Sunday, 25 October 2026
Ads by

ނައިވާދޫ ބަލިކޮށް އެފްއޭއެމް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅު ޗެމްޕިއަންކަން ހަނިމާދޫ ހޯދައިފި

ނައިވާދޫ ބަލިކޮށް އެފްއޭއެމް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅު ޗެމްޕިއަންކަން ހަނިމާދޫ ހޯދައިފި

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕުގައި ހދ. އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫ ޓީމުން ކާމިޔާބުކޮށްފިއެވެ. ހަނިމާދޫން މި ތަށި އުފުލައިލީ ފައިނަލް މެޗުގައި 0-2 ގެ ނަތީޖާއަކުން ނައިވާދޫ ބަލިކުރުމަށްފަހުގައެވެ.

Ad Image
Ads by

ނޮޅިވަރަންފަރު ފުޓްސަލް ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ހަނިމާދޫން ކާމިޔާބުކުރި ދެ ލަނޑުވެސް ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި ހަނިމާދޫއަށް ލީޑު ނަގައިދިނީ ނޫރުﷲ ޠާޙާއެވެ. އަދި ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، 19 ވަނަ މިނެޓުގައި އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ މުޙައްމަދު ޚާލިދެވެ.

މެޗުގެ ދެވަނަ ހާފުގައި ނައިވާދޫން ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. މިގޮތުން މެޗުގެ 38 ވަނަ މިނެޓުގައި އެޓީމަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، މުޙައްމަދު ޝާއިން ފޮނުވާލި އެ ޕެނަލްޓީ ކާމިޔާބުވާގޮތެއް ނުވިއެވެ. މި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ހަނިމާދޫ ޓީމުގެ އަބްދުﷲ މުޙައްމަދެވެ.

ހދ. އަތޮޅުން ޖުމްލަ 6 ޓީމު ވާދަކުރި މި މުބާރާތް ކުރިއަށްދިޔައީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ޗެމްޕިއަން ހަނިމާދޫ ގްރޫޕް ’އޭ‘ ގައި ވާދަކުރީ ނޮޅިވަރަންފަރާއި ކުމުންދޫއާ ދެކޮޅަށެވެ. އަދި ރަނަރަޕް ނައިވާދޫ ގްރޫޕް ’ބީ‘ ގައި ހިމެނުނީ ނޭކުރެންދޫ އަދި ކުރިނބީއާ އެކުގައެވެ.

މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ދެއްކި ހަނިމާދޫ ޓީމުން މުބާރާތުގެ ތަށި ހޯދީ ގްރޫޕް ސްޓޭޖުގެ ދެ މެޗާއި، ސެމީ ފައިނަލް އަދި ފައިނަލް މެޗާއެކު ޖުމްލަ 4 މެޗު ކުޅެ، 8 ލަނޑު ޖަހައިގެންނެވެ. މުޅި މުބާރާތުގައިވެސް އެޓީމުގެ ކޮޅަށް ވަދެފައިވަނީ އެންމެ 3 ލަނޑެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި