Sunday, 26 July 2026
Ads by

ނޫރައިންގެ އިސްތިއުފާ ޤަބޫލުކޮށް މަގާމުން ވަކިކޮށްފި

ނޫރައިންގެ އިސްތިއުފާ ޤަބޫލުކޮށް މަގާމުން ވަކިކޮށްފި

އެމްއެމްޕީއާރުސީގެ ޗެއަރޕާސަން އާއިޝާ ނޫރައިން ޖަނާހު މަޤާމުން އިސްތިއުފާ ދެއްވުމާއިއެކު، އިސްތިއުފާ ގަބޫލުކޮށް ޕީސީބީން އޭނާ ވަކިކޮށްފިއެވެ.

Ad Image
Ads by

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ، ނޫރައިންގެ އިސްތިއުފާގެ ސިޓީ 21 މެއި 2024 ގައި ލިބިފައިވާ ކަމަށެވެ. އެހެންކަމުން އިސްތިއުފާ ޤަބޫލުކޮށް، އެ މަޤާމުން އޭނާ ވަކިކޮށްފައިވާކަމަށް ވެސް ޕީސީބީން ބުނެފައިވެއެވެ.

ނޫރައިން އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ނޫރައިން އެމްއެމްޕީއާރުސީގެ ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވާފައި ވަނީ ދުބާއީގައި މި މަހު ކުރީކޮޅު އޮތް އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ފެއާގައި އިނގިރޭސީ ބަހުން ދެއްވި އިންޓަވިއުއަކާ ގުޅިގެން އާންމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ދަނޑިވަޅެއްގައެވެ.

ނަމަވެސް އޭގެ ފަހުން އެ ކުންފުނިން ބައިވެރިވާ ބޭރުގެ ހަރަކާތްތަކުގައި ނޫރައިން ބައިވެރިނުކުރަން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އެންގެވި ކަމަށް ބުނެ މީޑިއާއަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެކަން މިނިސްޓަރ ފައިސަލް ދޮގުކުރެއްވި ނަމަވެސް އާންމުންގެ ފާޑުކިޔުން އަމާޒުވިއެވެ.

ނޫރައިން އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަން ކުރެއްވީ ޑިސެމްބަރު 27، 2023 ގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި