Sunday, 27 September 2026
Ads by

ހުރިހާ ކަމެއް ސިޔާސީ ކުރާނަމަ، ރާއްޖޭގައި ހިނގާފައިވާ ވައްކަމުގެ މައްސަލަތަކެއް ނުބެލޭނެ: މަމްދޫހު

ހުރިހާ ކަމެއް ސިޔާސީ ކުރާނަމަ، ރާއްޖޭގައި ހިނގާފައިވާ ވައްކަމުގެ މައްސަލަތަކެއް ނުބެލޭނެ: މަމްދޫހު

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހުރިހާ ވާހަކައެއް ސިޔާސީ ނަޒަރަކުން ވިސްނައިގެން ދައްކަންވެއްޖެނަމަ، ރާއްޖޭގައި މީގެ ކުރިން ހިނގާފައިވާ ވައްކަމާ ގުޅުންހުރި މައްސަލަތައް ނުބެލޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މަމްދޫހު މި މޭރުމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ގިނަ އޮޑިޓް ރިޕޯޓުތަކެއް މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުންނެވެ. މަމްދޫހު ވިދާޅުވީ، މަޖިލީހުގެ ތަޅުމަށް ރިޕޯޓުތައް ގެންނަނީ އެ ރިޕޯޓުތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ބަލަންޖެހޭ ކަންކަން ފުރިހަމައަށް ދިރާސާކުރުމަށްފަހުގައި ކަމަށެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރޭ އޮޑިޓް ރިޕޯޓަކުން ނުވަތަ އެނޫންވެސް ގޮތަކުން ވައްކަމުގެ މައްސަލައެއް ފާހަގަވެގެން އެ މައްސަލައެއް ބަލާއިރު، އެއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަމާޒުކޮށްގެން ސިޔާސީ ކުރަންޖެހޭ ކަމެއް ނޫން ކަމަށްވެސް މަމްދޫހު ވަނީ ވިދާޅުވެފައެވެ.

”ވައްކަން ބެލުމަކީ، ނޫނީ ވައްކަމެއް ކޮށްފައިވެއްޖެއްޔާ ނޫނީ އޮޑިޓް ރިޕޯޓަކުން ކަމެއް ފާހަގަކުރެވިފައި އޮތީމާ އެކަން ބެލުމަކީ އެއީ އަންނަން އޮތް ރިޔާސީ އިންތިހާބާ ހިސާބަށް ސިޔާސީކޮށް އެ ވާހަކަ ދައްކަންޖެހޭ ކަމެއް ނޫން. އެކަހަލަ އެއްވެސް އަސާސެއްގެ މައްޗަކަށް ނޫން އަޅުގަނޑުމެން ކޮމެޓީތަކުގައި ނޫނީ މަޖިލީހުގައި މަސައްކަތްތައް ކުރިއަށް ގެންދަނީ. އެހެންވީމަ ކޮންމެ ކަމެއް ސިޔާސީކޮށް ވިސްނައިގެން ނޫނީ ސިޔާސީކޮށް އެ ވާހަކަ ދައްކަންވެއްޖިއްޔާ އަޅުގަނޑުމެނަށް މި ރާއްޖޭގައި ބެލޭނެ އެއްވެސް ވައްކަމެއް ނޯންނާނެ.“ – މަމްދޫހު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ކަންކަން ބަލަނީ ސިޔާސީ ގޮތުން ބަލައިގެން ނޫންކަން ފާހަގަކުރައްވަމުން މަމްދޫހު ވިދާޅުވީ، އެއްވެސް ފަރާތަކުން ގޯހެއް ހަދާފައިވާނަމަ އެކަމުގެ ޒިންމާ ކޮންމެވެސް ބަޔަކަށް ރައްދުވާނެ ކަމަށެވެ. އަދި ވައްކަމާ ގުޅުންހުރި މިފަދަ މައްސަލަތައް ބަލަނީ އެއީ ކާކަށްތޯ ބަލައިގެން ނޫން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މާލިއްޔަތު ކޮމިޓީއަށް ހުށަހެޅޭ ކަންކަން ބަލަމުންދަނީ ވަކި އުސޫލުތަކެއްގެ ތެރެއިން ކަމަށްވާއިރު، ވައްކަމާ ގުޅުންހުރި މައްސަލަތައް ބަލަންފެށުމުން އެކަންކަމާ ދެކޮޅަށް މަޖިލިސް މެންބަރުން މަސައްކަތްކުރަމުން އަންނާތީ އެއީ ވަރަށް ދެރަކަމެއް ކަމަށް މަމްދޫހު ވިދާޅުވިއެވެ. އަދި ހަމައެހެންމެ، މާލިއްޔަތު ކޮމިޓީއަށް ހުށަހެޅޭ ކަންކަން ބަލަނީ ހަމަޖެހިފައިވާ ވަކި އުސޫލެއްގެ ތެރެއިން ކަމަށް ވެސް އޭނާ އިތުރަށް ވިދާޅުވިއެވެ،

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި