Saturday, 29 August 2026
Ads by

އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި

އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި

އެމެރިކާއިން ޢިރާޤަށް އެރިއިރު ހުރިހާ ސުންނީން އެކަތިގަނޑަކަށްވެ އެމެރިކާއާ ދެކޮޅަށް ހަނގުރާމަކުރިއެވެ. ނަމަވެސް އެމެރިކާއާ އެއްބައިވީ ޝީޢީ ޖަމާޢަތްތަކެވެ. އީރާނަށް ފެނުނީ ފުރުޞަތެކެވެ. އަފްޣާނިސްތާނުގައި އެހީވިގޮތަށް ޢިރާޤުގައި އެމެރިކާއަށް އެހީވެގެން އިރާނުގެ ނުފޫޒު މެދުއިރުމައްޗަށް ފޯރުވުމަށެވެ. (ފޮޓޯ ކޮލާޖު)

އިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތްތަކުން ގެންގުޅޭ ހަތިޔާރުތައް ދައުލަތުގެ ސެކިއުރިޓީ އިދާރާތަކުގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ސެޕްޓެމްބަރު 30 ގެ ފަހުން ކުރިއަށްދާނެކަމަށާއި، ހަނގުރާމަ އާއި ސުލްޙައިގެ އެންމެހައި ނިންމުންތައް ނިންމުމުގެ ފުރިހަމަ ބާރު އޮންނާނީ ހަމައެކަނި ދައުލަތުގެ މަރުކަޒީ ސަރުކާރަށް ކަމަށް އިރާޤުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޤާސިމް އަލް-އަޢުރަޖީ ބުނެފިއެވެ.

Ad Image
Ads by

މި ނިންމުމާއެކު ފެންނަމުންދަނީ ބައިނަލްއަޤްވާމީ ސިޔާސީ މަސްރަހުގެ ހިތި ޙަޤީގަތެވެ. އިސްލާމިކް ސްޓޭޓް (އައި.އެސް) ބަލިކުރުމަށްޓަކައި އެމެރިކާއިން އީރާނާއި އެޤައުމަށް ވަފާތެރި ޝީޢީ ހަނގުރާމަވެރި ޖަމާޢަތްތަކުގެ އެހީތެރިކަން ހޯދައި، އެ ފަރާތްތަކުގެ ބޭނުން ހިފިއެވެ. ނަމަވެސް، މަޤްޞަދު ޙާޞިލުވެ، އައި.އެސްގެ ނުރައްކާ ކުޑަވުމުން، އެމެރިކާގެ މަޞްލަޙަތު އިސްކޮށް، އެ ބާރުތައް އެކަހެރިކޮށް، ދޫކޮށްލުމަކީ އެމެރިކާގެ އިއްތިހާދީ ސިޔާސަތުން ލިބިދޭ ބޮޑު ފިލާވަޅެކެވެ. ބޭނުން ކެނޑުމުން ’އެކުވެރިން‘ އުކާލުމަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ ޙަޤީޤީ ސޫރައެވެ. މިހާރު މިވަނީ އެ ޖަމާޢަތްތަކުގެ ހަތިޔާރު އަތުލައި، އެތަނުގައި ތިބި ބޭރުގެ ހަނގުރާމަވެރިން އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމަށް މަޖުބޫރުކޮށްފައެވެ.

ޢިރާޤުގެ ދައުލަތުގެ ޓީވީ (އަލްޢިރާޤިއްޔާ) އަށް ދިން އިންޓަވިއުއެއްގައި އަޢުރަޖީ ބުނީ، ސެޕްޓެމްބަރު 30 އަކީ އެމެރިކާ އިސްވެ ހެދި ބައިނަލްއަޤްވާމީ އިއްތިހާދުގެ ސިފައިން އިރާޤުން އެކީއެކުން ފައިބައި ނިންމަންޖެހޭ ސުންގަޑި ކަމަށެވެ. އަދި އެއަށްފަހު، ޕޮޕިއުލަރ މޮބިލައިޒޭޝަން ފޯސަސް (ޕީ.އެމް.އެފް) ގެ ތެރޭގައި ހިމެނޭ ޝީޢީ ޖަމާޢަތްތަކުގެ ހަތިޔާރުތައް މަޑުމަޑުން ދައުލަތުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމުގެ ޢަމަލީ މަސައްކަތާއި މަޝްވަރާތައް ފެށިގެންދާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

”ސެޕްޓެމްބަރު 30 އަކީ ބައިނަލްއަޤްވާމީ އިއްތިހާދުގެ ލަޝްކަރުތައް މިޤައުމުން ފައިބަންޖެހޭ ތާރީޚު. ހަތިޔާރުތައް ދައުލަތުގެ ބާރުގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރިއަށްދާނީ އެއްވެސް ކުރިމަތިލުމަކަށް ނުގޮސް،ސުލްޙަވެރިކަމާއެކު ދެފަރާތުގެ މެދުގައި ވެވޭ އެމްއޯޔޫތަކުގެ ތެރެއިން،“ އަޢުރަޖީ ބުނިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
dollar
"ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކުރި ނަމަވެސް، ޑޮލަރުން މުސާރަ ދިނުމުގައި އެއްވެސް ހުރަހެއް ނޯންނާނެ"
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
CREATOR: gd-jpeg v1
ޔާމީން ދައުލަތުން ވަގަށްނެގި އެތައް މިލިއަން ޑޮލަރު ހޯދިއްޖެނަމަ ޑޮލަރު މައްސަލަ ހައްލުވާނެ: ފަލާޙު
20260828_192243
ނުރައްކާތެރި ޙާލަތް އޮއްވާ މެލޭޝިއާއިން 1,500 ރޮހިންޔާ ރެފިއުޖީން އަނބުރާ މިޔަންމާއަށް ފޮނުވާލަނީ
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް