Saturday, 24 October 2026
Ads by

ވަތަނީ ޚިދުމަތް ފުރިހަމަކުރި ކުދިންނަށް ކަސްޓަމްސްގެ ވަޒީފާތަކަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ވަތަނީ ޚިދުމަތް ފުރިހަމަކުރި ކުދިންނަށް ކަސްޓަމްސްގެ ވަޒީފާތަކަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ވަތަނީ ޚިދުމަތް ފުރިހަމަކޮށްފައިވާ ޒުވާނުންނަށްވެސް ކުރިމަތިލެވޭ ގޮތަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން 26 ވަޒީފާއަކަށް މީހުން ހޯދަން އިއުލާންކޮށްފިއެވެ.

Ad Image
Ads by

ކަސްޓަމްސްއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ އިދާރާގެ އެކި އޮފީސްތަކަށް ބޭނުންވާ 26 އެސިސްޓެންޓް އޮފިސަރ ޓްރެއިނީގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މި މަޤާމުތަކަށް އެދި ހުށަހެޅޭނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި އުމުރު ބެލުމުގައި މިންގަނޑަކަށް ބަލާނީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ވަޒީފާތަކުގެ މުސާރައާއި އިނާޔަތްތަކަށް ބަލާއިރު، އަސާސީ މުސާރައިގެ ގޮތުގައި 5،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 4،660 ރުފިޔާ ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 75 ރުފިޔާގެ އިތުރުން ކޮއްތު ފައިސާއާއި، އިތުރު ގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ އިނާޔަތްތަކާއެކު މުވައްޒަފަކަށް މަހަކު ޖުމްލަ 11،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިގެންދާނެއެވެ.

މި މަޤާމަށް މީހުން ހޮވުމުގައި ކަނޑައަޅާފައިވާ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި, ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސް ޕްރޮގްރާމް ނުވަތަ ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި އެފަދަ ޤައުމީ ޕްރޮގްރާމެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވުން ހިމެނެއެވެ. އަދި މީގެ އިތުރުން، ކަސްޓަމްސްއާ ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުމާއެކު އެސްއެސްސީ ދިވެހިން ’ސީ‘ ފާސް ލިބިފައިވުން، ނުވަތަ ސާނަވީ އިމްތިހާނުން 2 މާއްދާއިން ދަށްވެގެން ’ޑީ‘ ފާހާއެކު ދިވެހިން ’ސީ‘ ފާސް ލިބިފައިވާ ފަރާތްތަކަށްވެސް މި ވަޒީފާއަށް ކުރިމަތިލެވޭނެއެވެ.

ސަރުކާރުން ކުރިއަށްގެންދާ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ޒުވާނުން ބާރުވެރިކުރުވައި، ޤައުމީ ޚިދުމަތަށް އަހުލުވެރިކުރުވުމަށް ހިންގާ މުހިންމު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފުރިހަމަކުރި ގިނަ އަދަދެއްގެ ޒުވާނުންނަށް މީގެ ކުރިންވެސް އެމްއެންޑީއެފް، ފުލުހުންގެ ޚިދުމަތް އަދި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުން ވަޒީފާގެ ފުރުސަތުތައް ވަނީ ފަހިކޮށްދީފައެވެ. ކަސްޓަމްސްއިން މި ހުޅުވާލި ފުރުސަތަކީވެސް މި ޕްރޮގްރާމް ނިންމި ޒުވާނުންނަށް ވަޒީފާގެ މައިދާނަށް ނުކުތުމަށް ލިބިގެންދިޔަ އިތުރު ދޮރެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި