Wednesday, 9 September 2026
Ads by

އެމެރިކާއިން ޙަމަލާތައް ވަރުގަދަކޮށްފިނަމަ ޔޫރަޕްގައިވާ އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ޙަމަލާދިނުމަށް އީރާނުން ތައްޔާރުވަނީ

އެމެރިކާއިން ޙަމަލާތައް ވަރުގަދަކޮށްފިނަމަ ޔޫރަޕްގައިވާ އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ޙަމަލާދިނުމަށް އީރާނުން ތައްޔާރުވަނީ

އީރާނުގެ މިސައިލްތަކަކީ މި ސަރަޙައްދުން ބޭރުގައިވާ އަމާޒުތަކަށް ފޯރާވަރުގެ މިސައިލްތަކެއްކަން ސާބިތުވެފައިވީ ނަމަވެސް، އެ ތަކެތީގެ ބާރާއި އަމާޒަށް ހަމަލާދިނުމުގެ ސައްހަކަން އަދިވެސް ހުރީ ދަށްކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ. (ސެޕާހްނިއުސް.ކޮމް/ އޭއެފްޕީ ގެޓީ އިމޭޖަސް މެދުވެރިކޮށް)

އެމެރިކާއިން އީރާނުގެ ވަސީލަތްތަކަށް ދޭ ޙަމަލާތައް އިތުރުކޮށްފިނަމަ، ޔޫރަޕްގެ ދެކުނާއި އިރުމަތީގައިވާ އެމެރިކާއާއި އިއްތިހާދުގެ އަސްކަރީ އަމާޒުތަކަށް ޙަމަލާދިނުމުގެ ސިޔާސަތެއް އީރާނުގެ އަސްކަރިއްޔާއިން އެކުލަވާލަމުންދާކަން ހާމަވެއްޖެއެވެ. ’ފިނޭންޝަލް ޓައިމްސް‘ އިން ނެރުނު ޖާސޫސީ ރިޕޯޓްތަކުގައިވާ ގޮތުން، އީރާނުން ދަނީ ހަނގުރާމައިގެ ދާއިރާ މެދުއިރުމަތިން ބޭރަށް ފުޅާކޮށް، ޔޫރަޕްގައިވާ އެމެރިކާގެ ވަސީލަތްތަކަށް ސީދާ މިސައިލާއި ޑްރޯން ޙަމަލާތައް ދިނުމުގެ ފުރުޞަތުތައް ދިރާސާކުރަމުންނެވެ.

Ad Image
Ads by

އީރާނުން ފާހަގަކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް ތެޔޮ އަޅައިދިނުމުގެ ހުއްދަ ދީފައިވާ ބަލްގޭރިއާގެ ”ބެޒްމާ އެއާ ބޭސް“ އާއި، ސައިޕްރަސްގައިވާ އިނގިރޭސިވިލާތުގެ އަސްކަރީ ބޭސްތައް (އާރްއޭއެފް އަކްރޯތީރީ) ހިމެނެއެވެ. އަސްކަރީ ބޭސްތަކުގެ އިތުރުން، ހޮރްމޫޒް ކަނޑުއޮޅި އަޑިން އަޅާފައިވާ ބައިނަލްއަޤްވާމީ ފައިބަރ-އޮޕްޓިކް ކޮމިއުނިކޭޝަން ކޭބަލްތައް ހަލާކުކޮށްލުމުގެ ރޭވުންތައްވެސް އީރާނުން ދަނީ ހަދަމުންނެވެ.
މި ރިޕޯޓްތަކާ ގުޅިގެން ނޭޓޯއިން ބުނެފައިވަނީ އެ އިއްތިހާދުގެ ކޮންމެ ޤައުމެއްގެ ސަރަޙައްދު ދިފާޢުކުރުމަށް ތައްޔާރަށް ތިބި ކަމަށާއި، ކޮންމެ ނުރައްކަލަކާ ދެކޮޅަށްވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި