Monday, 7 September 2026
Ads by

ރަސްމާލޭން 716 ހެކްޓަރު ހިއްކައި އެންމެ ބިން ބޮޑު ރަށަށް

ރަސްމާލޭން 716 ހެކްޓަރު ހިއްކައި އެންމެ ބިން ބޮޑު ރަށަށް

ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާރު 716 ހެކްޓަރު ހިއްކައި، ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަކަށް ރަސްމާލެ ވެއްޖެ އެވެ.

Ad Image
Ads by

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާޝިދު އެކްސްގައި ކުރެއްވި ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ހިންގާ ބިންހިއްކުމުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށް ދާ ކަމަށެވެ. އެގޮތުން ޖުމްލަ ހިއްކަން ޖެހޭ 1،150 ހެކްޓަރުގެ ތެރެއިން މިހާތަނަށް 716 ހެކްޓަރު ހިއްކައި، ރަސްމާލެ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށް ވެފައިވާ ކަމަށެވެ.

”މިއީ މީގެ ކުރިން އެންމެ ބޮޑު ރަށުގެ ގޮތުގައި އޮތް ލ. ގަމަށް (609 ހެކްޓަރު) ވުރެ 107 ހެކްޓަރު ބޮޑު މިންވަރެއް.“ ނާޝިދުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

މި ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން އެކުލަވާލާފައިވާ ”އާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި، މާލޭގެ ރައްޔިތުންނަށް ރަސްމާލެއިން 15،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫއު އެއްކޮށް ނިމިގެންދާއިރު، ޖުމްލަ 65،000 ގެދޮރުވެރިކަމުގެ ފުރުސަތު ރައްޔިތުންނަށް ކަށަވަރުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މީ ގެއިތުރުން، ރަސްމާލެ ތަރައްގީކުރުމުގެ މާސްޓަރ ޕްލޭން އެކުލަވާލުމަށްޓަކައި ބޭނުންވާ ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ވެސް ހައުސިން މިނިސްޓްރީން މިހާރު އަންނަނީ ކުރަމުންނެވެ. މި މާސްޓާ ޕްލޭންގެ މައިގަނޑު އަމާޒަކީ ރަސްމާލެއަކީ ތިމާވެއްޓާ ރައްޓެހި، އަސާސީ ޔުޓިލިޓީ ހިދުމަތްތަކާއި ދަތުރުފަތުރުގެ ނިޒާމު ފުރިހަމައަށް ގާއިމުވެފައިވާ، އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހަކަމާއެކު ދިރިއުޅެވޭނެ (އެކްސެސިބަލް) ފުރިހަމަ ސިޓީއެއްގެ ގޮތުގައި ފަރުމާކުރުމެވެ.

ރަސްމާލެ މަޝްރޫއުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ 18 ޑިސެންބަރު 2023 ވަނަ ދުވަހުއެވެ. އަދި މަޝްރޫއުގެ ދުވެލި އިތުރަށް ހަލުވިކުރުމުގެ ގޮތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން މަސައްކަތްތައް އަލުން ފަށާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IGMH
އައިޖީއެމްއެޗްގެ މެޑިކަލް އިންޓާންޝިޕްގެ 13 ވަނަ ބުރަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
IMG_20260907_165033_124
ފެނަކަ އުވާލައި ސްޓެލްކޯގެ ދަށަށް، އާރުޑީސީ އާއި އެމްޓީސީސީއާ އެއްކޮށްލަނީ
IMG_8658
ހުރިހާ ދިވެހިންނަށް ހިއްސާވާ ރިސޯޓުތަކުގެ މަސައްކަތް ނޮވެމްބަރުގައި ފަށަނީ: ރައީސް
IMG_9920
60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭގޮތަށް ހަމަޖައްސަނީ
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި