Tuesday, 17 November 2026
Ads by

ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މިދިޔަ އަހަރު 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ހޭދަކުރި: މަމްދޫހު

ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މިދިޔަ އަހަރު 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ހޭދަކުރި: މަމްދޫހު

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މިދިޔަ 2025 ވަނަ އަހަރު 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ހޭދަކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މަމްދޫހު މި މޭރުމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހާއްސަކޮށް ޕްރިމިއަމް ހެލްތް އިންޝައުރެންސް ލިބޭ ކަމަށާއި ނަމަވެސް އާދައިގެ ނިކަމެތި ރައްޔިތުން ޖެހެނީ ބޭސްފަރުވާއަށް ސަލާން ޖަހަން ކަމަށް ބުނެ މީސް މީޑިއާގައި މީހަކު ކުރި ޕޯސްޓަކަށް ރައްދުދެއްވަމުންނެވެ. އެ ޕޯސްޓުގައި އޭނާ ވަނީ އެންޑޯމެޓްރިއޯސިސް ބައްޔަށް ފަރުވާ ހޯދަމުން އަންނަ ފަރާތަކުން މީސް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގެ ސްކީންޝޮޓް ވެސް އާންމުކޮށްފައެވެ.

މިކަމާ ގުޅިގެން މަމްދޫހު ވިދާޅުވީ، އެންޑޯމެޓްރިއޯސިސް އަށް ބޭނުންވާ ފަރުވާ އާސަންދައިގެ ހިދުމަތް ލިބޭ ގިނަ ހޮސްޕިޓަލްތަކަކުން ލިބެން އެބަހުރި ކަމަށެވެ. އޭނާ ވަނީ  މި ބައްޔަށް ފަރުވާ ހޯދުމަށް އާސަންދަ ކަވަރުކުރާ ހޮސްޕިޓަލްތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ވަރުގަދަ ހޮސްޕިޓަލްތަކެއް ނަން ވެސް ހިއްސާކޮށްފައެވެ.

މި ބައްޔަށް ފަރުވާ ކުރެވޭ ކަމަށް މަމްދޫހު ފާހަގަކުރެއްވި ބައެއް ހޮސްޕިޓަލުތަކުގެ ތެރޭގައި ހިމެނެނީ:

  • ޖެމް ހޮސްޕިޓަލް އެންޑް ރިސާޗް ސެންޓަރ (ކޮއިމްބަތޫރު)
  • މަނިޕާލް ހޮސްޕިޓަލް (ބެންގަލޫރު)
  • އެމްޖީއެމް ހެލްތުކެއަރ (ޗެންނާއީ)

މެންބަރު މަމްދޫހު ވިދާޅުވީ، ވަކި ޑޮކްޓަރަކަށް ދެއްކުމަށް ނުވަތަ އާސަންދަ ނުލިބޭ ހޮސްޕިޓަލަކުން ފަރުވާ ހޯދުމަކީ ކޮންމެ ބަލިމީހެއްގެ ވެސް އަމިއްލަ އިހުތިޔާރެއް ކަމަށާއި އެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިދީފައި އޮންނަ ކަމަށެވެ. ނަމަވެސް، އާސަންދަ ސްކީމްގެ ދަށުން މި ފެންވަރުގެ ރަނގަޅު ފަރުވާ ލިބެން ހުއްޓައި، ބޮޑު ހަރަދުކޮށްގެން އަމިއްލަ ޖީބުން ފައިސާ ދައްކައިގެން ނޫނީ މި ފަރުވާ ނުލިބޭނެ ފަދަ ތަސައްވުރެއް އާންމުންގެ މެދުގައި އުފެއްދުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ދިވެހި ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ބޮޑެތި ހޭދަތަކެއް ކުރަމުން އަންނަ ކަމަށާއި، އެގޮތުން މިދިޔަ އަހަރު އެކަނިވެސް ރައްޔިތުންގެ ސިއްހީ ފަރުވާއަށް 2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން މަމްދޫހު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ބޭސްފަރުވާއަށް އެތައް ހާސް ޑޮލަރެއް އަމިއްލައަށް ހޯދަން މަޖުބޫރުވެފައިވާ ކަމުގެ އިހުސާސް ރައްޔިތުންނަށް ކުރުވުމުގެ ބަދަލުގައި، އާސަންދައިގެ ދަށުން މިހާރުވެސް ލިބެންހުރި ފަރުވާތަކާ ބެހޭ ސައްހަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
large_thumb_1794838270108
މާފަރާއި ފޮއްދޫގައި އަލަށް ބިނާކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި
vazeerunge majilis
ސިޔާސަތުތަކަށް ފަންނީ ތަޖުރިބާކާރުންގެ އިލްމީ ލަފާ ހޯދަން ކޮމިޓީތަކެއް އުފައްދަވަނީ
big_y0OjWZ5sc0AZ00GFfi0UbJiYK
2028 ގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އޮތް ހަމައެކަނި މަގު: ޢަބްދުއްރަޙީމް
Ads by
މަގުބޫލު
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
Dhivehi Raeesun 123
ޖުމުހޫރީ ދުވަސް: އަމިއްލަ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލުގެ ތާރީޚީ ރަމުުޒު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި