Saturday, 29 August 2026
Ads by

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ޝަމްއޫން ހަމީދު އައްޔަންކުރަން މަޖިލީހުން ރުހުންދީފި

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ޝަމްއޫން ހަމީދު އައްޔަންކުރަން މަޖިލީހުން ރުހުންދީފި

ޝަމްއޫން ހަމީދު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރު ކަމަށް ޝަމްއޫން ހަމީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

Ad Image
Ads by

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ޝަމްއޫން ހަމީދު އައްޔަންކުރުމަށް ރުހުންދީފައި މިވަނީ، މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރުމަށްފަހު، އޭނާއަށް ރުހުންދިނުމާ މެދު ގޮތެއް ނިންމުމަށް ނެގުނު ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ އިއްތިފާގުންނެވެ.

އެޗްއާރްސީއެމްއަށް މެންބަރަކު އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ނަންތަކެއް ފޮނުއްވާފައިވަނީ، މިހާރު އެ މަގާމުގައި ހުންނެވި ސަމާއު އަޙުމަދު ނަޖީބުގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ. ސަމާއުގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ އެ މަގާމަަށް ކުރިމަތިލާން ހުޅުވައިލުމުން ކުރިމަތިލެެއްވި ބޭފުޅުންގެ ތެރެއިން ޝަމްއޫނާއި ސަމާއުގެ ނަން މަޖިިލީހަށް ރައީސް ފޮނުއްވިއެވެ.

ހިއުމަން ރައިޓްސް ކޮމިޓީން އެ ދެ ބޭފުޅުންނާ އިންޓަވިއުކޮށް، އެކުލަވާލި ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހަޅާފައިވާއިރު އެންމެ މަތިން މާކްސް ހޯދާފައިވަނީ ޝަމްއޫނެވެ. އޭނާއަށް 92 މާކްސް ލިބިފައިވާއިރު ސަމާއުއަށް ލިބިފައިވަނީ 86 މާކުހެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި ޝަމްއޫނަކީ ހެރިޓޭޖް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ކަމާއި އެޗްއާރްސީއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260829_113132
މުޖުތަބާ ޚާމަނާއީގެ ޞިއްޙަތަށް އެދި 10،000 ކަންބަޅި ޤުރުބާންކުރުމަށް ފައިސާ ހޯދަން ޝީޢީ ދީނީ ޖަމާޢަތްތަކުން ފަށައިފި
20260829_115818
އައިއެސްއާ ދެކޮޅަށް ސެކިއުލާ ކުރުދީން ބޭނުންކުރުމަށްފަހު އެމެރިކާއިން ވައި.ޕީ.ޖީ އާއި އެސް.ޑީ.އެފް ސޫރިޔާ ސަރުކާރުގެ ދަށަށް ދޫކޮށްލައިފި
20260829_105955
ނޭޕާލާއި ޓިބެޓް ބޯޑަރުގެ ފެންބޮޑުވުމުގައި މަރުވި މީހުންގެ އަދަދު 623 އަށް އަރައި، 2,400 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައި
470237_3b095101-d_-1024x683
"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމުގެ ފުރުސަތު އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް!
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް