Saturday, 29 August 2026
Ads by

ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ

ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ

އެތައް އަހަރެއް ޖަލުގައި ބޭއްވުމަށްފަހު، މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މަރާލުމަށް ސަޢޫދީ ރަސްކަމުން ދަނީ ތައްޔާރުވަމުންނެވެ. (ފޮޓޯ ކޮލާޖު)

ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައިވާ އަލް-ޙާއިރު ހައި-ސެކިއުރިޓީ ޖަލުގެ އެކަހެރި ގޮޅީގައި ބަންދުކޮށްފައިވާ މަޝްހޫރު ދީނި ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީގެ މައްޗަށް އަދަބެއްގެ ގޮތުން މަރުގެ އަދަބު ދިނުމަށް ސަޢޫދީ ޕަބްލިކް ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެއެވެ. ’ޕްރިޒަނާސް އޮފް ކޮންޝަންސް‘ އަދި ’އަލްޤިސްޠު‘ އިންސާނީ ޙައްޤުތަކާ ބެހޭ ޖަމާޢަތްތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ޝައިޚް އަލް-ޠަރީފީ ހައްޔަރުކޮށްފައިވަނީ 2016 ވަނަ އަހަރުގެ އެޕްރީލް މަހުގެ ފަހުކޮޅު، ސަޢޫދީ ސަރުކާރުގެ ބާރުގެ ދަށުގައިވާ ’އަލް ޢަރަބިއްޔާ‘ ޗެނަލަށާއި ދައުލަތުގެ ބައެއް ދީނީ ސިޔާސަތުތަކަށް ސޯޝަލް މީޑިއާގައި ފާޑުވިދާޅުވުމާ ގުޅިގެންނެވެ.

Ad Image
Ads by

އިންޞާފުވެރި ޝަރީޢަތަކާ ނުލައި 10 އަހަރާ ގާތަށް ޖަލުގައި ބަންދުކޮށްފައިވާ ޝައިޚް އަލް-ޠަރީފީއަށް އާއިލީ ބައްދަލުވުންތަކާއި ޤާނޫނީ ވަކީލުންގެ އެހީތެރިކަން ވަނީ މަޙްރޫމްކޮށްފައެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމާޢަތްތަކުން ފާހަގަކުރާ ގޮތުގައި، އަދާ ހަމައަށް ސަޢޫދީ ސަރުކާރާ ޚިލާފު ޚިޔާލު ފާޅުކުރާ 30,000 އަށްވުރެ ގިނަ ޢާލިމުންނާއި، ދާއީންނާއި ދީނީ ދަރިވަރުން ވަނީ ޖަލަށް ލާފައެވެ. މީގެ ތެރޭގައި މި ޖީލުތަކުގެ އެންމެ ބޮޑެތި މުޙައްދިޘުން ހިމެނެއެވެ. އޭގެ ތެރޭގައި ޝައިޚް ނާޞިރު އަލްފަހުދު، ޝައިޚް ސުލައިމާން އަލްއަލްވާން، ޝައިޚް ޢަލީއަލްޚުޟައިރު ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

މިބޭފުޅުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންގެ ޙުކުމްތައް ނިމި އަނެއްކާ އަލުން ބަންދުކޮށް، އިންސާފުވެރި ޝަރީޢަތަކާނުލާ ސަޢޫދީ ރަސްކަމުން އިތުރު ޙުކުމްތައް ކުރުމުގެ ސަބަބުން 20 އަހަރަށްވުރެ ގިނަ ދުވަހު ޖަލުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ސަޢޫދީ ޖަލުތަކުގައި ދެމުންދާ އަނިޔާތަކާއި، ސިއްޙީ އެހީތެރިކަން ނުދިނުމުގެ ސަބަބުން ގިނަ ޢިލްމުވެރީންތަކެއް ޖަލުގައި ނިޔާވެފައިވާ ކަމަށްވެސް އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމާޢަތްތަކުން ރިޕޯޓުކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
dollar
"ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކުރި ނަމަވެސް، ޑޮލަރުން މުސާރަ ދިނުމުގައި އެއްވެސް ހުރަހެއް ނޯންނާނެ"
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
CREATOR: gd-jpeg v1
ޔާމީން ދައުލަތުން ވަގަށްނެގި އެތައް މިލިއަން ޑޮލަރު ހޯދިއްޖެނަމަ ޑޮލަރު މައްސަލަ ހައްލުވާނެ: ފަލާޙު
20260828_192243
ނުރައްކާތެރި ޙާލަތް އޮއްވާ މެލޭޝިއާއިން 1,500 ރޮހިންޔާ ރެފިއުޖީން އަނބުރާ މިޔަންމާއަށް ފޮނުވާލަނީ
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް