Wednesday, 19 August 2026
Ads by

ވާނުވާ ބަންދުގައި ތިބޭ މީހުން އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަނީ

ވާނުވާ ބަންދުގައި ތިބޭ މީހުން އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަނީ

މާފުށީ ޖަލުގަިއ ތިބި ގައިދީންތަކެއް---

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ގައުމަކަށް ރާއްޖެ ހެދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

Ad Image
Ads by

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ، އެކި މައްސަލަތަކުގައި ތަހުގީގަށް ހައްޔަރުކޮށް، ހުކުމެއް ކުރުމެއް ނެތި ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ގައުމަކަށް ރާއްޖެ ހެދުމަށްޓަކައި ކުރައްވަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.

ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ތިބޭ މީހުން ނުވަތަ ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވުމަކީ އެތައް ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ. ގިނަ ދުވަސްވީ މި މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވެސް ދެއްވައިފައެވެ. މީގެ އިތުރުން މި މައްސަލަ ހައްލުކުރުމަށް އަމަލީ ގޮތުން ގިނަ މަސައްކަތްތަކެއް މި ސަރުކާރުގައި ކުރެވިފައިވެއެވެ.

އެގޮތުން ޝަރުއީ ދާއިރާއަށް ސަރުކާރުތަކުން ފޯރުވަމުން އައި ނުފޫޒު ހުއްޓުމަކަށް ގެނައުން ހިމެނެއެވެ. ސަރުކާރުން މި މަސައްކަތްކޮށްފައިވަނި ޝަރުއީ ދާއިރާއަށް ވަކި ބަޖެޓެއް ކަނޑައަޅައިގެންނެވެ.

ރައީސް މުޢިއްޒު މީގެ ކުރިން ވަނީ، ވާނުވާ ބަންދުގައި އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ މީހުންގެ މައްސަލަތައް ވަކި ގޮތަކަށް ނިންމުމަށްޓަކައި ބަންޑާރަ ނައިބުގެ އޮފީހުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ބަންދުގައި ތިބޭ މީހުންގެ މައްސަލަތަކަށް އިންސާފުވެރި ހައްލެއް ހޯދައިދިނުމަށް މި ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއްދީގެން މަސައްކަތް ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ އެކި ފަހަރުގެ މަތިން ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
health
ޤައުމީ ޓީމުތަކުން ޖާގަ ލިބޭނީ ދުންފަތާ ދުރު އެތުލީޓުންނަށް: ކެބިނެޓް
big_eNcA8TOwMsNHlJFyKHVGwzSIG
ވާނުވާ ބަންދުގައި ތިބޭ މީހުން އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަނީ
janab_ibrahimmohamed2
ރާއްޖެޓީވީން ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދެންޖެހޭ: ޖަނާބު
Screenshot
ވެންޓިލޭޓަރުން ވައްކަންކުރި ވާހަކަ ދެއްކުމުން އެމްޑީޕީ ކައުންސިލަރުން ރުޅިގަދަވެ، ވިލިމާލެ ހޮސްޕިޓަލު މަސައްކަތަށް ހުރަސް އަޅައިފި
Ads by
މަގުބޫލު
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
Screenshot 2026-08-18 190318
ސިނަމާލެ ބުރިޖުގައި ބަހަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
Screenshot 2026-08-18 190318
ސިނަމާލެ ބުރިޖުގައި ބަހަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި