Thursday, 19 November 2026
Ads by

ގުރައިދޫ މަރުކަޒު ”ސްޓޭޓް އޮފް ދި އާޓް“ ފެންވަރަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި

ގުރައިދޫ މަރުކަޒު ”ސްޓޭޓް އޮފް ދި އާޓް“ ފެންވަރަށް ތަރައްޤީކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި

ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ ހުރިހާ ޚިދުމަތްތަކެއް ފުރިހަމައަށް ލިބޭ، ޒަމާނީ ”ސްޓޭޓް އޮފް ދި އާޓް“ ފެންވަރުގެ މަރުކަޒަކަށް ބަދަލުކުރުމަށްޓަކައި އެތަން އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

Ad Image
Ads by

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސަތުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިގޮތަށް ނިންމެވީ، އެ މަރުކަޒުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފެންވަރު މަތިކުރުމުގެ މަޤްޞަދުގައެވެ. މި މަޝްރޫޢުގެ ދަށުން މަރުކަޒު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ 50 އަހަރަށް ވުރެ ގިނަ ދުވަސްވީ ބާ އިމާރާތެއްގައި ހިންގަމުން އަންނަ މި މަރުކަޒުގެ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެތަނުގައި ވަސީލަތްތައް ނެތުމުގެ ސަބަބުން ދިމާވެފައިވާ ދަތިތައް ޙައްލުކޮށް، ބަލިމީހުންނަށް ބޭނުންވާ އެނދާއި ކާބޯތަކެތީގެ އިންތިޒާމުތައް ވަނީ ރަނގަޅުކޮށްފައެވެ. އަދި މިހާރު ކުރިއަށްދާ އަޕްގްރޭޑިންގ މަސައްކަތްތަކުގެ އިތުރުން، އައު އެކޮމޮޑޭޝަން ބްލޮކެއް ޢިމާރާތް ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުން އަނބުރާ މުޖުތަމަޢަށް ނެރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން، ފަރުވާއަށްފަހު އެ ފަރާތްތައް މުޖުތަމަޢަށް ދޫކޮށްލުމުގެ ކުރިން، ޢާއިލާތަކާއި ކަމާބެހޭ މުއައްސަސާތަކަށް މަޢުލޫމާތު ދީ، އެމީހުންނަށް ރައްކާތެރި އަދި ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް ޚާއްޞަ އިސްކަމެއް ދެވެއެވެ. އަދި ވަޒީފާ އަދާކުރަން ބޭނުންވާ މީހުންނަށް އެ ފުރުޞަތު ފަހިކޮށްދީ، ޢާއިލާއަށް ބުރައަކަށް ނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ، އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ މަގު ތަނަވަސްކޮށްދިނުމަކީވެސް މި ސިޔާސަތުގެ މުހިންމު ބައެކެވެ.

މި ސިޔާސަތުގެ ދަށުން ކުރެވުނު މަސައްކަތްތަކުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވަމުން، ސިއްޙަތާއި ޢާއިލީ އަދި އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވަޒީރު ޤީލާ އަލީ މީގެކުރިން މަޖިލީހުގައި ވިދާޅުވެފައިވަނީ، ގުރައިދޫ މަރުކަޒުގައި ފަރުވާ ހޯދަމުންދިޔަ 60 މީހަކަށް ކާމިޔާބުކަމާއެކު ފަރުވާދީ، އަނބުރާ މުޖުތަމަޢަށް ނެރެވިފައިވާ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
2 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
ހިޔަޅު އަބުދުއް ރަހުމާނު
ހިޔަޅު އަބުދުއް ރަހުމާނު
2 މަސް ކުރިން

ހިޔާލަކީ ތިމަރުކަޒުގަ އުޅޭ މީހުންނައް އެއްކަލަ ތިންހާސް ރުފިޔާގެ އިނާޔައް ލިބޭތޯ

އިބްރާހީމް މުހަންމަދު ސޯލިހު ކައްޒާބު
އިބްރާހީމް މުހަންމަދު ސޯލިހު ކައްޒާބު
2 މަސް ކުރިން

ތިތަން ބަދަލު ކުރަންވީ ހުޅުމާލެއަޢް

Ads by
ފަހުގެ ޚަބަރު
Screenshot_20261119_102939_Chrome
ކުޑަކުދިންނަށް ކުރާ އަނިޔާތައް ރިޕޯޓްކުރުމަކީ ގާނޫނީ ގޮތުން ލާޒިމު ކަމެއް: މިނިސްޓްރީ
fgd
ގުރައިދޫގައި ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމާރީއާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފި
693278370
ބަޣުދާދުގައި ޔަހޫދީންގެ ތަރިކަ ދާރުލްއާސާރެއް ހުޅުވުމާ ގުޅިގެން އީރާނަށް ތާއީދުކުރާ ޖަމާއަތަކުން އިންޒާރު ދީފި
mauroofu
ރިއަލް އެސްޓޭޓް ބިލާމެދު ނުރުހުން ފާޅުކުރައްވައި، މެންބަރު މައުރޫފް މަޖިލީހުގައި އެ ބިލް ވީދާލައްވައިފި
Ads by
މަގުބޫލު
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި
IMG_3293
2015 ގައި މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓް: ފިރިމީހާއާއި ދަރިފުޅު މަރުގެ ދިޔަ ބޭނުމެއް ނުވި
Adam Azim 1414
ވެރިކަމުގައި އިބޫ ނުވަތަ ނަޝީދު ހުންނެވި ނަމަ ރަސްމާލެ އޯކޭ: އާޒިމް
Moosun2525
ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ނާސާއިން ދީފި
mutholibi and saeed
"އަދަދު" ނޫސްވެރިން 2 މިނިސްޓަރަކާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފި