Saturday, 17 October 2026
Ads by

ޖުލައި މަހުގެ ނިޔަލަށް އެންމެ ދެމަސްތެރޭ އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގި ނަފްރަތުގެ ޖަރީމާތަކުގައި 25 މީހުން ޝަހީދުކޮށްލައިފި

ޖުލައި މަހުގެ ނިޔަލަށް އެންމެ ދެމަސްތެރޭ އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގި ނަފްރަތުގެ ޖަރީމާތަކުގައި 25 މީހުން ޝަހީދުކޮށްލައިފި

އިންޑިއާގައި މުސްލިމު މަދު އާބާދީތަކާ ދެކޮޅަށް ހިންދޫ ހަރުކަށި ފިކުރު ބޮޑު އާބާދީތަކުން ހިންގާ ނަފްރަތާއި އަނިޔާވެރިކަމުގެ ޢަމަލުތައް ރަމްޒުކޮށްދޭ ޑޯން އަދި ދަ ކުއިންޓް ނޫސްތަކުން ހަދާފައިވާ ކަވަރ ފޮޓޯތަކުގެ ކޮލާޖެއް

ސައުތު އޭޝިއާ ޖަސްޓިސް ކޭމްޕޭން (އެސްއޭޖޭސީ) ގެ އިންޑިއާ ޕާސެކިއުޝަން ޓްރެކަރ ގެ އެންމެ ފަހުގެ ރިޕޯޓުން ދައްކާގޮތުގައި، 2026 ވަނަ އަހަރުގެ މެއި 1 އިން ޖުލައި 31 ގެ ނިޔަލަށް އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގި އަނިޔާވެރި ޓެރަރިޒަމްގެ ޖަރީމާތަކުގައި މަދުވެގެން 25 މުސްލިމުން ވަނީ ޝަހީދުކޮށްލާފައެވެ. މި ރިޕޯޓުގައިވާ ގޮތުން، 2026 ވަނަ އަހަރަކީ 2022 ގައި މި ޓްރެކަރ އުފެއްދި ފަހުން އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް އެންމެ ގިނައިން ޤަތުލުޢާންމުތަކާއި ނަފްރަތުގެ ޖަރީމާތައް ހިންގި އަހަރަށް ވެގެންދާނެއެވެ.

Ad Image
Ads by

ދައުލަތުގެ ބާރުތަކުން ދިން ޙަމަލާތައް (15 ޝަހީދުން)

ރިޕޯޓުކުރެވުނު 25 މަރުގެ ތެރެއިން 15 މީހުން ޝަހީދުކޮށްލާފައިވަނީ ފުލުހުންނާއި ސަލާމަތީ ބާރުތަކުން ހިންގި ”އެންކައުންޓަރ“ (ނަކަލީ ގޮތުން ރާވައިގެން މެރުން) ޙަމަލާތަކުގަ އާއި، ބަންދުގައި ބައިތިއްބައިގެން ދިން އަނިޔާތަކުގައެވެ. މިފަދަ ޢަމަލުތައް އެންމެ ގިނައިން ހިންގާފައިވަނީ އުއްތަރަ ޕްރަދޭޝް، އަސާމް، ކަޝްމީރު އަދި ވެސްޓް ބެންގާލްގައެވެ.

ހިންދޫ ހަރުކަށި ޖަމާޢަތްތަކުގެ ޙަމަލާތައް (10 ޝަހީދުން)

ހިންދޫ ހަރުކަށި ޖަމާޢަތްތަކުންނާއި ގޭންގުތަކުން ދިން ޓެރަރިސްޓު ޙަމަލާތަކުގައި 10 މުސްލިމުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި 11 އަހަރުގެ ކުޑަކުއްޖަކާއި 16 އަހަރުގެ ކުއްޖަކުވެސް ހިމެނެއެވެ.

މީގެ އިތުރުން، ފާއިތުވި ތިން މަސްދުވަހު 23 އަށްވުރެ ގިނަ މިސްކިތާއި، 1,000 އަށްވުރެ ގިނަ މުސްލިމުންގެ ގެދޮރާއި ވިޔަފާރިތައް ވަނީ ސަރުކާރުން ބުލްޑޯޒަރު ބޭނުންކޮށްގެން ތަޅާލައި، ބިމާ ހަމަކޮށްލާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި