ސިނަމާލެ ބުރިޖުގައި ބަހަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ސިނަމާލެ ބުރިޖު މަތިން ދަތުރުކުރަމުންދިޔަ އެމްޓީސީސީގެ ބަހަކާއި ކާރެއް ޖެހިގެންނެވެ. ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަގޮތުގައި ބަހަށާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ފެނުމަށް ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އެކްސިޑެންޓްގައި އެއްވެސް މީހަކަށް ބޮޑު އަނިޔަލެއް ލިބުނުކަން އަދި ސާފެއް ނުވެއެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބަހުގެ ކައިރިން އަވަހަށް ކުރިއަށް އަރަށް ކާރު މަސައްކަތް ކުރުމުގެ ސަބަބުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް ފުލުހުން އަދި މިކަން ކަށަވަރުކޮށްދީފައެއް ނުދެއެވެ.
ފަހަކަށްއައިސް ސިނަމާލެ ބުރިޖާއި ހައިވޭގައި ހިނގާ އެކްސިޑެންޓްތަކުގެ އަދަދު ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުން އަންނަކަން ފާހަގަކޮށްލަންޖެހެއެވެ.













