Wednesday, 9 September 2026
Ads by

އީރާނުން ދިން މިސައިލް ޙަމަލާއަކާ ގުޅިގެން ކަމަށް ބުނެ ޔޫއޭއީއިން އީރާނާއެކު އޮތް އެންމެހައި މާލީ ގުޅުންތަކެއް ސަސްޕެންޑްކޮށްފި

އީރާނުން ދިން މިސައިލް ޙަމަލާއަކާ ގުޅިގެން ކަމަށް ބުނެ ޔޫއޭއީއިން އީރާނާއެކު އޮތް އެންމެހައި މާލީ ގުޅުންތަކެއް ސަސްޕެންޑްކޮށްފި

އިޒްރޭލުގެ ގަވަރންމަންޓް ޕްރެސް އޮފީހުން އާންމުކޮށްފައިވާ ފޮޓޯއަކުން ފެންނަނީ، ޖެނުއަރީ 30، 2022 ގައި ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި ަިޒްރޭލުގެ ރައީސް އީސާކް ހެރްޒޮގަށް މަރުޙަބާ ކިޔައި، އަބޫދާބީގެ ވަލީއަހުދު ޝެއިޚް މުޙައްމަދު ބިން ޒާޔިދު އަލް ނަހްޔާން (ކ) އޭނާއާ ސަލާމް ކުރާ މަންޒަރެވެ. (ސީޖީޓީއެން ނިއުސް)

އީރާނުގެ ސަރަޙައްދުން ފޮނުވާލި ދެ ބެލިސްޓިކް މިސައިލެއް ޔޫއޭއީގެ ސަރަޙައްދީ ކަނޑުގެ ތެރެއަށާއި ކައިރިއަށް ވެއްޓުނު ހާދިސާއަކާ ގުޅިގެން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އީރާނާއެކު އޮތް އެންމެހައި ވިޔަފާރި، އިޤްތިޞާދީ އަދި މާލީ ގުޅުންތައް ވަގުތުން ސަސްޕެންޑްކޮށްފިއެވެ.
ޔޫއޭއީގެ ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ނިންމުމަކީ ސަރަޙައްދީ ހަމަޖެހުމާއި ކަނޑުދަތުރުފަތުރުގެ ސަލާމަތަށް އޮތް ނުރައްކާތަކާ ގުޅިގެން ”ވަކި ގޮތެއް އެންގެންދެން“ ނެރުނު ޢަމުރެކެވެ.

Ad Image
Ads by

ޔޫއޭއީގެ ދިފާޢީ ވުޒާރާއިން ބުނި ގޮތުގައި، އީރާނުން ފޮނުވާލި ދެ ބެލިސްޓިކް މިސައިލް އަމާޒުކޮށްފައިވަނީ ކަނޑުދަތުރުފަތުރު ކުރާ ބޯޓުފަހަރަށެވެ. މީގެ ތެރެއިން އެއް މިސައިލް ޔޫއޭއީގެ ސަރަޙައްދީ ކަނޑުގެ ތެރެއަށް ވެއްޓުނުއިރު، އަނެއް މިސައިލް ވެއްޓުނީ ސަރަޙައްދީ ކަނޑުން ބޭރަށެވެ.

މި ނިންމުމުގެ ސަބަބުން ދުބައި މެދުވެރިކޮށް އީރާނަށް ކުރަމުންދިޔަ އެތައް ބިލިއަން ޑޮލަރެއްގެ ރީ-އެކްސްޕޯޓް ވިޔަފާރިއާއި މާލީ މުޢާމަލާތްތައް ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން ވަނީ ޔޫއޭއީއަށް އަމާޒުކޮށް އެއްވެސް މިސައިލެއް ފޮނުވާފައެއް ނުވާނެ ކަމަށް ބުނެ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު