Saturday, 24 October 2026
Ads by

އިޒްރޭލު ސިފައިން ޤަތުލުޢާންމު ހިންގުމަށްފަހު ހިތް އުފާކޮށްލަންދާ ތަނަކަށް އިންޑިއާ! އިޒްރޭލު ސިފައިނަކާ ދެކޮޅަށް އިންޑިއާގައި ޖިނާއީ މައްސަލައެއް ހުށަހަޅައިފި

އިޒްރޭލު ސިފައިން ޤަތުލުޢާންމު ހިންގުމަށްފަހު ހިތް އުފާކޮށްލަންދާ ތަނަކަށް އިންޑިއާ! އިޒްރޭލު ސިފައިނަކާ ދެކޮޅަށް އިންޑިއާގައި ޖިނާއީ މައްސަލައެއް ހުށަހަޅައިފި

ޖެރޫސަލެމްގެ ޔާޑް ވަޝޭމް ހޮލޮކޯސްޓް މެމޯރިއަލް މިއުޒިއަމަށް ކުރި ޒިޔާރަތުގެ ތެރެއިން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ކ) އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވާހަކަ ދައްކަވަނީ [އިލިއާ ယެފިމޯވިޗް/އޭއެފްޕީ]

ޣައްޒާ ބިމާހަމަކޮށް، ހަނގުރާމައިގެ ޖަރީމާތައް ހިންގި ކަމުގެ ތުހުމަތުގައި، މިވަގުތު އިންޑިއާގައި ޗުއްޓީ ހޭދަކުރަމުންދާ އިޒްރޭލު ސިފައިނަކު ހައްޔަރުކުރުމަށް ގޮވާލައި އިންޑިއާގެ ކަމާބެހޭ އިދާރާތަކަށް ޖިނާއީ މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަ އިންޑިއާގެ ފުލުހުންނަށް ހުށަހަޅާފައިވަނީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ބްރަސެލްސްގެ ޖަމްޢިއްޔާއެއް ކަމަށްވާ ”ހިންދު ރަޖަބް ފައުންޑޭޝަން“ (އެޗްއާރުއެފް) އިންނެވެ.

Ad Image
Ads by

މި މައްސަލަ ހުށަހަޅާފައިވަނީ އިސްރާއީލުގެ ރިޒާވް ސިފައިންގެ މީހެއް ކަމަށްވާ އީތަން ގިލްބޯއާ އަށެވެ. އެޗްއާރުއެފްއިން ބުނި ގޮތުގައި، ޚާންޔޫނިސްގެ އަބާސާން އަލް-ޞަޣީރާގައި ފަލަސްޠީނުގެ އާންމުންގެ ގެދޮރުތަކާއި ދަނޑުބިންތައް ގޮއްވާލައި، ސުންނާފަތިކުރުމަށް މީނާ ސީދާ ބައިވެރިވިކަން، އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އާންމުކޮށްފައިވާ ވީޑިއޯތަކުންނާއި ސެޓެލައިޓް ފޮޓޯތަކުން ކަށަވަރުވެއެވެ.

އިޒްރޭލުގެ އެތަކެއްހާސް ސިފައިން، އޭގެ ތެރޭގައި ކޮންމެހެން ފުރިހަމަކުރަންޖެހޭ އަސްކަރީ ޚިދުމަތް ނިންމާފައިވާ ކުރީގެ އަދި ރިޒާވް ސިފައިން ހިމެނޭހެން، ސިފައިންގެ ޚިދުމަތަށްފަހު ޗުއްޓީ ހޭދަކޮށްލުމަށް ކޮންމެ އަހަރަކު އިންޑިއާއަށް ދަތުރުކުރެއެވެ. މީގެ ތެރޭގައި މަޤުބޫލު ”ހުމޫސް ޓްރޭލް“ ސަރަހައްދުތައް ހިމެނެއެވެ. މި ދަތުރުތަކުގެ ނުރަނގަޅު އާދައަށް ދުނިޔޭގެ ސަމާލުކަން ބޮޑަށް އަމާޒުވެ، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ޖިނާޢީ މައްސަލަތައްވެސް ހުށަހަޅަން ފަށާފައެވެ.

އަހަރަކު ގާތްގަނޑަކަށް 80،000 އިޒްރޭލު ފަތުރުވެރިން އިންޑިއާއަށް ޒިޔާރަތްކުރާއިރު، އަސްކަރީ ހަރަކާތްތަކަށްފަހު ހިތްހަމަޖައްސާލުމަށް ގިނައިން ދަނީ ހިމާޗަލް ޕްރަދޭޝް (ކަސޯލް އަދި ދަރަމްކޯޓު ފަދަ ސަރަހައްދުތައް)، ގޯއާ އަދި ޕުޝްކަރް ފަދަ ތަންތަނަށެވެ.

ފާޑުކިޔާ ފަރާތްތަކާއި ފަލަސްޠިނަށް ތާޢީދުކުރާ ހަރަކާތްތެރިން ބުނާގޮތުގައި، ޣައްޒާގައި ހިންގާ އަސްކަރީ ހަރަކާތްތަކުން ސީދާ އަންނަ ސިފައިން ހިތްހަމަޖައްސާލާ މަންޒިލެއްގެ ގޮތުގައި އިންޑިއާ ބޭނުންކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް އަދި އެމީހުން ކުރާ ކަންކަމުގައި ބައިވެރިވުން އާންމުކޮށް، އާދައިގެ ކަމަކަށް ހެދުމެވެ.

އިންޑިއާ އާއި އިސްރާއީލުގެ ގުޅުން: އާދަޔާ ޚިލާފު ތާއީދެއް

އިޒްރޭލުން ފަލަސްޠީނުގައި ހިންގަމުންދާ ނަސްލުހޭދު މުޅި ދުނިޔެއަށް ހާމަވެ ޔޫރަޕުގެ ޤައުމުތަކުން އިޒްރޭލަށް އެއްބާރުލުންދެމުންވެސް ދުނިޔޭގެ ލަދަށް އިޒްރޭލުން ހިންގާ ބޮޑެތި ޖަރީމާތަކާ ބަސްބުނެ ހަދާއިރު އިންޑިއާ އޮތީ އިޒްރޭލަށް ކަނުރުހުން ދީގެންނެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ އާދަޔާ ޚިލާފު ”މޮޔަ ލޯތްބެއް“އިންޑިއާގެ ފުށުން ލިބޭކަަމަށެވެ. މޯދީވެސް ބުނެފައިވަނީ އިންޑިއާ އަކީ މަންމަ ފުށު އުފަން ބިން (މާދަރ ލޭނޑް) އެވެ. އަދި އިޒްރޭލަކީ އަކީ ބައްޕަ ފުށު އުފަން ބިމެވެ (ފާދާ ލޭންޑް) އެވެ. މީގެ އިތުރުން އިންޑިއާ ދަނީ އިޒްރޭލަށް ހަތިޔާރުވެސް ސަޕްލައިކޮށްދެމުންނެވެ.

މި މައްސަލައިން ހާމަވަނީ ހަނގުރާމައިގެ ޖަރީމާ ހިންގާ އިޒްރޭލު ސިފައިންނަށް އިންޑިއާއިން އަމާން ފުރުޞަތުތަކެއް ދެމުންދާ ކަމުގެ ކަންބޮޑުވުމެވެ. އެއްވެސް ފިޔަވަޅެއް އެޅޭނެ ކަމުގެ އުއްމީދެއް ނެތަސް އެޗްއާރުއެފްއިން ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް ހަދާފައިވާ މުޢާހަދާތަކަށް އިޙްތިރާމްކޮށް، އިންޑިއާގެ އިދާރާތަކުން އޭނާ ވަގުތުން ހައްޔަރުކޮށް ތަޙުޤީޤުކުރުމަށް ގޮވާލާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި