Sunday, 25 October 2026
Ads by

މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމިއްޖެ

މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމިއްޖެ

ރ. މާކުރަތު ބަނދަރުގެ ޖާގަ ތަނަވަސްކޮށް، ދަތުރުފަތުރަށް ލުއިފަސޭހަކަން ގެނެސްދިނުމުގެ ގޮތުން ކުރިއަށްގެންދާ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ 63 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

Ad Image
Ads by

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ (ބިނާރާއި، ގެދޮރުވެރިކަމާއި، އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާ) އިން 26.67 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ އެ އަހަރުގެ މެއި މަހުގައެވެ.

އެ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މަޝްރޫޢުގެ ބޮޑުބައެއް މިހާރު ފުރިހަމަކުރެވިފައިވާއިރު، މިހާރު އެންމެ ހަލުވިކަމާއެކު ކުރިއަށްދަނީ ބޭރުތޮށި ލުމުގެ މަސައްކަތެވެ.

މި މަޝްރޫޢަކީ މާކުރަތުގެ ބަނދަރުގެ ޖާގަ ތަނަވަސްކުރުމުގެ އިތުރުން ރަށުގެ ގިރާ ސަރަޙައްދުތައް ހިމާޔަތްކުރުމަށް ފަރުމާކޮށްފައިވާ މުހިންމު މަޝްރޫޢެކެވެ. އެގޮތުން، ބަނދަރާއި ފަޅު ފުންކުރުމަށްޓަކައި 39,658.55 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ކޮނުމާއި، ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށް 451 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލަ ޖެހުން ހިމެނެއެވެ.

މީގެއިތުރުން، އުޅަނދުފަހަރު ކައިރިކުރުމަށް 150 މީޓަރުގެ ޕްރީކާސްޓް އެލް-ބްލޮކް އެއްގަމުތޮއްޓަކާއި، 125 މީޓަރުގެ ޖެޓީއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި 1,962.18 އަކަމީޓަރުގެ ސަރަޙައްދެއްގައި ގައު އަތުރައި ޕޭވްމަންޓް ހެދުމާއި، ރިވެޓްމަންޓް އަދި ގްރޮއިން ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ. ހަމައެއާއެކު، ރޭގަނޑުގެ ވަގުތުތަކުގައި ކަނޑު އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ފަޅަށް ވަދެނިކުމެ ހެދުމަށް މަގުދައްކައިދޭ ނެވިގޭޝަން ލައިޓުތައް ބެހެއްޓުމާއި، ނެވިގޭޝަން ނިޒާމު ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢު އެއްކޮށް ނިމި ބޭނުންކުރަން ފެށުމުން، މާކުރަތު ރައްޔިތުންނަށާއި އެ ރަށަށް ދަތުރުކުރާ ފަރާތްތަކަށް ބަނދަރުގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބި، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި