Saturday, 24 October 2026
Ads by

ޔޫކްރޭނުން ރަޝިއާގެ ސަމާރާގައިވާ ރޮކެޓް ކާރުޚާނާއަކަށް ދުރު ރާސްތާގެ ’ފްލެމިންގޯ‘ މިސައިލް ޙަމަލާއެއް ދީފި

ޔޫކްރޭނުން ރަޝިއާގެ ސަމާރާގައިވާ ރޮކެޓް ކާރުޚާނާއަކަށް ދުރު ރާސްތާގެ ’ފްލެމިންގޯ‘ މިސައިލް ޙަމަލާއެއް ދީފި

ރޭގަނޑުގެ ވަގުތެއްގައި ރަޝިއާގެ ސަމާރާ ސިޓީއަށް ޔޫކްރޭނުން ދިންކަމަށް ބުނާ 'ފްލެމެންގޯ' މިސައިލް ޙަމަލާތަކުގެ ތެރެއިން ޙަމަލާއެއް އަމާޒުވާތަން ދައްކުވައިދޭ މަންޒަރެއް. (އެގްޒައިލްނޯވާ/ ޓެލެގްރާމް)

ޔޫކްރޭނުގެ ބޯޑަރުން 900 ކިލޯމީޓަރު އެތެރޭގައިވާ ރަޝިއާގެ ސަމާރާ ސަރަޙައްދުގައި ހުންނަ ”ޕްރޮގްރެސް“ ރޮކެޓް އެންޑް ސްޕޭސް ސެންޓަރަށް އަމާޒުކޮށް ޔޫކްރޭނުން ދުރު ރާސްތާގެ ފްލެމިންގޯ މިސައިލް ޙަމަލާތަކެއް ދީފިއެވެ. ޔޫކްރޭނުގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވަނީ މި ޙަމަލާ ކަށަވަރުކޮށްދީފައެވެ. އޭނާ ބުނީ، ރަޝިއާ ސުލްޙައަށް މަޖުބޫރުކުރެވޭނީ އެޤައުމުގެ އަސްކަރީ-ސިނާޢީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީގެން ކަމަށެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 19 ސަރަޙައްދަކުން ޔޫކްރޭނުގެ 600 އާ ގާތްކުރާ އަދަދަކަށް ޑްރޯން ވައްޓާލާފައިވާ ކަމަށް ރަޝިއާގެ ވައިގެ ދިފާޢީ އިދާރާތަކުން ބުނެއެވެ.

Ad Image
Ads by

ސަމާރާގައިވާ ޕްރޮގްރެސް ސެންޓަރަކީ ރަޝިއާގެ އަސްކަރީ ޖާސޫސީ ސެޓެލައިޓްތައް ފޮނުވުމަށް ބޭނުންކުރާ ސޯޔުޒް-2 ރޮކެޓްތަކާއި އަސްކަރީ އިލެކްޓްރޯނިކްސް އުފައްދާ މައި ކާރުޚާނާއެވެ. މި ޙަމަލާގެ ސަބަބުން އެ ކާރުޚާނާގައި ވަނީ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މި ޙަމަލާގައި ބޭނުންކޮށްފައިވަނީ ޔޫކްރޭނުން އަމިއްލައަށް އުފައްދާފައިވާ ’FP-5 ފްލެމިންގޯ‘ ކްރޫޒް މިސައިލެވެ. ސަމާރާގެ އިތުރުން، ރަޝިއާގެ ކިންޖާލް މިސައިލް އުފުލާ މިގް-31ކޭ ޖެޓްތައް ބޭސްކުރާ ނިޜްނީ ނޮވްގޮރޮޑްގެ ސާވަސްލެއިކާ އެއާބޭސްއަށްވެސް ޔޫކްރޭނުން ވަނީ ޙަމަލާދީފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި