Monday, 17 August 2026
Ads by

އައްޑުއާއި މާލޭގެ ޑަބްލިއުޑީސީ ރައީސާއިންގެ ތާއީދު ޝާހިދަށް!

އައްޑުއާއި މާލޭގެ ޑަބްލިއުޑީސީ ރައީސާއިންގެ ތާއީދު ޝާހިދަށް!

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާނު ކުރައްވާފައިވާ އެ ޕާޓީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދަށް، ރާއްޖޭގެ އެންމެ ބޮޑު ދެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއިންގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވައިފިއެވެ.

Ad Image
Ads by

މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޢާއިޝަތު ރީޝާ އަދި އައްޑޫ ސިޓީގެ އެ ކޮމިޓީގެ ރައީސާ ފާތިމަތު ހިޖުރާ ވަނީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޝާހިދަށް ފުރިހަމައަށް ތާއީދުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މި ދެ ބޭފުޅުންގެ އިތުރުން މާލެއާއި އައްޑޫ ސިޓީ ކައުންސިލްގެ ބައެއް މެންބަރުން ވެސް ވަނީ ޝާހިދަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.

މި ތާއީދު ހާމަކުރައްވާފައިވަނީ ޝާހިދު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅަކާ ދިމާކޮށެވެ. އޭނާ ވަނީ މިދިޔަ ހުކުރު ދުވަހު އައްޑޫ ސިޓީއަށް ވަޑައިގެން، އެ ސިޓީގެ އެމްޑީޕީގެ އިސް ފަރާތްތަކާއި، ކައުންސިލަރުންގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ.

އަންނަ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ އެމްޑީޕީ ޓިކެޓް ހޯއްދެވުމަށް ޝާހިދު ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމާ ގުޅިގެން ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ދަނީ އޭނާއަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7950
ސާކް-އޭއޭގެ ރައީސްކަމަށް ޑރ. އަސަދު މުޙައްމަދު ޝަހީދު އިންތިޚާބްވެވަޑައިގެންފި
Screenshot 2026-08-17 at 09.03
އައްޑުއާއި މާލޭގެ ޑަބްލިއުޑީސީ ރައީސާއިންގެ ތާއީދު ޝާހިދަށް!
Screenshot
ފަރެސްމާތޮޑާގެ ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި
FB_IMG_1786935563009
ވިލިމާލެ ޑިންގީ ޖެޓީ ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
Ads by
މަގުބޫލު
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި
Screenshot 2026-08-12 at 00.11
އުފަންވިތާ ތިން ދުވަސްވީ ކުއްޖަކު ދައުލަތަށް ނެގީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް: މިނިސްޓްރީ