޭހެން 23 ބާވަތެއް އިތުރުކުރައްވާފައެވެ. މި ބަދަލު ރަސްމީކޮށް އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. އަދި އޭގެ އެއްމަސް ފަހުން އެ ބާވަތްތައް ރާއްޖެ އެތެރެކޮށް ބާޒާރަށް ނެރެ ވަނީ ވިއްކަން ފަށާފައެވެ.

އަސާސީ މިފަދަ މުހިންމު ބާވަތްތައް މެދުކެނޑުމެއް ނެތި ބާޒާރުން ލިބެން ހުރިކަން ކަށަވަރު ކުރުމަށްޓަކައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ދަނީ ޤަވާއިދުން މާކެޓް މޮނިޓަރ ކުރަމުންނެވެ.

މީގެއިތުރުން، އެސްޓީއޯއާއި އަމިއްލަ ވިޔަފާރިތައް ގުޅިގެން މުދާ ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖައްސަމުންދާއިރު، ބާޒާރުގައި އެއްވެސް ބާވަތެއްގެ މުދަލެއް މަދުވާނަމަ ނުވަތަ އަގު އުފުލޭނަމަ، އެސްޓީއޯ މެދުވެރިކޮށް ވަގުތުން އެ މުދަލެއް އެތެރެކޮށް ބާޒާރުގެ އަގުތައް ހަމަހަމަކަންމަތީ ހިފަހައްޓަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ސަރުކާރުން ދެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި