Wednesday, 9 September 2026
Ads by

ނީލަމަށްލީ ރައީސުންގެ މޭޒުކޮޅެއް ނޫން، އެއީ ކަތުރުފަނި އަަޅައި ހަލާކުވެފައިވާ މޭޒެއް: މުންދު

ނީލަމަށްލީ ރައީސުންގެ މޭޒުކޮޅެއް ނޫން، އެއީ ކަތުރުފަނި އަަޅައި ހަލާކުވެފައިވާ މޭޒެއް: މުންދު

ކުރީގެ ފަސް ރައީސަކު ބޭނުންފުޅުކުރެއްވި ރަސްމީ މޭޒުކޮޅު ނީލަމުގައި ވިއްކާލިކަމަށް ބުނެ ދެކެވޭ ވާހަކަތައް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ދޮގުކުރައްވައިފިއެވެ.

Ad Image
Ads by

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ބޭނުންފުޅު ކުރެއްވި މޭޒެއް ނީލަމުގައި 12500ރ އަށް ވިއްކާލާފައިވާ ކަމަށް ބުނެ އެ މޭޒުގެ ފޮޓޯއާއެކު ސޯޝަލް މީޑިއާގައިދަނީ ދައުރުކުރަމުންނެވެ.

އެކަމާ ގުޅިގެން މުންދު މިއަދު ނެރުއްވި ބަޔާނެއްގައި ބުނީ، ރައީސް އޮފީހުން ނީލަމަށްލީ މޭޒަކީ އެއްވެސް ރައީސަކު އެއްވެސް ދުވަސްވަރެއްގައި ބޭނުންފުޅު ކުރެއްވި މޭޒެކޮޅެއް ނޫން ކަމަށެވެ.

މުންދު ވިދާޅުވީ ދައުރުކުރާ ފޮޓޯގައި ފެންނަ މޭޒު ރައީސް އޮފީހުން ނީލަމަށްލާފައިވަނީ ކަތުރުފަނިއެޅުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ބަލަހައްޓަން ދަތިވުމުގެ ސަބަބުން، ދައުލަތުގެ މިފަދަ މުދާ ނީލަމަށްލުމަށް އޮންނަ އުސޫލުތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

މުންދު ވިދާޅުވީ، އެ ގޮތަށް ނީލަމަށްލާ ކޮންމެ ފަރުނީޗަރެއްވެސް އެ އޮފީހުން ނީލަމަށްލަނީ ދައުލަތުގެ ނިޝާން ހަރުކޮށްފައިވާ ނަމަ ނިޝާން ނައްޓައިލުމަށް ފަހުގައި ކަމަށާއި ނަމަވެސް ހަބަރުތަކާއި ފޮޓޯތަކުން ފެންނަ މޭޒަށް ކޮންމެވެސް ފަރާތަކުން ވަނީ ބަދަލު ގެނެސް ކުރީގެ ރައީސުން ބޭނުންފުޅު ކުރެއްވި ރަސްމީ މޭޒުކޮޅެއްގެ ގޮތުގައި ދައްކަން މީޑިއާ މެދުވެރިކޮށް މަސައްކަތްކޮށްފައި ކަމަށެވެ.

މުންދު ވަނީ އެ ފަދަ ހަބަރެއް ޝާއިއުކުރުމުގެ ކުރިން ސީދާ ކަމާ ބެހޭ ރަސްމީ އިދާރާތަކުން ސައްހަކަން ކަށަވަރުކުރުމަށް އިލްތިމާސްކުރައްވައިފައެވެ. އަދި ހަގީގަތާ ހިލާފަށް ރައްޔިތުންނަށް އޮޅޭ ގޮތަށް އެފަދަ މައުލޫމާތު އާއްމު ނުކުރެއްވުމަށްވެސް މުންދު އިލްތިމާސްކުރައްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި