Monday, 17 August 2026
Ads by

ޓެކްސީ އެޕް ހެކުކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެމްޓީސީސީން ދޮގުކޮށްފި

ޓެކްސީ އެޕް ހެކުކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެމްޓީސީސީން ދޮގުކޮށްފި

މާލޭ ޓެކްސީލައިންގެ ކާރެއް---

މާލެ ޓެކްސީ ލައިން އެޕްލިކޭޝަން ބޭރުގެ އެއްވެސް ފަރާތަކުން ހެކްކޮށްފައި ނުވާ ކަމަށާއި، އެޕްލިކޭޝަންގައި ހުރި މައުލޫމާތުތަކަށް ބަދަލުގެނެސް އެ މަޢުލޫމާތު ލީކުކޮށްލާފައިވަނީ ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފަކު ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

Ad Image
Ads by

މި މައްސަލައާ ގުޅިގެން އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެޕުގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައިވާ މައުލޫމާތުތަކަށް ބަދަލު ގެނައުމަށްފަހު، އެ މައުލޫމާތުތަކުގެ ސްކްރީންޝޮޓް ނަގައި އާންމުކޮށްފައިވަނީ އެ ކުންފުނީގެ މުވައްޒަފެއްކަން އެތެރޭގެ ތަހުގީގުން ވަނީ ކަށަވަރުކުރެވިފައިވާ ކަމަށެވެ. އޭނާގެ މި އަމަލަކީ ކުންފުނީގެ އެއްވެސް ހުއްދައެއް ނެތި، އަމިއްލަ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ބޭނުމުގައި ކޮށްފައިވާ ކަމެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

މި ބަދަލުތައް ކުންފުނީގެ އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ޓީމުގެ ސަމާލުކަމަށް އައުމާއެކު، ވަގުތުން ފިޔަވަޅު އަޅައި ސިސްޓަމް ނިއްވާލުމަށްފަހު ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނެވުނު ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ކުންފުނީގެ ސާވަރ އާއި މާލެ ޓެކްސީ ލައިންގެ ބެކްއެންޑް ސިސްޓަމް ރޭގެ 23:30 ހާއިރު ރައްކާތެރިކަމާއެކު އަލުން ރީސްޓޯރކޮށް، ސަލާމަތީ ކަންކަން ކަށަވަރުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ، މިއީ ބޭރުގެ ފަރާތަކުން އެޕްލިކޭޝަންގެ ފަޔަރވޯލްއަށް ހަމަލާއެއްދީގެން ހިންގާފައިވާ ހެކުކުރުމުގެ އަމަލެއް ނޫން ކަމަށެވެ. މިކަމާ ގުޅިގެން ކަސްޓަމަރުންނަށް ޓެކްސީ ލައިންގެ ހިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެމްޓީސީސީން ވަނީ ދީފައެވެ.

މިކަން ކުރި މުވައްޒަފު ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާކަން ހާމަކުރަމުން އެމްޓީސީސީން ބުނެފައިވަނީ ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތަކުގެ ދަށުން، އެ މުވައްޒަފާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

އެމްޓީސީސީން އިތުރަށް ބުނެފައިވަނީ މިފަދަ އަމަލުތަކުގެ މައިގަނޑު ބޭނުމަކީ، އެތައް އަހަރެއްގެ ބުރަ މަސައްކަތުން ކުންފުނިން ހޯދާފައިވާ ރައްޔިތުންގެ އިތުބާރާއި ރީތި ނަން ކިލަނބުކޮށްލުން ކަމަށެވެ. ނަމަވެސް ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ރައްކާތެރިކުރުމުގައި އެ ކުންފުނިން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމްޓީސީސީން ވަނީ އަރުވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260816_224222
ޖުލައި މަހުގެ ނިޔަލަށް އެންމެ ދެމަސްތެރޭ އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގި ނަފްރަތުގެ ޖަރީމާތަކުގައި 25 މީހުން ޝަހީދުކޮށްލައިފި
20260816_150158
ތެޔޮ ބޯޓުތަކަށް ދެމުންދާ ޙަމަލާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުކުރުން ހުއްޓުމަކަށް އަތުވެއްޖެ
20260816_180545
ދެކުނު ލުބުނާނަށް އިޒްރޭލުން ދިން ހަމަލާތަކެއްގައި ކުޑަކުދީންނާއި އަންހެނުން ހިމެނޭހެން 11 މީހުން ޤަތުލުކޮށްލައިފި
shameem
ޑީޖޭއޭގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އާދަމް ޝަމީމް
Ads by
މަގުބޫލު
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި
Screenshot 2026-08-12 at 00.11
އުފަންވިތާ ތިން ދުވަސްވީ ކުއްޖަކު ދައުލަތަށް ނެގީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް: މިނިސްޓްރީ
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި
Screenshot 2026-08-12 at 00.11
އުފަންވިތާ ތިން ދުވަސްވީ ކުއްޖަކު ދައުލަތަށް ނެގީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް: މިނިސްޓްރީ