Saturday, 29 August 2026
Ads by

މާރުކޭޓް ކޮމްޕްލެކްސް ތަރައްގީކުރާ ބިން 1 މަސްދުވަހުގެ ތެރޭގައި ހުސްކުރަނީ

މާރުކޭޓް ކޮމްޕްލެކްސް ތަރައްގީކުރާ ބިން 1 މަސްދުވަހުގެ ތެރޭގައި ހުސްކުރަނީ

މާލެ މާރުކޭޓް ކޮމްޕްލެކްސް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ބިން 1 މަސްދުވަހުގެ ތެރޭގައި ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.

Ad Image
Ads by

މާލެ މާރުކޭޓް ކޮމްޕްލެކްސް ޒަމާޏީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ މިދިޔަ މާރިޗު މަހުގެ ތެރޭގައެވެ. މި މަޝްރޫއަކީ މާލޭގައި މިހާރު ހިންގަމުންދާ ހުރިހާ މާރުކޭޓެއް އެއް ފުރާޅެއްގެ ދަށަށް ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އަދި މިއީ މާލޭގައި މިވަގުތު ކުރިއަށްގެންދަން ރާވާފައިވާ އެންމެ ބޮޑު އެއް މަޝްރޫއުކަން ވެސް ފާހަގަކޮށްލެވެއެވެ.

މި މަސައްކަތް ހަވާލުކޮށްފައި އޮންނަތާ 5 މަސްދުވަސް ވެފައިވާއިރު ވެސް މަޝްރޫއުގެ އަމަލީ މަސައްކަތް މިހާތަނަށް ނުފެށިވަނީ އެކަމަށް ބޭނުންވާ ބިން މާލެ ސިޓީ ކައުންސިލުން މިނިސްޓްރީއާ ހަވާލުކޮށްފައިނުވުމުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މާލެ މާރުކޭޓް ކޮމްޕްލެކްސް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ މިހާރުގެ ލޯކަލް މާރުކޭޓް ހުރި ބިމުގައި ކަމަށްވާތީ ވަގުތީ މާރުކޭޓު އެހެން ސަރަހައްދަކަށް ބަދަލުކޮށް 1 މަސްދުވަހުގެ ތެރޭގައި ބިން ހުސްކުރުމަށް މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ވަގުތީ މާރުކޭޓް ހެދުމަށް ކުރީގެ އެސްޓީއޯ ހުރި ތަނާއި ތައިސޭކޮށި ބަލަމުން އަންނަ ކަމަށް ސަރުކާރުން ބުނެއެވެ.

ޖުމުލަ 126.4 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 15،525 އަކަފޫޓުގެ ބިމެއްގައި 6 ފަންގިފިލާގެ އިމާރާތެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިމާރާތުގެ ހާއްސަ ސިފަތަކަށް ބަލައިލާއިރު، އިމާރާތުގެ ބޭސްމަންޓް ހާއްސަކޮށްފައިވަނީ ސައިކަލު ޕާކުކުރުމަށެވެ. އަދި ގްރައުންޑް ފްލޯގައި މަސް މާރުކޭޓެއް، ފުރަތަމަ ތިން ފަންގިފިލާގައި ދަނޑުވެރިކަމުގެ އުފެއްދުންތަކާއި މޭވާ އަދި ތަރުކާރީ މާރުކޭޓު ހިމެނެއެވެ. އަދި މި އިމާރާތުގައި ޖުމުލަ 455 ގޮޅި ހިމެނޭނެއެވެ. އަދި ޓެރަސްގައި ފުޑްކޯޓެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުގެ ޢަމާޒަކީ މި މަސައްކަތް 1 އަހަރާއި 8 މަސްދުވަހުގެ ތެރޭގައި ނިންމައިލުމެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
470237_3b095101-d_-1024x683
"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމުގެ ފުރުސަތު އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް!
dollar
"ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކުރި ނަމަވެސް، ޑޮލަރުން މުސާރަ ދިނުމުގައި އެއްވެސް ހުރަހެއް ނޯންނާނެ"
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
CREATOR: gd-jpeg v1
ޔާމީން ދައުލަތުން ވަގަށްނެގި އެތައް މިލިއަން ޑޮލަރު ހޯދިއްޖެނަމަ ޑޮލަރު މައްސަލަ ހައްލުވާނެ: ފަލާޙު
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް