Sunday, 25 October 2026
Ads by

ޕެންޝަން އޮފީހުގެ ސީއީއޯއަކަށް ޔަޒްމީދު

ޕެންޝަން އޮފީހުގެ ސީއީއޯއަކަށް ޔަޒްމީދު

 

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ޔަޒްމީދު މުޙައްމަދު މިއަދު އައްޔަންކުރައްވައިފިއެވެ.

Ad Image
Ads by

ޔަޒްމީދަކީ ދައުލަތުގެ މިނިވަން މުއައްސަސާތަކާއި، ޕަބްލިކް އޮޑިޓިން އަދި ވިޔަފާރި މެނޭޖްމަންޓުގެ ދާއިރާގެ އިސް މަގާމުތަކުގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްގެ އަގުހުރި ޚިދުމަތްތަކެއް ކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

އޭނާ އެންމެ ފަހުން އަދާކުރައްވާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސް އަދި ކޮމިޝަނަރުގެ މަގާމެވެ. އެ މުއްދަތުގެ ތެރޭގައި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލާ ކޮމިޓީގެ މުގައްރިރުކަމާއި، ޖުޑީޝަލް އެކަޑަމީގެ އެޑްވައިޒަރީ ބޯޑުގެ މެންބަރުކަމުގެ އިތުރުން ފަނޑިޔާރުންގެ މަސައްކަތް އިވެލުއޭޓްކުރާ ކޮމިޓީގެ މެންބަރުކަންވެސް އޭނާ ކުރައްވާފައިވެއެވެ.

މީގެ ކުރިން ދައުލަތުގެ މުހިންމު އެހެން މަގާމުތަކެއްވެސް ޔަޒްމީދު ފުރުއްވާފައިވެއެވެ. އެގޮތުން 2014 އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ކޮމިޝަނަރެއްގެ ހައިސިއްޔަތުން ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމާއި، މުއައްސަސާތަކުގެ ގަވަރނަންސް ރިވިއުކުރުމުގެ އިތުރުން ކޮރަޕްޝަނާ ދެކޮޅަށް ހިންގުނު މުހިންމު ހަރަކާތްތައް އޭނާ ވަނީ ލީޑުކުރައްވާފައެވެ.

އޭނާ  ޚިދުމަތް ފެއްޓެވީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކަމަށްވާއިރު، އެ އޮފީހުގައި ދިހަ އަހަރު ދުވަހު މަސައްކަތް ކުރައްވާފައިވެއެވެ.

ތައުލީމީ ދާއިރާއިން ޔަޒްމީދަކީ އެސޯސިއޭޝަން އޮފް ޗާޓަރޑް ސެޓިފައިޑް އެކައުންޓެންޓްސްގެ މެންބަރަކަށްވުމުގެ އިތުރުން އޯޕަން ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީން އެޕްލައިޑް އެކައުންޓިން ދާއިރާއިން ފަސްޓް ކްލާސް އޮނަރސްއާއެކު ބެޗްލަރ އޮފް ސައިންސް ހާސިލުކުރައްވާފައިވާ، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެވެސް މެންބަރެކެވެ.

މަގާމާ ހަވާލުވެވަޑައިގެން މީޑިއާތަކާ ޙިއްސާކުރެއްވި މެސެޖެއްގައި، ޕެންޝަން ސްކީމްގެ ބައިވެރިންނަށާއި އަސާސީ ޕެންޝަންގެ ހައްގުވެރިންނަށް ޚިދުމަތްކުރުމަކީ ވަރަށް އިސްކަންދޭ އަމާނާތެއްކަމަށް ޔަޒްމީދު ފާހަގަކުރެއްވިއެވެ. އަދި ސީއީއޯގެ ހައިސިއްޔަތުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މާޒީގައި އަދާކުރައްވާފައިވާ ދައުލަތުގެ އެކި މަގާމުތަކެކޭ އެއްފަދައިން، ނަޒާހަތްތެރިކަމާއި، ދެފުށް ފެންނަ ގޮތެއްގައި އަދި ހަރުދަނާ އުސޫލުތަކަކާއެކު މަސައްކަތްކުރެއްވުމަށް ކަމަށް ވިދާޅުވިއެވެ.

ޕެންޝަން އޮފީހަކީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ހިންގައި ބެލެހެއްޓުމަށް އުފައްދަވާފައިވާ އޮފީހެކެވެ. މި އޮފީސް ވުޖޫދުވީއްސުރެ، އެ އޮފީސް ދެމިއޮތީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް އިންސްޓިޓިއުޝަނަލް އިންވެސްޓަރުގެ މަގާމުގައެވެ.

މިހާރު އެ އޮފީހުން މެނޭޖްކުރަމުންދާ ފަންޑުގެ ސާފު އަގު ނުވަތަ ނެޓް އެސެޓް ވެލިއު 27.94 ބިލިޔަން ދިވެހި ރުފިޔާއަށް އަރައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި