Saturday, 29 August 2026
Ads by

ރާއްޖޭގެ މެޗުގައި ރެފްރީއަށް ހަމަލާދިން ބަންގްލަދޭޝްގެ އަމީން 15 މެޗަށް ސަސްޕެންޑް ކޮށްފި

ރާއްޖޭގެ މެޗުގައި ރެފްރީއަށް ހަމަލާދިން ބަންގްލަދޭޝްގެ އަމީން 15 މެޗަށް ސަސްޕެންޑް ކޮށްފި

މާލޭގައި މިދިޔަ ޖޫން މަހު ބޭއްވި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި، ރެފްރީއަށް ހަމަލާދިން މައްސަލައިގައި ބަންގްލަދޭޝްގެ އަލް އަމީން 15 މެޗަށް ސަސްޕެންޑް ކުރުމަށް ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމައިފިއެވެ.

Ad Image
Ads by

މިދިޔަ ޖޫން މަހުގެ 7 ވަނަ ދުވަހުގެ ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު 1-1 އިން އެއްވަރުވެފައި ވަނިކޮށް، މެޗުގެ ފަހު ވަގުތުކޮޅު ބޮޑު ހަމަނުޖެހުމަކަށް ބަދަލުވީ ރެފްރީގެ ނިންމުންތަކާ މެދު ބަންގްލަދޭޝްގެ ބެންޗުން ހިތްހަމަނުޖެހުން ފާޅުކުރުމާ ގުޅިގެންނެވެ. އެގޮތުން މެޗުގެ އިތުރު ވަގުތުގައި ރާއްޖޭގެ ހަސަން އީނާޒަށް ބަންގްލަދޭޝްގެ ކުޅުންތެރިޔަކު ކުރި ޗެލެންޖަކާ ގުޅިގެން، އިންޑިއާގެ ރެފްރީ ސެންތިލްނާތަން ފައުލެއް ދިނުމުން ބަންގްލަދޭޝްގެ ކުޅުންތެރިން ވަރަށް ބޮޑަށް ރުޅިގަދަވި އެވެ.

މި ނިންމުމާ ދެކޮޅަށް ހިތްހަމަނުޖެހުން ފާޅުކުރުމުން، ބަންގްލަދޭޝްގެ ސީނިއާ ޓީމަށް ވެސް ކުޅޭ އަލް އަމީނަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ. އެއާއެކު އޭނާ ވަނީ ރެފްރީގެ ގައިގައި ދެ ފަހަރަށް ޖަހައި ހަމަލާދީފައެވެ. އެ ވަގުތު އޭނާ ހުއްޓުވުމަށް އެ ޓީމުގެ އެހެން ކުޅުންތެރިން ވެސް މަސައްކަތް ކުރިއެވެ.

ފަހުން މެޗުގެ ކުޅުން އަލުން ފެށި ނަމަވެސް، އެންމެ ފަހު ވަގުތުގައި ބަންގްލަދޭޝްގެ އޭރިއާ ކައިރިން ރާއްޖޭގެ ޒުވާން ފޯވާޑް ނައްސާހް އިބްރާހިމް ނާސިރާ އެ ޓީމުގެ ކުޅުންތެރިން ކުރިމަތިލައި، ދެ ޓީމުގެ ދެމެދުގައި ވަނީ ބޮޑު ތަޅާފޮޅުމެއް ހިނގައިފައެވެ.

މި މައްސަލަތައް ބެލުމަށްފަހު ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ އަލް އަމީން 15 މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން، ބެންޗުގައި އިނދެ ރެފްރީގެ ނިންމުމާ ދެކޮޅަށް އަޑުގަދަކުރި އެ ޓީމުގެ މިރާޖުލް އިސްލާމް 2 މެޗަށް ސަސްޕެންޑް ކޮށްފައެވެ. އަދި ބަންގްލަދޭޝް ޓީމުގެ މެނޭޖަރު ޝަހީން ހަސަން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ނިންމައިފައެވެ.

މި މެޗުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ އެއްވެސް ކުޅުންތެރިއަކަށް ނުވަތަ އޮފިޝަލަކަށް ފީފާއިން އެއްވެސް ފިޔަވަޅެއް އެޅިކަން އަދި އެނގިފައެއް ނުވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
CREATOR: gd-jpeg v1
ޔާމީން ދައުލަތުން ވަގަށްނެގި އެތައް މިލިއަން ޑޮލަރު ހޯދިއްޖެނަމަ ޑޮލަރު މައްސަލަ ހައްލުވާނެ: ފަލާޙު
20260828_192243
ނުރައްކާތެރި ޙާލަތް އޮއްވާ މެލޭޝިއާއިން 1,500 ރޮހިންޔާ ރެފިއުޖީން އަނބުރާ މިޔަންމާއަށް ފޮނުވާލަނީ
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
Ads by
މަގުބޫލު
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
20260823_142438
ބާރާއި އަބުރުވެރިކަމުގެ މަޤާމެއްގައި އޮވެ ހަނގުރާމަ ނިންމާލުން ބުއްދިވެރި: އީރާނުގެ ރައީސް
Hussain Shareef
ޕީއެންސީގެ މަޖިލިސް މެންބަރު ހުސައިން ފަހަތަށް ފިޔަވަޅެއް އަޅުއްވަން ނިންމަވައިފި
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
20260825_202855
އެމެރިކާއާއެކު އައިއެސް ބަލިކުރުމަށް ހަނގުރާމަކުރި އީރާނަށް ވަފާތެރި ޝީޢީ ޖަމާޢަތްތައް އަތުން ހަތިޔާރުތައް އަތުލައި އެޤައުމުން ފޭބުމަށް ސުންގަޑި ދީފި
20260823_142438
ބާރާއި އަބުރުވެރިކަމުގެ މަޤާމެއްގައި އޮވެ ހަނގުރާމަ ނިންމާލުން ބުއްދިވެރި: އީރާނުގެ ރައީސް