Saturday, 24 October 2026
Ads by

ކޮތަޅުން ނަގާ ފީއަށް ލުއި ލިބޭ އިސްލާހު ތަސްދީޤުކުރައްވައިފި

ކޮތަޅުން ނަގާ ފީއަށް ލުއި ލިބޭ އިސްލާހު ތަސްދީޤުކުރައްވައިފި

ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުއި ލިބޭގޮތަށް ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ގެނެވުނު އިސްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވައިފިއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކޮށްފައިވަނީ 17 އޮގަސްޓު 2026 ގައެވެ.

މި ބިލާއެކު ކުނި މެނޭޖުކުރާ ނިޒާމުތަކާއި މަރުކަޒުތައް ޤާއިމުކުރުމާއި، އެ މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާއި، ރައްކައުތެރިކަމާއެކު ކުނި ނައްތައިލުމާ ގުޅޭ އުސޫލުތަކަށް މުހިންމު ބަދަލުތަކެއް އަންނާނެއެވެ.

ކުނި މެނޭޖްކުރުމަށް ގެންގުޅޭ ވަޞީލަތްތަކާ ގުޅުންހުރި މިންގަނޑުތައް ކަނޑައެޅުމުގައި ޤާނޫނު ތަންފީޒު ކުރާ ވުޒާރާއާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަދި އެންވަޔަރަންމަންޓަލް ރެގިއުލެޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކަށް މި އިސްލާޙުގެ ދަށުން ބަދަލުތައް ގެނެވިފައިވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި، ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް ހަދައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ވިޔަފާރި ތަންތަނުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ނަގާ ދެ ރުފިޔާގެ ފީ، ފަންސާސް ކޮތަޅަށް ވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކު ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިއަކަށް އޭގެ ސަބަބުން އިސްތިސްނާ ވެގެންދާނެއެވެ. މި ބަދަލާއެކު ކުރިން ދިމާވަމުންދިޔަ ޑަބަލް ޓެކްސް ނުވަތަ އެއްފަހަރަށްވުރެ ގިނައިން ފީ ނެގޭ މައްސަލައަށް ހައްލު ލިބިގެންދާނެއެވެ.

ކުނި މެނޭޖްކުރުމުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ދައުރު ސާފުކޮށްދީ، މި މަސައްކަތް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މި ބިލު މަގުފަހިކޮށްދޭނެއެވެ. އަދި ރާއްޖެއަށް ކުނި އެތެރެކުރުން މަނާކުރުމާއި، ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުން ވެސް މި ބިލުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އިޤްތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖްކުރުމުގެ ސިޔާސަތު އެކުލަވާލުމާއި، ޤައުމީ މާސްޓަރ ޕްލޭނާ އެއްގޮތަށް ކުނި މެނޭޖްކުރުމުގެ ކަންކަން ރޭވުމަށް ބިލުގައި ބާރުއަޅާފައިވެއެވެ.

ދިވެހިރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އަމަލުކުރަން ފަށާފައިވަނީ ދާދި ފަހުގެ މާޒީއެއްގައެވެ. މި ޤާނޫނުގެ މައިގަނޑު ބޭނުމަކީ ތިމާވެށްޓާއި އާންމު ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި ދެމެހެއްޓެނެވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ ނިޒާމެއް ޤާއިމުކުރުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި