Saturday, 29 August 2026
Ads by

އޮޕަރޭޝަނަށްފަހު ހާލު ސީރިއަސްވި 3 އަހަރުގެ އަކިޔަލްގެ ފަރުވާއަށް ފައިސާ ހޯދުމަށް ފަންޑްރައިޒިންގ ހަރަކާތެއް ބާއްވަނީ

އޮޕަރޭޝަނަށްފަހު ހާލު ސީރިއަސްވި 3 އަހަރުގެ އަކިޔަލްގެ ފަރުވާއަށް ފައިސާ ހޯދުމަށް ފަންޑްރައިޒިންގ ހަރަކާތެއް ބާއްވަނީ

އުމުރުން އެންމެ ތިން އަހަރުގެ އަކިޔަލް، ޓެސްޓިކަލް ސާޖަރީއަކަށް ފަހު ހާލަތު އިތުރަށް ގޯސްވަމުންދާތީ، އިތުރު ފަރުވާއަށް އިންޑިއާއަށް ފުރުމަށްޓަކައި އާންމުންގެ ދީލަތި އެހީތެރިކަމަށް އޭނާގެ އާއިލާއިން އެދިއްޖެއެވެ.

Ad Image
Ads by

އާއިލާއިން މައުލޫމާތު ދިން ގޮތުގައި، ސާޖަރީއަށްފަހު އަކިޔަލްގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ދިއުމާ ގުޅިގެން، އޭނާއަށް ފުރަތަމަ ފަރުވާދީފައިވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައެވެ. އަދި ހާލަތު އިތުރަށް ސީރިއަސްވުމުގެ ސަބަބުން، ދާދި ފަހުން އެއަރ އެމްބިއުލާންސްގައި އޭނާ ވަނީ މާލެ ގެނެސްފައެވެ. އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވީ ނަމަވެސް، ލަސްނުކޮށް ރާއްޖެއިން ބޭރުން އަވަސް ފަރުވާ ހޯދުމަށް ޑޮކްޓަރުން ވަނީ ލަފާދީފައެވެ.

އަކިޔަލްގެ މި ދަތުރަށް އާސަންދައާއި އެންސްޕާގެ އެހީތެރިކަން ހަމަޖެހިފައިވީ ނަމަވެސް، ފަރުވާއަށް އިންޑިއާގައި މަޑުކުރަން ޖެހޭނެ މުއްދަތެއް ސީދާ އެނގެން ނެތުމުން، އެހެނިހެން ޚަރަދުތަކަށް ފައިސާ ބޭނުންވެއެވެ. އިންޑިއާއިން ފަރުވާ ހޯދުމަށް ދާދި ފަހުން ވެސް ހޭދަކުރުމަށްފަހު ރާއްޖެ އަންނަން ޖެހުމުގެ ސަބަބުން، އާއިލާއަށް ވަނީ މާލީ ގޮތުން ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން، މިހާރު އަލުން އިތުރު ފަރުވާއަށް ފުރަން ޖެހިފައިވާއިރު، މި ދަތި ދަނޑިވަޅުގައި އާއިލާއިން ވަނީ އާންމު ރައްޔިތުންގެ ދީލަތި މާލީ އެހީތެރިކަމަށް އެދިފައެވެ.

އަކިޔަލްގެ ފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމަށް އެހީތެރިވެދިނުމުގެ ގޮތުން ”ހޯޕް އެލަޔަންސް“ (Hope Alliance) އެންޖީއޯގެ ފަރާތުން މިހާރު ވަނީ ހާއްސަ ފަންޑްރައިޒިންގ އިވެންޓެއް ބޭއްވުމަށް ނިންމާފައެވެ. މި އިވެންޓު ކުރިއަށްދާނީ އޮގަސްޓު މަހުގެ 22 ވާ ހޮނިހިރު ދުވަހު، ހުޅުމާލެ ފޭސް 2 ގެ ހިޔާޕާކް ސްޓޭޖް 1 ސަރަހައްދުގައެވެ.

އިންތިޒާމުކުރާ ފަރާތުންނާއި އާއިލާއިން އެދެނީ ވީހާވެސް ގިނަ އާންމު ރައްޔިތުން މި ހަރަކާތުގައި ބައިވެރިވެ، ކުޑަކުޑަ އަކިޔަލްއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަށެވެ. އަދި އަކިޔަލްއަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުން އެދި ހެޔޮދުއާ ކޮށްދިނުމަށް ވެސް އާއިލާއިން ވަނީ އެދިފައެވެ.

އެހީތެރިކަން ފޯރުކޮށްދިނުމަށް:
ބޭންކް އޮފް މޯލްޑިވްސް އެކައުންޓް (MVR):އެކައުންޓް ނަން: އެކައުންޓް ނަންބަރު:7730000741313
ބޭންކް އޮފް މޯލްޑިވްސް އެކައުންޓް (USD):އެކައުންޓް
އެކައުންޓް ނަންބަރު: 7730000741315

ނަން:Thoddoo Hope Alliance

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
CREATOR: gd-jpeg v1
ޔާމީން ދައުލަތުން ވަގަށްނެގި އެތައް މިލިއަން ޑޮލަރު ހޯދިއްޖެނަމަ ޑޮލަރު މައްސަލަ ހައްލުވާނެ: ފަލާޙު
20260828_192243
ނުރައްކާތެރި ޙާލަތް އޮއްވާ މެލޭޝިއާއިން 1,500 ރޮހިންޔާ ރެފިއުޖީން އަނބުރާ މިޔަންމާއަށް ފޮނުވާލަނީ
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
20260823_142438
ބާރާއި އަބުރުވެރިކަމުގެ މަޤާމެއްގައި އޮވެ ހަނގުރާމަ ނިންމާލުން ބުއްދިވެރި: އީރާނުގެ ރައީސް
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
20260823_142438
ބާރާއި އަބުރުވެރިކަމުގެ މަޤާމެއްގައި އޮވެ ހަނގުރާމަ ނިންމާލުން ބުއްދިވެރި: އީރާނުގެ ރައީސް