Saturday, 29 August 2026
Ads by

ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްއެޅުމަށް ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނުދިނުމަށް ޔާމީން ގޮވާލައްވައިފި

ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްއެޅުމަށް ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނުދިނުމަށް ޔާމީން ގޮވާލައްވައިފި

ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިހުތިސޯސްގެ ދަށުގައި ހުރި ބިންތައް ސަރުކާރާ ހަވާލުކުރުމަށް އެއްބަސްނުވެ، އެ ބިންތައް ދިގު މުއްދަތަކަށް އިންވެސްޓަރުންނަށް ދޫކޮށްލުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޮވައިލައްވައިފިއެވެ. އެ މަނިކުފާނު މިކަމަށް ގޮވައިލެއްވީ ސަރުކާރުން ރަށްރަށުގައި ހިންގަން ރާވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް ސިޔާސީ ގޮތުން ހުރަސްއެޅޭ ފަދަ މޭރުމަކުންނެވެ.

Ad Image
Ads by

ކުރީގެ ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ގދ. ތިނަދޫ ދެވަނަ ފަހަރަށް އާބާދުވީތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކައުންސިލްތަކުގެ ބިންތަކާއި ފަޅުތައް، ސަރުކާރުގެ ބޭނުމަށް ނެގޭގޮތަށް ލާމަރުކަޒީ ޤާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެންބަރަކު ވަނީ ބިލެއް ހުށަހަޅުއްވާފައެވެ. އެ ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޔާމީން ސިފަކުރެއްވީ އެއީ ރައްޔިތުންގެ ބިން ”ފޭރުމުގެ“ ޢަމަލެއްގެ ގޮތުގައެވެ. އަދި އެކަމާ ދެކޮޅަށް ކައުންސިލްތަކުން ބަޔާންތައް ނެރެ އިހުތިޖާޖު ކުރުމަށް ހިތްވަރު ދެއްވައި، އެއީ ޤައުމީ ފެންވަރުގެ ޖިހާދެއްގެ ގޮތުގައި ވެސް އެ މަނިކުފާނު ސިފަކުރެއްވިއެވެ.

”މި ރަށްރަށުން ތިބޭފުޅުންގެ އިހުތިސޯސްގެ ތެރެއިން ތިބޭފުޅުންގެ ބިން އަތުލާފައި ސަރުކާރުން ބޭނުން ކަމަކަށް ބިން އަތުލަން މި އުޅެނީ ކޮން ކަމެއްގައިކަން ވެސް ނޭނގެ. ނަގަނީ ކޮން ބޭނުމެއްގައިކަން ނޭނގެ. ބިން ނަގަންޏާ އެއީ މައްސަލައެއް،“ ޔާމީން ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ބިން ބޭނުންކުރުމަށް ހުރަސްއަޅުއްވަމުން، ޔާމީން ވަނީ ރަށްރަށުގައި ނުލިބި ހުރި ޚިދުމަތްތައް ޤާއިމުކުރުމަށްޓަކައި ބޭރުގެ ފަރާތްތައް ވެސް ހިމެނޭހެން އިންވެސްޓަރުންނަށް ބިން ހުޅުވައިލުމަށް ބާރުއަޅުއްވާފައެވެ.

”އެ މީހުން މި ރަށުގައި ކުއަލިޓީ އެޑިއުކޭޝަން ދޭ ކޮލެޖެއް އެޅުމަށް ފަހު ރާއްޖެ ދޫކޮށް ދާއިރު ލަގެޖަށް އެ ތަން ލައިގެނެއް ނުދެވޭނެ. އެ ތަން ހުންނާނެ ދިގު މުއްދަތަކަށް ފަހު މި ރަށުގެ ރައްޔިތުންނަށް މި ރަށުގެ ތަރިކައެއްގެ ގޮތުގައި. އެމީހުން ގެނެސްގެން، އެމީހުންގެ ފައިސާ ބޭނުންކޮށްގެން އަދި އެމީހުންގެ ރިސޯސް ބޭނުންކޮށްގެން މި ތަނުގައި އިންވެސްޓްމަންޓް ހަދާ ނަމަ ދީލަތި ވާށޭ. ބިން ދިނުމުގައި، ބިމުގެ މުއްދަތުގައި، ބިމުގެ ޓެނެންސީ ރައިޓް ދިނުމުގައި ދީލަތިވާށޭ. އެމީހުން މަސައްކަތް ފެށުމަށްފަހު އިތުރު ހުރަސް ކުރިމަތި ނުކުރުވާށޭ،“ ޔާމީން ވިދާޅުވިއެވެ.

މި ޖަލްސާގައި ޔާމީން ދެއްކެވި ވާހަކަފުޅުތަކުން ސާފުވަނީ، ސަރުކާރުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގަން ރާވާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށް ބިން ހަމަޖެއްސުމަށް ދަތިކޮށް، ކައުންސިލްތައް މެދުވެރިކޮށް ސިޔާސީ ގޮތުން ސަރުކާރަށް ޕްރެޝަރު ކުރުމަށް އެ މަނިކުފާނު މަސައްކަތް ކުރައްވާ ކަމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
dollar
"ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކުރި ނަމަވެސް، ޑޮލަރުން މުސާރަ ދިނުމުގައި އެއްވެސް ހުރަހެއް ނޯންނާނެ"
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
CREATOR: gd-jpeg v1
ޔާމީން ދައުލަތުން ވަގަށްނެގި އެތައް މިލިއަން ޑޮލަރު ހޯދިއްޖެނަމަ ޑޮލަރު މައްސަލަ ހައްލުވާނެ: ފަލާޙު
20260828_192243
ނުރައްކާތެރި ޙާލަތް އޮއްވާ މެލޭޝިއާއިން 1,500 ރޮހިންޔާ ރެފިއުޖީން އަނބުރާ މިޔަންމާއަށް ފޮނުވާލަނީ
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް