Saturday, 29 August 2026
Ads by

ބާރާއި އަބުރުވެރިކަމުގެ މަޤާމެއްގައި އޮވެ ހަނގުރާމަ ނިންމާލުން ބުއްދިވެރި: އީރާނުގެ ރައީސް

ބާރާއި އަބުރުވެރިކަމުގެ މަޤާމެއްގައި އޮވެ ހަނގުރާމަ ނިންމާލުން ބުއްދިވެރި: އީރާނުގެ ރައީސް

އީރާނުގެ ރައީސް މައްސޫދပެޕެޒެޝްކިއަން އާއި މިހާރު ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙްސިން ރެޒާއީ [ފައިލް ފޮޓޯ: މުޙައްމަދު ސާލިމް/ރޮއިޓާސް]

އެމެރިކާއާއެކު ހިނގަމުންދާ ހަނގުރާމަ ސިޔާސީ ހައްލަކުން ނިންމާލުމަށް އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ގޮވާލައިފިއެވެ. އޭނާ ބުނީ އީރާން ”ބާރާއި އަބުރުވެރިކަމުގެ މަޤާމެއްގައި“ އޮއްވައި ހަނގުރާމަ ނިންމާލުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށެވެ. ތެހެރާންގައި ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ޕެޒެޝްކިއަން ބުނީ، އީރާނުން ސުލްޙައަށް އެދުމަކީ އަމާންދިނުން ނޫން ކަމަށާއި، އެމެރިކާއިން އިތުރު ޙަމަލާއެއް ދީފިނަމަ އީރާނުގެ އަސްކަރިއްޔާއިން ”ވަރުގަދަ އަދި ބިރުވެރި“ ރައްދެއް ދިނުމަށް ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށެވެ.

Ad Image
Ads by

ޖޫން މަހު އެމެރިކާއާއެކު ވެވުނު އެމްއޯޔޫ އަށް އިޝާރާތްކޮށް ރައީސް ބުނީ، އެ އެއްބަސްވުމުގައި އީރާން އަމާންދިން ކަމުގެ އެއްވެސް މާއްދާއެއް ނޯންނާނެ ކަމަށެވެ. ހަނގުރާމަ ނިންމާލުމަށް ރައީސް ބާރުއަޅަނީ، އެމެރިކާގެ ބްލޮކޭޑާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިޤްތިޞާދަށާއި ފައިސާގެ އަގަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާ ދަނޑިވަޅެއްގައެވެ. އީރާނުގެ ސިފައިންނާއި ކޮމާންޑަރުން ޤައުމު ދިފާއުކުރުމަށް ތިބީ ފުރިހަމައަށް ތައްޔާރަށް ކަމަށްވެސް އޭނާ ބުންޏެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
dollar
"ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކުރި ނަމަވެސް، ޑޮލަރުން މުސާރަ ދިނުމުގައި އެއްވެސް ހުރަހެއް ނޯންނާނެ"
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
CREATOR: gd-jpeg v1
ޔާމީން ދައުލަތުން ވަގަށްނެގި އެތައް މިލިއަން ޑޮލަރު ހޯދިއްޖެނަމަ ޑޮލަރު މައްސަލަ ހައްލުވާނެ: ފަލާޙު
20260828_192243
ނުރައްކާތެރި ޙާލަތް އޮއްވާ މެލޭޝިއާއިން 1,500 ރޮހިންޔާ ރެފިއުޖީން އަނބުރާ މިޔަންމާއަށް ފޮނުވާލަނީ
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް