Monday, 17 August 2026
Ads by

ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނަގާ ބިލުގެ ސަބަބުން ހަމަހަމަކަން ގާއިމްކުރެވި އާމްދަނީ އިތުރުކުރެވޭނެ: އަޝްރަގު

ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނަގާ ބިލުގެ ސަބަބުން ހަމަހަމަކަން ގާއިމްކުރެވި އާމްދަނީ އިތުރުކުރެވޭނެ: އަޝްރަގު

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ރާއްޖޭން ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި އޮންލައިން ބުކިންގް ޕްލެޓްފޯމްތަކާއި ބޭރުގެ ޓްރެވަލް އެޖެންޓުންގެ އަތުން ޑެސްޓިނޭޝަން ޕްރިންސިޕަލް އުސޫލުން ޓެކްސް ނެގުމަށް މަގުފަހިކޮށްދޭނެ މުހިންމު ބިލެއް ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގު ވިދާޅުވެއްޖެ އެވެ.

Ad Image
Ads by

ފޭސްބުކްގައި އަޝްރަގު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައިނަލްއަގުވާމީ ޓެކްސް ނިޒާމުތަކުގެ މައިގަނޑު އަސާސަކީ ހިދުމަތްދޭ ފަރާތް ހުރި ތަނަކަށް ބެލުމުގެ ބަދަލުގައި އެ ހިދުމަތެއްގެ ބޭނުން ހިފާ ގައުމަކަށް ޓެކްސް ދެއްކުން ކަމަށެވެ.

ވިލާތުގެ އިއްތިހާދާއި ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގެ ވެލިއު އެޑެޑް ޓެކްސް އަދި ޖީއެސްޓީ ނިޒާމުތަކުގައިވެސް އަމަލުކުރަމުން އަންނަނީ މި އުސޫލަށް ކަމަށާއި މި އިސްލާހުގެ ދަށުން، ރާއްޖޭން ބޭރުގެ އޮޕަރޭޓަރުން ޓެކްސް ނަގައި، ފަތުރުވެރިޔާ ހިދުމަތް ހޯދާ ގައުމެއްގެ ހައިސިއްޔަތުން ދިވެހި ދައުލަތަށް އެ ޓެކްސް ދައްކަންޖެހޭނެ ކަމަށް އަޝްރަގު ވިދާޅުވިއެވެ.

އަޝްރަގު ވިދާޅުވީ، މިހާރުގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ޕެކޭޖުތަކުގެ ބޮޑު ބައެއް ބޭރުގެ އެޖެންޓުން ވިއްކަނީ ރީޓެއިލް އަގުގައިކަމަށާއި ނަމަވެސް، ޖީއެސްޓީ މިހާރު ނެގެނީ ހަމައެކަނި ރިސޯޓުތަކަށް ލިބޭ ހޯލްސޭލް އަގުންކަމަށްވާއިރު މީގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުން އުފެދޭ އާމްދަނީގެ ބޮޑު ބައެއް ދިވެހި ޓެކްސް ނިޒާމުގެ ތެރެއަށް ނުވަދެ ބޭރުވެގެންދާ ކަމަށާއި މި ބިލުގެ ސަބަބުން އެ ހުސްކަން ފޫބެދިގެންދާނެ ކަމަށެވެ.

”ސާފުކޮށް ދަންނަވާނަމަ، މިއީ އަލަށް ތައާރަފުކުރާ ޓެކްސެއް ނޫން. ފަތުރުވެރިން މިހާރުވެސް އެ ފުރިހަމަ އަގު ދައްކަމުންދޭ. އަޅުގަނޑުމެން މިކުރާ ކަމަކީ، އެ ލިބޭ އާމްދަނީން ދައުލަތަށް ލިބެންޖެހޭ ހައްގު މިންވަރު ކަށަވަރުކޮށް، އެ ފައިސާ ބޭރުގެ ކުންފުނިތަކުގެ އަތުގައި ނުބަހައްޓައި ދިވެހި ދައުލަތުގެ ބަޖެޓަށް ޖަމާކުރުން“ އަޝްރަގު ވިދާޅުވިއެވެ.

އަޝްރަގު ވިދާޅުވީ މި ބަދަލުގެ ސަބަބުން އަގުތައް އުފުލިގެންދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، ރީޓެއިލް އަގު މިހާރުވެސް ނަގަމުންދާކަމަށެވެ އަދި މި އިސްލާހުގެ ސަބަބުން ވިޔަފާރީގެ މައިދާނުގައި ހަމަހަމަކަން ގާއިމުވެ، ދިވެހި އެޖެންޓުންނަށް ޓެކްސް ނުދައްކާ ބޭރުގެ ބޮޑެތި ޕްލެޓްފޯމްތަކާ އެއް ހަމައެއްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ،

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot 2026-08-17 at 09.03
އައްޑުއާއި މާލޭގެ ޑަބްލިއުޑީސީ ރައީސާއިންގެ ތާއީދު ޝާހިދަށް!
Screenshot
ފަރެސްމާތޮޑާގެ ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި
FB_IMG_1786935563009
ވިލިމާލެ ޑިންގީ ޖެޓީ ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
big_wg66XI4p4w4er1edNfJcoDtpM
ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނަގާ ބިލުގެ ސަބަބުން ހަމަހަމަކަން ގާއިމްކުރެވި އާމްދަނީ އިތުރުކުރެވޭނެ: އަޝްރަގު
Ads by
މަގުބޫލު
9C781EB8-7D1B-4BF5-AA42-DBC61E226679
ނަޝީދުގެ ސިޔާސީ ފޯމިއުލާ މިފަހަރުވެސް ޗޮކުން: އެމްޑީޕީގެ މުޒާހަރާގައި 90 މީހުން
l_2025_08_18_061416_94owecpn3lifkhm7y5xr8dbaz6qtuvjgs21_EN_
އިބޫ ސޯލިހު އަކީ ލަދުހަޔާތެއް ނެތް، ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ބޭފުޅެއް: ސައިފް
E8581A70-30BC-41C6-99E5-C4E17E74AFB1
ލެގޫންސްގެ ބޯޑު އިންތިޚާބުގެ ތެރެއަށް އަޑުބަރޭ ވަދެ ހަމަނުޖެހުން ހިންގައިފި
Screenshot 2026-08-12 at 00.11
އުފަންވިތާ ތިން ދުވަސްވީ ކުއްޖަކު ދައުލަތަށް ނެގީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް: މިނިސްޓްރީ