Saturday, 29 August 2026
Ads by

އެމްޑީޕީއާއެކު ސިޔާސީ އެއްދާން ނުކުރުމަށް އެންމެ ބާރަށް ވިދާޅުވި ޔާމީން މިއަދު ފެންނަނީ އެ އުސޫލު ދޫކޮށްލެއްވި ތަން: ޝުޖާއު

އެމްޑީޕީއާއެކު ސިޔާސީ އެއްދާން ނުކުރުމަށް އެންމެ ބާރަށް ވިދާޅުވި ޔާމީން މިއަދު ފެންނަނީ އެ އުސޫލު ދޫކޮށްލެއްވި ތަން: ޝުޖާއު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އިދިކޮޅު އެމްޑީޕީގެ އިސް ލީޑަރުންނާއެކު ގުޅުން ބަދަހިކުރައްވަމުން ގެންދަވާތީ، ވެރިކަންކުރާ ޕީއެންސީގެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

Ad Image
Ads by

މެންބަރު ޝުޖާއު މި ރައްދު ދެއްވާފައިވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދާއިއެކު ރައީސް ޔާމީން ތިނަދޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަށް އިޝާރާތްކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ޝުޖާއު ވިދާޅުވީ، ބިނާކުރަނިވި ފިކުރުގެ ލީޑަރަކަށް ވުމުގެ ޚާއްޞަ ޝަރުތަކީ އެމްޑީޕީގެ ލީޑަރުންނާއެކު ސިޔާސީ ”އެއްދާން ނުކުރުން“ ކަމަށް އެންމެ އަޑުހަރުކޮށް މީގެ ކުރިން ވިދާޅުވީ ޚުދު ރައީސް ޔާމީން ކަމަށެވެ. އަދި ޕީޕީއެމްގެ ކުރީގެ ރައީސް، ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި ޕާޓީގެ ސަޕޯޓަރުން ދުރުކުރުމަށް ރައީސް ޔާމީން ބޭނުންކުރެއްވި އެންމެ ބޮޑު އެއް ސިޔާސީ ހަތިޔާރަކީ ވެސް ރައީސް މައުމޫން އެމްޑީޕީގެ ލީޑަރުންނާއެކު ސިޔާސީ ގުޅުން ބޭއްވެވި ކަމަށް ބުނެ ދެއްކެވި ވާހަކަފުޅުތައް ކަން ޝުޖާއު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ޖަލުގައި އޮންނެވި ދުވަސްވަރު ވެސް އަދި މިހާރު ވެސް، ޕީއެންސީގެ ލީޑަރުން އެމްޑީޕީއާއެކު ސިޔާސީ އެއްދާން ކޮށްފައި ނުވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ނަމަވެސް، މިއަދު ފެންނަނީ އެ އުސޫލުތަކުގެ ވާހަކަ ދެއްކެވި ރައީސް ޔާމީން، އަމިއްލަ އެދުންފުޅު އިސްކުރައްވައި، މުންޑު އަޅުއްވައިގެން އެމްޑީޕީގެ އިސް ލީޑަރުންނާއެކު ހިނިވަރުނަ ކުރައްވާ މަންޒަރު ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު އެމްޑީޕީގެ ސަރުކާރުން ބޭއްވި ރަސްމީ ހަފްލާތަކަށް ދަޢުވަތު އެރުވުމުން ވެސް އެކަންކަމަށް ވަޑައިނުގެންނެވީ، އެއިރުގެ ލީޑަރު ރައީސް ޔާމީނަށް ސިޔާސީ އަނިޔާ ދެމުންދާތީ އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށް ޝުޖާއު ވިދާޅުވިއެވެ. ރައީސް ޑރ. މުޢިއްޒަށް އޭރު ފަސޭހަ ގޮތް އިޚްތިޔާރު ކުރެއްވެން އޮތް ނަމަވެސް، ޤަބޫލުކުރެއްވި އުސޫލުތައް ނަގަހައްޓަވައި އެ ގޮތުގައި ސާބިތުވެ ތިއްބެވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، މިއަދު ރައީސް ޑރ. މުޢިއްޒާއެކު ތިބި ލީޑަރުން ތިބީ އޭރުވެސް އަދި މިހާރުވެސް ޤަބޫލުކުރި ހަމަތަކާއި އުސޫލުތަކުގައި ބާރަށް ހިފަހައްޓައިގެން ކަމަށެވެ. އަދި އަމިއްލަ އެދުން އިސްކޮށްގެން ސިޔާސީ މަސައްކަތްކުރާ ލީޑަރުންނާއި، އިޚްލާޞްތެރިކަމާއެކު އުސޫލުތަކުގައި ދެމިތިއްބެވި ލީޑަރުން މިހާރު ރައްޔިތުންނަށް ވަރަށް ސާފުވާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
އަފު
އަފު
5 ދުވަސް ކުރިން

ސުޖާއު ބުންޏަސް ތެދެއްވާނީ ހަމަ ތެދަކަޢް މިވަރުގެ ތެދުބަހެއް މީހަކަޢް ބުނެވޭނީ

Ads by
ފަހުގެ ޚަބަރު
dollar
"ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކުރި ނަމަވެސް، ޑޮލަރުން މުސާރަ ދިނުމުގައި އެއްވެސް ހުރަހެއް ނޯންނާނެ"
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
CREATOR: gd-jpeg v1
ޔާމީން ދައުލަތުން ވަގަށްނެގި އެތައް މިލިއަން ޑޮލަރު ހޯދިއްޖެނަމަ ޑޮލަރު މައްސަލަ ހައްލުވާނެ: ފަލާޙު
20260828_192243
ނުރައްކާތެރި ޙާލަތް އޮއްވާ މެލޭޝިއާއިން 1,500 ރޮހިންޔާ ރެފިއުޖީން އަނބުރާ މިޔަންމާއަށް ފޮނުވާލަނީ
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް