Saturday, 24 October 2026
Ads by

އިޤްތިޞާދީ އިޞްލާޙުތައް ގެންނަނީ ފަންނީ ދިރާސާތަކަށް ބިނާކޮށް: ރައީސް

އިޤްތިޞާދީ އިޞްލާޙުތައް ގެންނަނީ ފަންނީ ދިރާސާތަކަށް ބިނާކޮށް: ރައީސް

ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށާއި ބޭރު ފައިސާއާ ގުޅިފައިވާ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ފަންނީ ދިރާސާތަކާއި ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް (ފެކްޓް ބޭސްޑްކޮށް) އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޕީއެސްއެމް ނިއުސްގެ ”ނޭޝަން ޗެޓް“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސިޔާސީ ގޮތުން އެކި ފަރާތްތަކުން އެކި ވާހަކަތައް ދެއްކި ނަމަވެސް، ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭކަން ޢާންމު ރައްޔިތުން ޤަބޫލުކުރާ ކަމަށެވެ. އަދި ސަރުކާރުން އެއްވެސް ނިންމުމެއް ކުއްލިއަކަށް ނުނިންމާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސް ވިދާޅުވީ، ޤާނޫނެއް ހެދިޔަސް ނުވަތަ ޤާނޫނަކަށް އިޞްލާޙެއް ގެނަޔަސް ސަރުކާރުން އެކަންކަން ކުރަނީ އެތައް މަހެއްގެ މަޝްވަރާއާއި، ޓެކްނިކަލް އިވެލުއޭޝަންތަކާއި ދިރާސާތަކުގެ އަލީގައި، ބޭރު ޤައުމުތަކުގައި މިފަދަ ކަންކަން ކޮށްފައި ހުންނަ ގޮތްތައް ވެސް ބަލައިގެން ކަމަށެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގައި މިފަދަ ޓެކްނިކަލް މަސައްކަތްތަކާ ޙަވާލުވެ ތިއްބެވީ ތަޢުލީމީ ގޮތުންނާއި، ފަންނީ ގޮތުން އަދި ތަޖުރިބާގެ ގޮތުން ވެސް ޤާބިލު ބޭފުޅުންނެވެ. އަދި ޤާނޫނުތަކާއި ޤަވާޢިދުތަކަށް ގެންނަ ކޮންމެ ބަދަލަކީ ވެސް ވަރަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން ދިރާސާކުރެވިގެން ހުށަހެޅޭ ބަދަލުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޚާއްޞަކޮށް ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ގެންނަ އިޞްލާޙުތަކުގެ ސަބަބުން، އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް ފެނިގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި