Monday, 17 August 2026
Ads by

ރިޕީޓުކޮށް އެއްކަމެއްގައި މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް ފާސްކޮށްފި

ރިޕީޓުކޮށް އެއްކަމެއްގައި މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަންތަކާ ގުޅޭގޮތުން މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރެއިން، އެއް މައްސަލައެއްގައި ތަކުރާރުކޮށް ޕެޓިޝަން ހުށަހެޅުން މަނާކުރާ މާއްދާ އުނިކުރަން މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

Ad Image
Ads by

މި އިސްލާހު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ.

މަޖިލިސް ގަވާއިދުގެ 257 ވަނަ މާއްދާގެ ޅ ގައި ބަޔާންކޮށްފައިވާގޮތުން، މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިއަށްގެންދާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލާފައިވާ ފިޔަވަޅެއް އަލުން އެޅުމަށް އެހެން ޕެޓިޝަނެއްގައި ހިމެނިގެން ނުވާނެއެވެ.

މި މައްސަލަ މަޖިލިސް ތަޅުމުގައި އިއުލާނު ކުރުމަށްފަހު ދިރާސާކުރުމަށް ދާއިމީ ކޮމިޓީއަށް ފޮނުވުމާ ގުޅިގެން ކޮމިޓީން ވަނީ އެ މާއްދާ އުނިކުރަން ފާސްކޮށްފައެވެ.

ކޮމިޓީ ބައްދަލުވުމުގައި އެ މާއްދާ އުނިކުރުމަށްފަހު އެ އަކުރަށްފަހު ހިމެނޭ އެހެން އަކުރުތައް ތަރުތީބު ކުރުމަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވައި، އެ ހުށަހެޅުމަށް އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއު ވަނީ ތާއީދު ކުރައްވާފައެވެ.

ކޮމިޓީގައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ނުވަ މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓާއެކު މި އިސްލާހު ވަނީ ފާސްވެފައެވެ. މި ހުށަހެޅުން ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

މި އިސްލާހު ގެނެސްފައި މިވަނީ ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންބިން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދިނުމަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން އެކި ފަރާތްތަކުން ޕެޓިޝަން ހުށަހަޅަމުންދާ ދަނޑިވަޅެއްގައެވެ.

މީގެ ކުރިން އޮތްގޮތުންނަމަ އެއް މައްސަލައަކަށް ވާތީ ދެވަނަ ޕެޓިޝަނެއް މަޖިލީހަށް ނުވެއްދުނީހެވެ. ނަމަވެސް މި ގެނެވުނު ބަދަލާއެކު، އެ ބިލް ފާސްކުރަން ގޮވާލާ ހުށަހަޅާ ޕެޓިޝަންވެސް ސޮއި ހަމަވުމުން މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260817_143840
އެމެރިކާ ސިފައިންގެ މީހަކު މަރާލުން ނުވަތަ އަތުލައިގަތުމުން 30,000 ޑޮލަރުގެ އިނާމެއް ލިބޭނެކަމަށް އީރާނުން ޢިއުލާންކޮށްފި
big_fVfDxXp4V0e0wSZmk00DFjMV0
ވާރލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ އޭވިއޭޝަން ޕާޓްނަރަކަށް އެމްއޭސީއެލް
Dr
ސްޓޭޓް ފާމާގެ ހިދުމަތްތައް ފުޅާކުރަން އިތުރު ފާމަސިސްޓުން ބޭނުންވޭ: ޑރ ޝާހު
majlis
ރިޕީޓުކޮށް އެއްކަމެއްގައި މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް ފާސްކޮށްފި
Ads by
މަގުބޫލު
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި
Screenshot 2026-08-12 at 00.11
އުފަންވިތާ ތިން ދުވަސްވީ ކުއްޖަކު ދައުލަތަށް ނެގީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް: މިނިސްޓްރީ