ޓެރަރިސްޓު ޣައިރު ޤާނޫނީ ދައުލަތް، އިޒްރޭލުގެ އަސްކަރީ ބޯޓުތަކުން ދެކުނު ލުބުނާނުގެ އަންސާރު އަދި ދައިރު އަލް-ޒަހްރާނީއަށް ދިން ނުރައްކާތެރި ވައިގެ ޙަމަލާތަކެއްގައި 11 މީހުން މަރުވެ 19 މީހުން ވަނީ ޒަޚަމްވެފައެވެ. މަރުވި މީހުންގެ ތެރޭގައި ހިޒްބުއްލާގެ ނުފޫޒުގަދަ ރަޟުވާން ފޯސްގެ ކޮމާންޑަރު ޢަލީ ސާމިރު އަލް-ޙާއްޖު ޙަސަންގެ އިތުރުން، އާންމުންގެ 5 މީހަކު ހިމެނެއެވެ. އޭގެ ތެރޭގައި 3 ކުޑަކުދިންނާއި 2 އަންހެނުން ހިމެނެއެވެ.
އިޒްރޭލުން ބުނީ މި ޙަމަލާއަކީ ޢަލީ އަލް-ޠާހިރު ފަރުބަދަމަތީގައި ތިބި އިޒްރޭލު ސިފައިންނަށް ހިޒްބުއްލާގެ ޑްރޯނަކުން ޙަމަލާދީ 3 ސިފައިން ނުރައްކާތެރިކޮށް ޒަޚަމްކޮށްލުމާ ގުޅިގެން ދިން ރައްދު ހަމަލާއެއް ކަމަށެވެ. މިއީ ޖޫން މަހު ޤާއިމުކުރި ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑާލުމުގެ އެއްބަސްވުމުގެ ފަހުން އިިޒްރޭލުން އެއެއްބަސްވުމާ ޚިލާފުވެ ދިން ޙަމަލާއެއްގައި ލުބުނާނުގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. މި ޙަމަލާއާ ގުޅިގެން ހިޒްބުއްލާއިން ވަނީ އެމެރިކާ މެދުވެރިވެގެން ކުރިއަށްގެންދާ މަޝްވަރާތައް މެދުކަނޑާލުމަށް ލުބުނާނު ސަރުކާރަށް ގޮވާލާފައެވެ.













