Wednesday, 9 September 2026
Ads by

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަސް ދިރާގުން ކުލަ ގަދަކޮށް ފާހަގަކޮށްފި

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަސް ދިރާގުން ކުލަ ގަދަކޮށް ފާހަގަކޮށްފި

ޓެލެކޮމިއުނިކޭޝަން ދުވަސް ފާހަގަކުރަން ހާއްސަ ޕެނަލް ޑިސްކަޝަނެއް ދިރާގުން ވަނީ ބާއްވާފައި - ފޮޓޯ:ދިރާގު

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ސޮސައިޓީ ދުވަސް ފާހަގަ ކުރުމަށް ދިރާގުން ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

Ad Image
Ads by

ގައުމީ ޔުނިވާސިޓީގައި ދިރާގުން ބޭއްވި ރަސްމިއްޔާތުގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އެ ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

”ޑިޖިޓަލް އިނޮވޭޝަން ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް“ އާ ބެހޭ ގޮތުން ބޭއްވި އެ ޕެނަލް ޑިސްކަޝަންގައި ޓެލެކޮމިއުނިކޭޝަން ދާއިރާ ކުރިއަށް ގެންދިއުމުގައި ދެމެހެއްޓެނިވި ގޮތްތައް ބޭނުން ކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.

”ޑިޖިޓަލް އިނޮވޭޝަންގެ ބޭނުންކޮށްގެން މުޖުތަމައަށް ހެޔޮ ބަދަލުތަކެއް ގެންނަން އަޅުގަނޑުމެން ބޭނުންވޭ. ކުރިއަށް އޮތް ތަނުގައި ޑިޖިޓަލް އިންފްރާސްޓްރަކްޗާ، ޕްލެޓްފޯމްތައް އިތުރުކޮށްގެން މުޖުތަމައަށް ބޭނުންވާ ޑިޖިޓަލް ވަސީލަތްތައް ގާއިމުކުރާނަން،“ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

ކޭމްގެ ޗީފް އެގްޒެކެޓިވް ވަނީ ޓެލެކޮމިއުނިކޭޝަން ދާއިރާ ފުޅާ ކުރުމަށް ޒުވާނުންގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އީޖާދީ ހިޔާލުތައް އެއްވެސް ޖެހިލުމެއް ނެތި ހާމަކުރުމަށް އޭނާ ވަނީ ބާރުއަޅުއްވާފައެވެ.

ދެމެހެއްޓެނިވި ތަރައްގީ ކަށަވަރު ކުރުމަށް ޑިޖިޓަލް އިނޮވޭޝަންގެ މުހިންމުކަމާއި އީޖާދީ ގޮތްތައް ބޭނުންކޮށްގެން ސަރުކާރާއި ވިޔަފާރިތަކާއި މުޅި މުޖުތަމައަށް އަންނާނެ ހެޔޮ ބަދަލުތަކުގެ ވާހަކަތައް ޕެނަލް ޑިސްކަޝަންގައި ވަނީ ހިއްސާކޮށްފައެވެ.

އެ ޑިސްކަޝަންގައި ޕެނަލިސްޓުންގެ ގޮތުގައި ދިރާގުގެ ހެޑް އޮފް ސައިބާ ސެކިއުރިޓީ އިސްމާއިލް ފާއިޒާއި ހެޑް އޮފް ސޮލިއުޝަންސް އައިޝަތު ނަޔާޝީން އަހުމަދުގެ އިތުރުން ޔޫއެންޑީޕީގެ ލީގަލް ކައުންސެލް އަދި ދިރާގު ސަސްޓެއިނަބިލިޓީ މެނޭޖަރު ހައްވާ ރީނާ ބަައިވެރިވެވަޑައިގެންނެވިއެވެ.

ދިރާގުން ބުނި ގޮތުގައި މި ޑިސްކަޝަންގެ މަގުސަދަކީ ޓެކްނޮލޮޖީ ދާއިރާގެ އިލްމަށް ހިއްސާކޮށް، އަންނަން އޮތް ޖީލުތަކަށް ޑިޖިޓަލް ވަސީލަތްތަކުގެ މުހިންމު ކަމާއި ބޭނުންތެރިކަން ކިޔައިދިނުން ކަމުގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި