Saturday, 17 October 2026
Ads by

މަޝްރޫއުތައް ހިންގަން ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ސަރުކާރަކަށް ނުދޭނަން: ޒަހިއްޔާ

މަޝްރޫއުތައް ހިންގަން ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ސަރުކާރަކަށް ނުދޭނަން: ޒަހިއްޔާ

މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 13 ވަނަ ރަސްމީ އާންމު ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ޒަހިއްޔާ ސަރުކާރަށް ޖެއްސުން ކުރަނީ--- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ރައްޔިތުންނާ ގުޅުންހުރި މަޝްރޫއުތައް ހިންގަން ކައުންސިލްގެ އިހުތިސާސްގެ ދަށުގައި ހުރި އެއްވެސް ބިމެއް ސަރުކާރަށް ދޭން ނުޖެހޭ ކަމަށް ބުނެ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ ދެއްކި ވާހަކަތަކާ ގުޅިގެން އާންމުންގެ ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެއެވެ.

Ad Image
Ads by

ޒަހިއްޔާ މި މޭރުމުން ވާހަކަދައްކާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 13 ވަނަ ރަސްމީ އާންމު ޖަލްސާގައި ވިލިމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސަމާހު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. މި ޖަލްސާގައި ސަމާހު ވަނީ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކަށް ސިޓީ ކައުންސިލުން ހުރަސްއަޅާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ސަމާހު ވިދާޅުވީ، މި ސަރުކާރުން ވިލިމާލޭގައި ޒަމާނީ ފެންވަރަށް ތަރައްގީކުރާ ”ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް“ ގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަށް ފަށަންޖެހޭ ކަމަށެވެ. ހޮސްޕިޓަލުގެ މަސައްކަތް އަވަހަށް ފެށޭނީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ، މި ސަރުކާރުން މަޝްރޫއުތައް ކުރިއަށްގެންދަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ވެންޓިލޭޓަރުތަކުން ”ވައްކަން“ ކުރި ގޮތަކަށް ނޫން ކަމަށާއި، ސަރުކާރުން އަބަދުވެސް އިސްކަންދޭނީ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކަމަށް ސަމާހު ވިދާޅުވިއެވެ. ސަމާހު ވިދާޅުވި ގޮތުގައި ވިލިމާލެ ހޮސްޕިޓަލުގެ މަސައްކަތް ލަސްކުރުމުގެ ނިޔަތުގައި ސިޓީ ކައުންސިލުން ސަރުކާރަށް ބިން ހަވާލުކުރަން ދެކޮޅު ހެދި ނަމަވެސް ހަގީގަތުގައި އެ ޖެއްސުންކުރެވެނީ ރައްޔިތުންނަށް ކަމަށެވެ.

”އަޅުގަނޑުގެ އެންމެ ބޮޑު އެދުމަކީ ހޮސްޕިޓަލުގެ މަސައްކަތް ވީހާވެސް އަވަހަށް ފަށަން ވަގުތީ ސައިޓެއް ކައުންސިލުން ހަމަޖައްސައިދޭންޖެހޭ. ކައުންސިލުގެ އެއްބާރުލުން ލިބިގެން މެނުވީ މިކަން ކުރިއަށް ނުދާނެ. ސަރުކާރަށް ވެސް ފަސޭހަވެގެންދާނީ ކައުންސިލުން އެއްބާރުލުން ދީގެން. މިއުޅެނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރައްޔިތުންގެ ނޭވާހޮޅިން ވައްކަންކޮށް ވެންޓިލޭޓަރު ދިރުވާލުން ކަހަލަ ކަމެއް ކުރާކަށްނޫން. ރައްޔިތުންގެ ސިއްހަތަށް އަދުގެ ސަރުކާރުން ކުރާ ކަމަކަށް، ޖެއްސުން ކުރުމަކީ ރައްޔިތުންނަށް ދެވޭ ގެއްލުމެއް،“ – ސަމާހު ވިދާޅުވިއެވެ.

ސަމާހު ދެއްކެވި ވާހަކަތަކާ ގުޅިގެން ރުޅިގަނޑު ފަޅައިގެން ގޮސް ޒަހިއްޔާ ވަނީ ސަރުކާރުން ވިލިމާލޭގައި ތަރައްގީކުރާ ހޮސްޕިޓަލުގެ މަސައްކަތަށް ބޭނުންވާ ބިން ސަރުކާރަށް ދޭން ނުޖެހޭ ކަމަށާއި ސަބަބަކީ މި ސަރުކާރަށް އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދެވުން ކަމަށް ބުނެފައެވެ. ޒަހިއްޔާ މިހެން ބުނުމާއެކު، މާލޭސިޓީ ކައުންސިލްގެ އިހުތިޞާސްގައިވާ އެއްވެސް ބިމަކީ ޒަހިއްޔާގެ ތަރިކަމުދަލެއްނޫންކަން ރައްޔިތުން ހަނދާންކޮށްދިނެވެ. ޒަހިއްޔާ މިހެން ބުނެފައިވާއިރު ފާހަގަކޮށްލެވޭ ކަމަކީ މި ސަރުކާރަށް މިވީ ކުރު މުއްދަތުގެ ތެރޭގައި ޖުމުލަ 590 މަޝްރޫއުގެ އަމަލީ މަސައްކަތް އެއްކޮށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިނިވަން ދުވަހު ވިދާޅުވެފައެވެ.

ޒަހިއްޔާގެ ވާހަކަތައް ވިލިމާލެ ދާއިރާގެ އެމްޑީޕީ އާންމު މެންބަރުންވެސް ވަނީ ކުށްވެރިކޮށްފައި…

ވިލިމާލޭގައި ތަރައްގީކުރާ ހޮސްޕިޓަލުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ވަގުތީ ދެ ސައިޓެއް ހަމަޖައްސައިދިނުމަށް ހައުސިންގ މިނިސްޓްރީން ވަނީ ސިޓީ ކައުންސިލްގައި އެދިފައެވެ. ނަމަވެސް ހޮސްޕިޓަލުގެ ތަރައްގީކުރުމަށް ބޭނުންވާ ބިން ސަރުކާރަށް ހަވާލުކުރަން ފެންނަ ކަމަށް ވޯޓު ނުދޭނެ ކަމަށްއެމްޑީޕީގެ ކައުންސިލަރުން ވަނީ މިއަދުގެ ޖަލްސާގައި ބުނެފައެވެ. އަދި ވޯޓަށް އެހުމުންވެސް ބަލާ ދިރާސާކުރުމަށްކަމަށްބުނެ މިއަދުގެ ޖަލްސާގައި ސަރުކާރަށް ބިން ދިނުމުގައި ސަރުކާރަށް އަދި ވިލިމާލޭގެ ރައްޔިތުންނަށް ޖެއްސުންކުރަން އެމްޑީޕީ ކައުންސިލުން ނިންމިއެވެ. ވިލިމާލޭގެ ގިނަ ރައްޔިތުންބުނީ މިކަމުގެ ހިތި ވިލިމާލެއިން އެމްޑީޕީ ކައުންސިލަށް ފެންނާނެކަމަށެވެ.

އެމްޑީޕީ ސުޕަމެޖޯރިޓީ ކައުންސިލުން މާބޮޑު މަސައްކަތެއް ނުކުރާއިރުގައި، ސަރުކާރަށް ޖެއްސުންކުރުން އޮތީ ހައްދުފަހަނާ އަޅާފައެވެ. މިފަހުން މާލެ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްގީކުރުމަށް ބޭނުންވާ ބިން ހަވާލުކުރުމަށް ސަރުކާރުން ތަކުރާރުކޮށް އެދުމުންވެސް ސިޓީ ކައުންސިލުން ވަނީ ސަރުކާރަށް ބިން ހަވާލުނުކޮށް ހިފަހައްޓައިފައެވެ. މިކަމާ ގުޅިގެން މި ސަރުކާރުން ބުނެފައިވަނީ ވެޓް މާކެޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ކައުންސިލުން ނުދިން ނަމަވެސް އެ މަސައްކަތް ކުރާނެ ކަމަށެވެ. ސަރުކާރުން އެހެން ބުނެފައިވަނިކޮށް ކައުންސިލުން ވަނީ ވެޓް މާކެޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ސަރުކާރަށް ހަވާލުކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި