Sunday, 6 September 2026
Ads by

ކޯޓުތަކުގެ ނިންމުންތައް ފަސޭހައިން ބެލޭ ވެބްސައިޓް ”ސަރިޔަތް“ ލޯންޗްކޮށްފި

ކޯޓުތަކުގެ ނިންމުންތައް ފަސޭހައިން ބެލޭ ވެބްސައިޓް ”ސަރިޔަތް“ ލޯންޗްކޮށްފި

ހައިކޯޓު--- ފޮޓޯ: އެކި އެމްވީ

ރާއްޖޭގެ ކޯޓުތަކުގެ ނިންމުންތައް އެއް ޕްލެޓްފޯމަކުން ފަސޭހައިން ބަލާލެވޭގޮތަށް ފަރުމާކޮށްފައިވާ ހާއްސަ ވެބްސައިޓު ”ސަރިޔަތް“ ލޯންޗްކޮށްފިއެވެ.

Ad Image
Ads by

މި ވެބްސައިޓަކީ ހައި ކޯޓުގެ ފަނޑިޔާރު ޢަބްދުލްމާނިއު ހުސައިން ފަރުމާކުރައްވާފައިވާ ވެބްސައިޓެކެވެ. މި ވެބްސައިޓުން ހައި ކޯޓާއި ސުޕްރީމް ކޯޓުގެ 6،000 އެއްހާ ނިންމުން މިހާރު ވެސް ފެންނަން އެބަހުއްޓެވެ. މި ވެބްސައިޓުގައި ވަކި ހާދިސާއެއް ސާޗް ކުރުމުން އެކަމާ ގުޅޭ ނިންމުންތަކާ ގުޅޭ މައުލޫމާތު ހޯދާލެވޭނެއެވެ.

ހަމައެހެންމެ، މަތީ ކޯޓުތަކުގެ ވަކިވަކި ފަނޑިޔާރުންނަށް އަމާޒުކޮށްގެން، އެ ފަނޑިޔާރުން ނިންމަވާފައިވާ ނިންމެވުންތައް ވެސް ވަކިން މި ވެބްސައިޓުން ބަލައިލެވޭނެއެވެ. އަދި ކޮންމެ މައްސަލައެއް ނިންމުގައި އެ މައްސަލައެއްގައި ކަނޑައަޅާފައިވާ ގާނޫނީ އުސޫލުތައް ކުރުކޮށް ފެންނަން ހުންނައިރު މައްސަލަތަކުގެ ބާވަތްތަކާއި ގާނޫނީ އުސޫލުތަކާއި ކޯޓުތަކުގެ ނިސްބަތުން ވެސް ވަކިވަކިން ނިންމުންތައް ބެލެން ހުންނާނެއެވެ.

މި ވެބްސައިޓުގައި މި ވަގުތު ފެންނަން ހުރީ ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ނިންމުންތައް އެކަނި ނަމަވެސް ވަރަށް އަވަސް މުސްތަގުބަލެއްގައި ދަށު ކޯޓުތަކުގެ ނިންމުންތައް ވެސް ޝާއިއު ކުރެވިގެންދާނެއެވެ.

މި ވެބްސައިޓްގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައިގެ އެހީގައި ސުވާލެއް ކުރުމުން ނުވަތަ ހާދިސާއެއް ބުނެދިނުމުން، އެކަމަކާ ގުޅޭ ގާނޫނީ އުސޫލުތައް ޑޭޓާބޭސްއިން ހޯދައިދީ ކިޔައިދިނުމުގެ ގާބިލުކަން ލިބިގެންވުމެވެ. ހަމައެހެންމެ ޑޮކިއުމަންޓް އަޕްލޯޑްކޮށްގެން ދިރާސާކުރުމުގެ އިތުރުން އޭއައިގެ އެހީގައި ގާނޫނީ ޑްރާފްޓިންގ ވެސް މި ވެބްސައިޓުން ހެދޭނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_20260906_140507
ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
police
ހުޅުމާލެ ފޭސް2 ނިރޮޅުމަގުގައި ދެސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފި
20260905_234742
ޔޫކްރެއިންގެ ސުލްޙައިގެ އައު ހުށަހެޅުމާއެކު ޓްރަމްޕްގެ ޚާއްޞަ މަންދޫބުން ރަޝިޔާ އަށާއި ޔޫކްރޭނަށް ފޮނުވައިފި
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
shuja pnc
4 ވަޒީރެއްގެ ފަރާތުން ޔާމީނަށް ހާއްސަ މެސެޖުތަކެއް، މެސެޖު ރައްދުކޮށްދެއްވަން ވަޑައިގަތީ ޝުޖާ!
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
00be6452-011d-4fdc-9e04-8659e747329d
ލޮލުގެ ކޮއި ވަކިވެ ދިޔައީއެވެ! ކެތްތެރިވާށެވެ.
shuja pnc
4 ވަޒީރެއްގެ ފަރާތުން ޔާމީނަށް ހާއްސަ މެސެޖުތަކެއް، މެސެޖު ރައްދުކޮށްދެއްވަން ވަޑައިގަތީ ޝުޖާ!