Wednesday, 9 September 2026
Ads by

ޕީޖީއޯ 2.0 އާއެކު ބޮޑެތި މައްސަލަތައް ވެސް 48 ގަޑިއިރު ތެރޭގައި ކޯޓަށް ފޮނުވޭނެ: އައްބާސް

ޕީޖީއޯ 2.0 އާއެކު ބޮޑެތި މައްސަލަތައް ވެސް 48 ގަޑިއިރު ތެރޭގައި ކޯޓަށް ފޮނުވޭނެ: އައްބާސް

ޕޮރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް--- ފޮޓޯ: ޕީއެސްއެމް

ޕީޖީއޯ 2.0 އާއެކު ބޮޑެތި މައްސަލަތައް ވެސް 48 ގަޑިއިރު ތެރޭގައި ކޯޓަށް ފޮނުވޭނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ޕީޖީއޯ 2.0 އަކީ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ މަސައްކަތްތައް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް މަސައްކަތްތައް އަވަސްކޮށް ޑިޖިޓަލައިޒް ކުރުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ އޮފީހުގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމަށް 2 އަހަރު ދުވަހުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެ އޮފީހުން ބުނެއެވެ.

މިކަމާ ގުޅިގެން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ، ޕީޖީ އޮފީހުގެ މަސައްކަތުތައް ޑިޖިޓައިޒް ކުރެވިގެން ދިއުމުން އަދުލު އިންސާފު ގާއިމް ކުރުމަށް ހޭދަވާ މުއްދަތު އަވަސްކުރެވިގެންދާނެ ކަމަށެވެ. ހަމައެހެންމެ، އެ އޮފީހުގެ މަސައްކަތްތައް އިންތިޒާމުވެފައިވާ ގޮތުން، ތަހުގީގީ އިދާރައަކުން މައްސަލައެއްގެ ފައިލް އެ އޮފީހަށް ފޮނުވުމުން، ސްކޭން ކުރުމަށްފަހު ދައުވާކުރުމާ މެދު ގޮތެއް ނިންމަން ކުރަންޖެހޭ ދިރާސާތައް ކުރުމަށް އެތައް ވަގުތެއް ހޭދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ޕީޖީއޯ 2.0 އާއެކު ސްކޭން ކޮށްގެން، އިލެކްޓްރޯނިކް ފައިލް ޕްރޮސެކިއުޓަރާއި ހަމައަށް ދާއިރު 15 މިނެޓްގެ ތެރޭގައި ހުރިހާ މަސައްކަތެއް ކޮށް ނިންމާލެވޭނެ ކަމަށާއި މައްސަލައަކާ ގުޅުންހުރި ހުރިހާ މަސައްކަތެއް 6 ގަޑިއިރުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އައްބާސް ވިދާޅުވިއެވެ. ކަން މިހެން އޮތުމުން ބޮޑެތި މައްސަލަތައް ވެސް އެންމެ ގިނަވެގެން 48 ގަޑިއިރު ތެރޭ ކޯޓަށް ފޮނުވާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑުމެން ސްކޭން ކޮށްގެން، އިލެކްޓްރޯނިކް ފައިލް ޕްރޮސެކިއުޓަރާއި ހަމައަށް ދާއިރު 15 މިނެޓް ތެރޭ ހުރިހާ ކަމެއް ވެގެންދާނެ. އަޅުގަނޑުމެން އެންމެ އަވަހަށް ވެސް ވަގުތު ނަގާ މައްސަލަތައް 24 ގަޑިއިރު 48 ގަޑިއިރު، މައްސަލަ ދުވަހެއްގެ ދެބައިކުޅަ އެއްބައިން، އޭގެ މާނައަކީ 6 ގަޑިއިރު ތެރެއިން އެ މަސައްކަތް ކުރެވޭނެ. ބޮޑެތި މައްސަލަތައް ވެސް ގިނަވެގެން 48 ގަޑިއިރު ތެރޭ އަޅުގަނޑުމެންނަށް ކޯޓަށް ފޮނުވޭ ވަރަށް މަސައްކަތް ކުރާނެ.“ – އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވި ގޮތުގައި މިކަމުގައި ބޭނުންކުރާ އޭއައި، ވަސީލަތަކީ އެ އޮފީހުން އަމިއްލައަށް ތައްޔާރުކުރާ ވަސީލަތަކަށްވުމުން އެ އޮފީހުގައި ހުންނަ މީހުންގެ ޒާތީ މައުލޫމާތު އެހެން ފަރާތަކަށް ލިބުމުގެ ފުރުސަތު ހަނިވާނެއެވެ. އަދި މިހާރު ވެސް އެ އޮފީހުގެ މައުލޫމާތަކީ ރައްކާތެރި ގޮތެއްގައި ބެލެހެއްޓޭ މައުލޫމާތު ކަމަށްވާއިރު މި މަސައްކަތާއެކު އެ މައުލޫމާތުތަކުގެ ރައްކާތެރިކަން މިހާރަށްވުރެ ބޮޑަށް ކަށަވަރު ކުރެވިގެންދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ހަރަދުގައި ކުރިއަށްގެންދާ މި މަޝްރޫއަކީ 12 މިލިއަން ރުފިޔާ ބަޖެޓެއް ކަނޑައެޅިގެން 2 އަހަރުގެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ. މި މަޝްރޫއު ނިމުމާއެކު ހިދުމަތްތައް ހޯދުމުގައި ރައްޔިތުން ހޭދަ ކުރާ ވަގުތު ބޮޑުތަނުން ކުޑަވާނެ ކަމަށް ޕީޖީ އޮފީހުން މައުލޫމާތެދެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި