Sunday, 25 October 2026
Ads by

ސްޓޭޓް ފާމާގެ ހިދުމަތްތައް ފުޅާކުރަން އިތުރު ފާމަސިސްޓުން ބޭނުންވޭ: ޑރ ޝާހު

ސްޓޭޓް ފާމާގެ ހިދުމަތްތައް ފުޅާކުރަން އިތުރު ފާމަސިސްޓުން ބޭނުންވޭ: ޑރ ޝާހު

ސްޓޭޓް ފާމާގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޝާހު މާހިރު--- ފޮޓޯ: ޕީއެސްއެމް

ސްޓޭޓް ފާމާގެ ހިދުމަތްތައް މިހާރަށްވުރެ ބޮޑަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި އިތުރު ފާމަސިސްޓުން ބޭނުންވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ. ޑރ. ޝާހް ވިދާޅުވީ ކުންފުނީގެ ހިދުމަތްތައް ފުޅާކުރަން އަދިވެސް 100 އެއްހައި ފާމަސިސްޓުން ބޭނުންވާ ކަމަށެވެ.

Ad Image
Ads by

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ. ޝާހް ވަނީ، ބޭސް ދޫކުރުމަށް އެ ކުންފުނީގެ ފާމަސީތަކުގައި ތިބި ފާމަސިސްޓުންގެ އަދަދު މަދުކަން ފާހަގަކުރައްވައިފައެވެ. އޭނާ ވިދާޅުވީ، ފާމަސިސްޓުން ހޯދުމަށް އިއުލާނުކުރި ނަމަވެސް މާބޮޑު ތަރުހީބެއް އެކަމަށް ލިބިފައިނުވާތީ ރާއްޖެއިން ބޭރުން ފާމަސިސްޓުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދިވެހި ފާމަސިސްޓުން ތަމްރީނުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި އެގޮތުން ރާއްޖޭގައި ހުރި ކޮލެޖް ޔުނިވަރސިޓީތަކާ ގުޅިގެން މި މަސައްކަތް ކުރުން ހިމެނޭކަން ޑރ. ޝާހް ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ ދަށުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއެކު އެއްބަސްވުމެއް އެކުލަވާލުމަށް ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

”ކިހިނެތްތޯ އެކުދިންގެ ޝައުގުވެރިކަން މިކަމަށް ޖައްސާނީ. ކޯސް ނިމުނީމަ ވަޒީފާގެ ޔަގީންކަން ދިނުމާއި ތަމްރީން ވަމުންދާއިރު އަޅުގަނޑުމެންނާއެކު މަސައްކަތް ކުރެވޭނީ ކިހިނަކުންތޯއާ އިތުރަށް މިހާރު ތިބި ސްޓާފުންނަށް ތަމްރީން ދޭނެ ގޮތްތަކާ ގުޅެގޮތުން ވާހަކަދައްކަފާއި. މިފަދަ ތަމްރީން ދެ އިތުރު ތަންތަނާވެސް ބައްދަލުކުރާނެ.“ – ޑރ. ޝާހް މާހިރު ވިދާޅުވިއެވެ.

ޑރ. ޝާހް އިތުރަށް ވިދާޅުވީ ބޭސް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގައި ފާމަސިސްޓުންނާއި ކްލިނިކަލް ފާމަސިސްޓުންގެ އިތުރުން ޑޮކްޓަރުންގެ ވެސް އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި ފާމަސިސްޓުންނަަށް މިހާރު ދެމުންދާ މުސާރަ ވެސް އިތުރަށް ރިވިއުކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ސްޓޭޓް ފާމާއަކީ ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން އަލަށް އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނިން މިހާރު ދަނީ ރާއްޖޭގައި 193 ފާމަސީއެއް ހިންގަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-24T174313
އޭޝިއަން ކަޕަށް ތައްޔާރުވާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ކޭމްޕް ކުރުމަށް ރާއްޖެ އަންނަނީ
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި