Wednesday, 9 September 2026
Ads by

ކުރީ ސަރުކާރުން ކުންފުނިތަކަށް 18،053 މުވައްޒަފުން ނެގި، މި ސަރުކާރުން ނެގީ 4،938 މުވައްޒަފުން!

ކުރީ ސަރުކާރުން ކުންފުނިތަކަށް 18،053 މުވައްޒަފުން ނެގި، މި ސަރުކާރުން ނެގީ 4،938 މުވައްޒަފުން!

ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނިމިދޔަ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 18،053 މުވައްޒަފުން ނަގާފައިވާ ކަމަށާއި ނަމަވެސް މި ސަރުކާރުން ކުންފުނިތަކަށް ނެގި މުވައްޒަފުންގެ އަދަދަކީ 4،938 ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވަނީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެކި ދުވަސްވަރު ކުންފުނިތަކަށް ނެގި މުވައްޒަފުންގެ އަދަދުތައް ހާމަކުރައްވައިފައެވެ. އެގޮތުން 2018 ވަނަ އަހަރު ކުންފުނިތަކުގައި 18،676 މުވައްޒަފުން ތިބި ކަމަށާއި، ނަމަވެސް 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާއި ހަމައަށް އެ އަދަދު 100 އިންސައްތަ އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ޒަރީރު ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 36،729 މުވައްޒަފުން ތިބި ކަމަށެވެ. އަދި 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް މި ސަރުކާރުން ކުންފުނިތަކަށް ނަގާފައިވާ 4،938 މުވައްޒަފުންނާ އެކު މިހާރު ތިބި މުވައްޒަފުންގެ ޖުމުލަ އަދަދަކީ 41،667 ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”މިދިޔަ މަހުގެ ނިޔަލަށް މުވައްޒަފުން ތިބި އަދަދަކީ 41،667، އެހެންވީމާ 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް ވެއްދިފައިވާ މުވައްޒަފުންގެ އަދަދަކީ 4،938 މުވައްޒަފުން، މިއީ 13 ޕަސެންޓުގެ އިންކްރިމެންޓެއް،“ – މިނިސްޓަރު ޒަރީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގެ އިގުތިސޯދު ހަރުދަނާ ކުރަން ބޭނުން ނަމަ، މުވައްޒަފުންގެ އަދަދު މަދުކުރުމަށް ކުންފުނިތައް ރައިޓް ސައިޒްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ސިޔާސީ ފިކުރަށް ބަލައިގެން މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދުދެއްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތައް ރައިޓް ސައިޒް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު އެއްވެސް މުވައްޒަފެއްގެ ސިޔާސީ ފިކުރަށް ނުވަތަ ކުލައަކަށް ނުބަލާނެ ކަމަށާއި، އެ މަސައްކަތް ކުރިއަށްގެންދާނީ އިންސާފުވެރިކަމާއެކުގައި ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ޕީސީބީން ވަނީ އަންގައިފައެވެ. އަދި އެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވެސް ކުންފުނިތަކަށް އަންގާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
1 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
އާދަމް
އާދަމް
21 ދުވަސް ކުރިން

ކުރީ ސަރުކާރުން އެވަރަށް މުއައްޒަފުން ނަގައިފަ އޮއްވަ މިސަރކާރުން 4ހާހަށްވުރެވިނަ މުއައްޒަފު ނެގީ ކީއްވެ ކުންފުނި ތަކަކީ އަންނަ ކޮންމެ ސަރުކާރަކުން މީހުން ނަގަން އޮތްތަނެއްތަ

Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި