Sunday, 25 October 2026
Ads by

ޣައްޒާގައި މަރުވާ މީހުން ވަޅުލާނެ ޖާގަ ފުރި، ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިއްޖެ

ޣައްޒާގައި މަރުވާ މީހުން ވަޅުލާނެ ޖާގަ ފުރި، ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިއްޖެ

އިސްރާއީލުން ޣައްޒާގެ ކުށެއްނެތް ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމުގެ ސަބަބުން ޝަހީދުވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، އެމީހުން ވަޅުލާނެ ޖާގަ ޣައްޒާއިން ހުސްވެއްޖެއެވެ. ޝަހީދުވާ އެތައް ހާސް ބައެއްގެ ހަށިގަނޑު ވަގުތީ ގޮތުން އެކި ތަންތަނުގައި ވަޅުލަމުންދާއިރު، އެ ހަށިގަނޑުތައް ޤަބުރުސްތާނުތަކަށް ބަދަލުކުރުމުގައި ޢާއިލާތަކަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.

Ad Image
Ads by

އުމުރުން 20 އަހަރުގެ އުމަރު އަލް ސަވްހީގެ ބައްޕަ މުޙައްމަދު (40 އަހަރު) ޝަހީދުވީ އިސްރާއީލު ސިފައިން ކަނޑައަޅާފައިވާ ”ޔެލޯ ލައިން“ ސަރަޙައްދުގައި ހުރި ކުޑަ ކޮފީ ސްޓޯލެއްގައި މަސައްކަތް ކުރަމުން ދަނިކޮށް، ކަރަށް އެރި ވަޒަނަކުންނެވެ. ދައުރުވަމުންދާ ވީޑިއޯގައި ވާގޮތުން، ބައްޕަ ވަޅުލުމަށް ޒައިތޫން ޤަބުރުސްތާނަށް ދިޔުމުން އުމަރަށް ފެނުނީ އެއްވެސް ޖާގައެއް ނެތި ފުރިބާރުވެފައިވާ ޤަބުރުސްތާނެކެވެ.

”އަހަރެން ޤަބުރުސްތާނުގެ މެދުގައި ހުރިއިރު ފެނުނީ ވެލިފުނިތަކުގެ ދަށުގައި މީހުން ވަޅުލާފައި ހުރި މަންޒަރު. ހަނގުރާމައިގެ ކުރިން ހަދާ ގޮތަށް ކަށްވަޅުތައް ހެދިފައެއް ނެތް. ގިނަ ކަށްވަޅުތަކުގައި ހުރީ ހަމައެކަނި ހިލަބުރިއެއްގައި ޝަހީދުވި މީހާގެ ނަން ލިޔެފައިވާ ކަރުދާސްކޮޅެއް ހަރުކޮށްފައި،“ އުމަރު ކިޔައިދިނެވެ.

އައު ކަށްވަޅެއްގެ އަގު 500 ޝެކެލް (167 ޑޮލަރު) އަށް އަރާއިރު، އެ ފައިސާ ނެތުމުންނާއި ޖާގަ ނެތުމުގެ ސަބަބުން އުމަރަށް ޖެހުނީ އޭނާގެ ބައްޕަ ކާފަގެ ކަށްވަޅުގައި ވަޅުލާށެވެ.

ޣައްޒާގެ އަސާސީ ޚިދުމަތްތައް ހުއްޓި، ޙަމަލާތައް ވަރުގަދަވުމުގެ ސަބަބުން އެތައް ހާސް ބަޔަކު ވަނީ ގެދޮރުގެ ގޯތިތެރޭގައާއި، ޓެންޓުތަކުގައާއި، ސްކޫލްތަކުގެ އިތުރުން ހޮސްޕިޓަލްތަކުގެ ގޯތިތެރޭގައި ވަޅުލާފައި ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ރިޕޯޓުތައް ބުނާގޮތުން ޙަމަލާތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުމާއެކު ޢާއިލާތަކުން ދަނީ އެ ހަށިގަނޑުތައް ނަގައި، ރަސްމީ ޤަބުރުސްތާނުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ޣައްޒާގެ މިނިސްޓްރީ އޮފް އެންޑޯމެންޓްސް އެންޑް ރިލިޖަސް އެފެއާޒުން ބުނާ ގޮތުގައި އިސްރާއީލުގެ ޙަމަލާތަކުގައި ޣައްޒާގެ 40 އަށްވުރެ ގިނަ ޤަބުރުސްތާން ވަނީ އެއްކޮށް ހަލާކުކޮށްލާފައެވެ.

މީގެ އިތުރުން، އިސްރާއީލު ސިފައިން ބައެއް ޤަބުރުސްތާނުތަކަށް ދިޔުން މަނާކުރުމާއި، މަގާމުތައް ގެއްލިފައިވާ އެތައް ލައްކަ ރައްޔިތުންނަށް ހިޔާވަހިކަން ދިނުމަށް ޤަބުރުސްތާނު ހަދަން ހުރި ބިންތައް ބޭނުންކުރަން ޖެހުމަކީވެސް މި މައްސަލަ އިތުރަށް ގޯސްވި ސަބަބެކެވެ. މިހާރު ކަށްވަޅެއް ހެދުމުގެ ޚަރަދު 700 އާއި 1000 ޝެކެލް (235 އާއި 335 ޑޮލަރު) އާ ދެމެދުގެ އަގަކަށް އަރާއިރު، ކަށްވަޅު މަތީ ފާހަގަ ބަހައްޓަނީ ހަލާކުވެފައިވާ ޢިމާރާތްތަކުގެ ގާބުރިތަކާއި ޓިނު ބޭނުންކޮށްގެންނެވެ.

އެންޑޯމެންޓްސް މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ އިކްރާމީ އަލް މަދައްލަލް މީޑިއާތަކަށް ވިދާޅުވީ، ޣައްޒާގައި ހުރި 60 ޤަބުރުސްތާނު މިހާރުވެސް ވަނީ ފުރިފައި ކަމަށާއި، މިހާރުން މިހާރަށް އައު ޤަބުރުސްތާނުތައް ބޭނުންވާ ކަމަށެވެ. އަދި ވަގުތީ ތަންތަނުގައި ވަޅުލާފައިވާ ހަށިގަނޑުތައް ރަސްމީ އުސޫލުން ބަދަލުކުރުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްދަރުތަކުން ހާމަވާގޮތުގައި މިދިޔަ 19 އަހަރު ކަށްވަޅު ކޮނުމުގައި މަސައްކަތްކޮށްފައިވާ އުމުރުން 50 އަހަރުގެ ތަފޭޝް އަބޫ ޙަތަބް ބުނި ގޮތުގައި، މިއީ އޭނާގެ މުޅި ޙަޔާތުގައިވެސް ދުށް އެންމެ ހިތްދަތި އަދި އުނދަގޫ ދުވަސްވަރެވެ.

އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޙަމަލާތަކުގައި 73،000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި