Saturday, 24 October 2026
Ads by

އަގުމަގު ޕޯޓަލްގައި 224 ފިހާރަ ރަޖިސްޓްރީކޮށްފި

އަގުމަގު ޕޯޓަލްގައި 224 ފިހާރަ ރަޖިސްޓްރީކޮށްފި

އަގުމަގު ޕޯޓަލް ލޯންޗްކުރުން--- ފޮޓޯ: ޕީއެސްއެމް

ބާޒާރުގައި ވިއްކާ ތަކެތީގެ އަގުތައް ބަލާލެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ”އަގުމަގު“ ޕޯޓަލްގައި މިހާތަަނަށް 224 ފިހާރަ ރަޖިސްޓްރީކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

Ad Image
Ads by

އަގުމަގު ޕޯޓަލް ލޯންޗުކޮށްފައިވަނީ 28 ފެބްރުއަރީ 2025 ވަނަ ދުވަހުގައެވެ. މި ޕޯޓަލްގެ މައިގަނޑު ބޭނުމަކީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުމާއެކު ބާޒާރުގައި ތަކެތީގެ އަގު ހުރިނެތް ގޮތް ބެލޭނެ ގޮތް ފަހިކޮށްދިނުމެވެ. މި ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނީ ހަމައެކަނި މާލޭގެ ފިހާރަތަކުގައި ހުރި ތަކެތީގެ އަގުތައް ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ އަގުމަގު އެޕް ވެސް ތައާރަފްކޮށްފައެވެ. މިކަމުގެ ސަބަބުން އަތޮޅުތެރޭގެ ރަށްރަށުގެ ބާޒާރުގައި ތަކެތީގެ އަގުތައް ހުރިނެތް ގޮތް ބަލައިލެވޭނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ. އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ހާމަކުރެއްވި ގޮތުގައި މިހާތަނަށް މި އެޕް ޑައުންލޯޑް ކުރި މީހުންގެ އަދަދު 3،300 އަށްވުރެ މައްޗަށް ވަނީ އަރައިފައެވެ. އަދި ދުވާލެއްގެ މައްޗަށް 2،700 އަށްވުރެ ގިނަ މީހުން މި އެޕް ބޭނުންކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، އަގުމަގު ޕޯޓަލްގައިވާ އަސާސީ ކާބޯތަކެއްޗަކީ ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އަސާސީ ކާބޯތަކެތި ކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެއް ކަމަށެވެ. އަގުމަގު އެޕް ވެސް މިހާރު ތައާރަފްކޮށްފައިވާއިރު، މި އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތީގެ އަގުތައް އެއް ތަނަކުން ފެންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ހަމައެހެންމެ އާންމުކޮށް ގަންނަ ތަކެތި ބާޒާރުގައި ލިބެން ހުރި އެންމެފަހުގެ އަގުތައް ބަލައިލެވުމުގެ އިތުރުން އެކި ފިހާރަތަކުގައި ތަކެތި ވިއްކާ އެންމެ ހެޔޮ އަގާއި، އެންމެ ބޮޑު އަގު ވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ބަލައިލެވޭނެއެވެ. މީގެ އިތުރުން ފާއިތުވި 10 ދުވަހުގެ ތެރޭގައި އަގުތަކަށް އައި ބަދަލުތައް ވެސް ބަލައިލެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި