Wednesday, 19 August 2026
Ads by

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ބީއެމްއެލްއިން މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ބީއެމްއެލްއިން މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި

ކުރި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލްއިން ބޭއްވި މައުލޫމާތު ދިނުމުގެ ސެޝަނުގެ ތެރެއިން--- ފޮޓޯ: ބީއެމްއެލް

މާލެ ސަރަހައްދުގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މައުލޫމާތު ދިނުމުގެ ހާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.

Ad Image
Ads by

މި ބައްދަލުވުމަކީ ވިޔަފާރިވެރިން ބާރުވެރިކުރުވައި، ބޭންކުގެ އުފެއްދުންތަކަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ވިޔަފާރިތަކަށް ބޭނުންވާ މުހިންމު ބޭންކިންގ ހިދުމަތްތަކާ ގުޅޭގޮތުން އަމަލީ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އޭގެ ތެރޭގައި ވިޔަފާރި އެކައުންޓްތަކާއި، ބިޒްނަސް ކާޑުތަކުގެ އިތުރުން މާޗަންޓް ޕޭމަންޓް ޓޫލްސްތަކާ ބެހޭ މައުލޫމާތު ބައިވެރިންނަށް ވަނީ ދީފައެވެ. އަދި ޑިޖިޓަލް ޕޭމަންޓްތަކަށް ހާއްސަ ”އަލިޕޭ+“ ފަދަ ޒަމާނީ ހިދުމަތްތައް ބޭނުންކުރާނެ ގޮތްތަކުގެ ލައިވް ޑެމޮންސްޓްރޭޝަންތައް ވެސް މި ބައްދަލުވުމުގައި ދައްކާލާފައިވެއެވެ.

ބީއެމްއެލްއިން ހާމަކުރި ގޮތުގައި، މި ސެޝަނުގެ މައިގަނޑު މަގުސަދަކީ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ބޭންކިންގ އުފެއްދުންތަކަށް ވިޔަފާރިވެރިންގެ ލޯހުޅުވައިދިނުމެވެ. އަދި އެފަދަ ހިދުމަތްތައް ފަސޭހަކަމާއެކު ލިބިގަނެވޭނެ މަގު ފަހިކޮށްދިނުމަކީ ވެސް ބީއެމްއެލްގެ އަމާޒެއް ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

މި ބައްދަލުވުމަކީ މާލެ ސަރަހައްދުގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، ވިޔަފާރިތައް އިތުރަށް ހަރުދަނާކުރުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވި މުހިންމު ބައްދަލުވުމެކެވެ. ބީއެމްއެލްއަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއް ބޭންކުކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން މިފަދަ ބައްދަލުވުންތަކާއި މައުލޫމާތު ސެޝަންތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ ބޭންކުން ބާއްވަމުންދެއެވެ.

މި ސެޝަނުގެ ސަބަބުން ވިޔަފާރިތަކުގެ މާލީ މުއާމަލާތްތައް އިތުރަށް ހަރުދަނާވެ، ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
health
ޤައުމީ ޓީމުތަކުން ޖާގަ ލިބޭނީ ދުންފަތާ ދުރު އެތުލީޓުންނަށް: ކެބިނެޓް
big_eNcA8TOwMsNHlJFyKHVGwzSIG
ވާނުވާ ބަންދުގައި ތިބޭ މީހުން އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަނީ
janab_ibrahimmohamed2
ރާއްޖެޓީވީން ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދެންޖެހޭ: ޖަނާބު
Screenshot
ވެންޓިލޭޓަރުން ވައްކަންކުރި ވާހަކަ ދެއްކުމުން އެމްޑީޕީ ކައުންސިލަރުން ރުޅިގަދަވެ، ވިލިމާލެ ހޮސްޕިޓަލު މަސައްކަތަށް ހުރަސް އަޅައިފި
Ads by
މަގުބޫލު
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
Screenshot 2026-08-18 190318
ސިނަމާލެ ބުރިޖުގައި ބަހަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
Screenshot 2026-08-18 190318
ސިނަމާލެ ބުރިޖުގައި ބަހަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި