Sunday, 25 October 2026
Ads by

ބޯހިޔާވަހިކަމުގެ އެޕްލިކޭޝަންތައް ވެރިފައިކުރުމުގެ މަސައްކަތް ފަށައިފި: މައްސަލަތައް ހައްލުކުރަން 7 ދުވަސް ލިބޭނެ

ބޯހިޔާވަހިކަމުގެ އެޕްލިކޭޝަންތައް ވެރިފައިކުރުމުގެ މަސައްކަތް ފަށައިފި: މައްސަލަތައް ހައްލުކުރަން 7 ދުވަސް ލިބޭނެ

ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ވެރިފައިކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ފަށައިފިއެވެ.

Ad Image
Ads by

ހައުސިންގ މިނިސްޓްރީން ވިދާޅުވީ، ފޯމުތަކުގެ ވެރިފިކޭޝަން މަރުޙަލާ ކުރިއަށްދާއިރު މަޢުލޫމާތުގެ އެއްވެސް ފުށުއެރުމެއް ވާނަމަ، އެކަން ”ހިޔާވަހި ޕޯޓަލް“ މެދުވެރިކޮށް އެޕްލިކަންޓަށް އަންގަމުން ގެންދާނެ ކަމަށެވެ. އަދި އެފަދަ ހާލަތްތަކުގައި، އެކަމުގެ ތަފްސީލާއި ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމަށް 7 ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށްވެސް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

އެޕްލިކޭޝަނާ ގުޅިގެން އަންނަ މިފަދަ ހުރިހާ ބަދަލުތަކާއި އަދާހަމަތައް ޕޯޓަލްގެ އިތުރުން އެސް.އެމް.އެސް މެދުވެރިކޮށް ވެސް ފޯމު ހުށަހެޅި ފަރާތްތަކަށް ސީދާ އަންގަމުންދާނެއެވެ. ނަމަވެސް، އެޕްލިކޭޝަނާ ގުޅޭ މައްސަލަތަކަށް ޖަވާބުދާރީވުމަށާއި އިތުރު ލިޔެކިޔުން ހުށަހެޅުމަށް ބޭނުންކުރެވޭނީ ހަމައެކަނި ބޯހިޔާވަހިކަން ޕޯޓަލް ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މި މަސައްކަތާ ގުޅޭގޮތުން ހައުސިންގ މިނިސްޓަރު  ޑރ. މުއްޠަލިބް ވިދާޅުވީ، ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ ފޯމުތައް ޗެކްކުރުމުގައި ސަރުކާރުގެ އެކި އިދާރާތަކާއި ކައުންސިލްތަކުން ލިބެންހުރި ރަސްމީ މަޢުލޫމާތުތަކަށް ބަލަމުންދާ ކަމަށެވެ. އަދި އެ މަޢުލޫމާތުތަކުން އެއްވެސް ފަރާތެއްގެ ޝަރުޠު ހަމަނުވާފަދަ ކަމެއް ފާހަގަވެއްޖެނަމަ، އެކަން ޕޯޓަލް މެދުވެރިކޮށް ވަގުތުން އަންގާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެއިތުރުން، ދައުލަތުގެ އިދާރާތަކުން ލިބިފައިވާ މަޢުލޫމާތަކީ ރަނގަޅު ނޫން މަޢުލޫމާތެއް ކަމަށްވާނަމަ، އެކަން ސާބިތުކޮށްދިނުމުގެ ފުރުޞަތު އެ ފަރާތްތަކަށް މިނިސްޓްރީން ފަހިކޮށްދޭނެ ކަމުގެ ޔަޤީންކަންވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފޯމުތައް ވެރިފައިކުރުމުގެ މަރުޙަލާ ކުރިއަށް މިދަނީ ވީހާވެސް ދެފުށް ފެންނަ، އިންސާފުވެރި ނިޒާމެއްގެ ތެރެއިން ޙައްޤުވެރިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ މަޤްޞަދުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި