Saturday, 29 August 2026
Ads by

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ ބޭންކަކަށް ޖަމާކުރުން ލާޒިމްކޮށްފި

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ ބޭންކަކަށް ޖަމާކުރުން ލާޒިމްކޮށްފި

ރާއްޖޭގައި ވަޒީފާ އަދާކުރަމުން އަންނަ ބިދޭސީންތަކެއް---

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ މުސާރަ، އެމްއެމްއޭގައި ރަޖިސްޓްރީ ކޮށްފައިވާ ބޭންކެއްގައި ހުޅުވާފައިވާ އަމިއްލަ އެކައުންޓަށް ޖަމާކުރަންޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފިއެވެ.

Ad Image
Ads by

މިގޮތަށް އިސްލާހުކޮށްފައިވަނީ ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ގެނައި ތިންވަނަ އިސްލާހުގައެވެ. މި ގަވާއިދަށް އިސްލާހު ގެނެސް، ގެޒެޓުކޮށްފައިވަނީ މިއަދެވެ. އެ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން، ދޭންޖެހޭ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓްރީ ކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބެންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ކަމަށެވެ.

މި އިސްލާހަށް އަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިއުކުރާ ދުވަހުން ފެށިގެން 30 ދުވަސް ފަހުންނެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ މުސާރަ، އެމްއެމްއޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކެއްގައި ހުޅުވާފައިވާ އަމިއްލަ އެކައުންޓަށް ޖަމާކުރަންޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފައި މިވަނީ، ގިނަ އަދަދެއްގެ ބިދޭސީން ގަވާއިދަށް ފެއްތުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން، ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކަށް ޑޮލަރުން އަދި އަނެއްބައި ފަރާތްތަކަށް ދިވެހި ރުފިޔާއިން މުސާރަ ލިބޭއިރު، މުސާރައިގެ ގޮތުގައި ލިބޭ ޑޮލަރު ކަޅު ބާޒާރުގައި ވިއްކުމާއި، ދިވެހި ރުފިޔާއިން މުސާރަ ލިބޭ މީހުން ބޮޑު އަގުގައި ޑޮލަރު ގަންނަ މައްސަލަތައް ފާހަގަކުރެވޭ ކަމަށް ވެސް އެ އިދާރާތަކުން ފާހަގަކުރެއެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ ބިދޭސީ މަސައްކަތްތެރިން ގަވާއިދުގެ ތެރެއަށް ވައްދާ، އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ބަޗީ
ބަޗީ
3 ދުވަސް ކުރިން

ހަމައެކަނި މުސާރަ އެއް ނޫން. ހުރިހާ އެލަވަންސަކާއި ޢިނާޔަތެއްވެސް ހިމަނާ. މައްސަލަ ހައްލުކުރަން ބޭނުންނަމަ، އެ މައްސަލައިގެ ވަށައިގެންވާ ހުރިހާ ލޯވަޅުތަކެއް ބައްދަން ޖެހޭނެ.

Ads by
ފަހުގެ ޚަބަރު
dollar
"ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކުރި ނަމަވެސް، ޑޮލަރުން މުސާރަ ދިނުމުގައި އެއްވެސް ހުރަހެއް ނޯންނާނެ"
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
CREATOR: gd-jpeg v1
ޔާމީން ދައުލަތުން ވަގަށްނެގި އެތައް މިލިއަން ޑޮލަރު ހޯދިއްޖެނަމަ ޑޮލަރު މައްސަލަ ހައްލުވާނެ: ފަލާޙު
20260828_192243
ނުރައްކާތެރި ޙާލަތް އޮއްވާ މެލޭޝިއާއިން 1,500 ރޮހިންޔާ ރެފިއުޖީން އަނބުރާ މިޔަންމާއަށް ފޮނުވާލަނީ
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް