Saturday, 29 August 2026
Ads by

އިންޑިއާގައި ޓީޗަރަކު ދިން ޙަމަލާއަކަށްފަހު 6 އަހަރުގެ ދަރިވަރަކު މަރުވެ މަސްރަހު ގޯސްވެއްޖެ

އިންޑިއާގައި ޓީޗަރަކު ދިން ޙަމަލާއަކަށްފަހު 6 އަހަރުގެ ދަރިވަރަކު މަރުވެ މަސްރަހު ގޯސްވެއްޖެ

އިންޑިއާގައި އުމުރުން ހަ އަހަރުގެ ކުއްޖަކު މަރުވުމާ ގުޅިގެން، ސްކޫލްތަކުގައި ދެވޭ ޖިސްމާނީ އަދަބުތަކާ މެދު ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ. [ފައިލް ފޮޓޯ: ރޮއިޓާސް]

އިންޑިއާގެ އާންދްރާ ޕްރަދޭޝްގެ ވިސާކަޕަޓްނަމްގެ އަމިއްލަ ސްކޫލެއްގައި، ފިލާވަޅު ނުނިންމާ އޮތުމުން ޓީޗަރަކު ދިން ޙަމަލާއަކަށްފަހު 6 އަހަރުގެ ކުޑަކުއްޖަކު ހޭނެތިގެން ވެއްޓި މަރުވި ހާދިސާއަކާ ގުޅިގެން މުޅި އިންޑިއާގައި ބޮޑު ކަންބޮޑުވުމަކާއި ނުރުހުންތެރިކަމެއް އުފެދިއްޖެއެވެ. މަރުވެފައިވަނީ ”ލިޓްލް ގާޑަން ސްކޫލް“ ގައި ޔޫ.ކޭ.ޖީ ގައި ކިޔަވަމުންދިޔަ ޕްރަނޭ ތޭޖާ ކިޔާ 6 އަހަރުގެ ފިރިހެން ކުއްޖެކެވެ. މި ހާދިސާ ހިނގާފައިވަނީ ކްލާސްރޫމުގެ ސީސީޓީވީ ކެމެރާއަށް ރެކޯޑުވެފައިވަނިކޮށެވެ.

Ad Image
Ads by

ވީޑިއޯއިން ފެންނަ ގޮތުގައި، ހޯމްވޯކް ނުނިންމުމުން ޓީޗަރު އެ ކުއްޖާއާ ސުވާލުކޮށް ކުއްޖާގެ ޔުނިފޯމުގައި ހިފައި ގާތަށް ދަމައިގަތުމަށްފަހު ވަނީ ކަންފަތްމަތީގައި ޖަހާފައެވެ. އެއާއެކު ކުއްޖާ ވަގުތުން ހޭނެތިގެން ޓީޗަރުގެ އުނގުމައްޗަށް ވެއްޓުނެވެ. ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރުން ވަނީ ކަށަވަރުކޮށްދީފައެވެ. ފުލުހުން ވަނީ ޝައްކުކުރެވޭ މަރުގެ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ރެޖިސްޓްރީކޮށް ތަޙުޤީޤު ފަށާފައެވެ.

އާންދްރާ ޕްރަދޭޝްގެ އެޑިއުކޭޝަން މިނިސްޓަރު ނާރާ ލޯކޭޝް ވަނީ މި ހާދިސާ ކުށްވެރިކޮށް، ކުށްވެރިވާ ޓީޗަރަށާއި ސްކޫލް މެނޭޖްމަންޓަށް ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ. އަދި މި މައްސަލަ ބެލުމަށް 3 މެންބަރުންގެ ޚާއްޞަ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260829_105955
ނޭޕާލާއި ޓިބެޓް ބޯޑަރުގެ ފެންބޮޑުވުމުގައި މަރުވި މީހުންގެ އަދަދު 623 އަށް އަރައި، 2,400 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައި
470237_3b095101-d_-1024x683
"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމުގެ ފުރުސަތު އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް!
dollar
"ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކުރި ނަމަވެސް، ޑޮލަރުން މުސާރަ ދިނުމުގައި އެއްވެސް ހުރަހެއް ނޯންނާނެ"
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް