Tuesday, 1 September 2026
Ads by

ތިނަދޫ ސިޓީގެ އައު ޕޮލިސް މަރުކަޒާއެކު ހައްޔަރުކުރެވޭ މީހުން ބެލެހެއްޓުމަށް ބޮޑު ލުޔެއް ލިބޭނެ: ސީޕީ

ތިނަދޫ ސިޓީގެ އައު ޕޮލިސް މަރުކަޒާއެކު ހައްޔަރުކުރެވޭ މީހުން ބެލެހެއްޓުމަށް ބޮޑު ލުޔެއް ލިބޭނެ: ސީޕީ

ތިނަދޫ ސިޓީގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ނިމުމުން، ހައްޔަރުކުރެވޭ މީހުން ބެލެހެއްޓުމުގައި މިހާރު ހުރި ގޮންޖެހުންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ސީޕީ މިހެން ވިދާޅުވީ ތިނަދޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި، އެ ސިޓީގައި މަސައްކަތްކުރައްވާ ފުލުހުންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ އަލަށް އިމާރާތްކުރާ މަރުކަޒުގެ މަސައްކަތް ނިމުމުން، މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، ހައްޔަރުކުރެވޭ މީހުން ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ. މީގެއިތުރުން، ޚިދުމަތުގައި ދުވަސްވީ ތަޖުރިބާކާރު ފުލުހުންގެ ފަރާތުން އަލަށް ޚިދުމަތާ ގުޅިފައިވާ މުވައްޒަފުންނަށް ކަންކަން ދަސްކޮށްދީ، ނަމޫނާ ބަޔަކަށް ވުމަށް ސީޕީ އެދިލެއްވިއެވެ. އަދި ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރަންވީ ގޮތާއި، މަސައްކަތުގެ ވައްޓަފާޅި އާއި އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުމާ ގުޅޭގޮތުން ވެސް ފުލުހުންނަށް އިރުޝާދު ދެއްވިއެވެ.

ސީޕީ ވަނީ މީގެ ކުރިން އެ ރީޖަންގައި މަސައްކަތް ކުރެއްވި ދުވަސްތަކުގެ ހަނދާންތައް އާކުރައްވައި، އޭރުގެ ހާލަތާއި މިހާރުގެ ހާލަތަށް ބައްލަވައިގެން ލިބެންހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން ރައްޔިތުން އުންމީދުކުރާ ފަދަ ނަތީޖާއެއް ނެރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ހިތްވަރު ދެއްވާފައެވެ.

މި ޒިޔާރަތުގެ ތެރެއިން، ތިނަދޫ ސިޓީގައި އަލަށް އިމާރާތްކުރަމުންދާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ގޮސްފައިވާ ހިސާބު، ސީޕީ އަދި ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވަނީ ބައްލަވާލައްވާފައެވެ. އަދި އެ މަސައްކަތް އަވަސްކުރުމަށްޓަކައި ކުރެވެންހުރި ކަންތައްތަކާ ގުޅޭގޮތުން ކޮންޓްރެކްޓަރާއެކު ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި، ކްރައިމް ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދާއި، ސައުތު ޕޮލިސްގެ ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
shiyam
މިހާތަނަށް 2.2 ބިލިއަން ރުފިޔާ މަސްވެރިންނަށް ވަނީ ދޫކުރެވިފައި: ޝިޔާމް
IMG_8450
ހުޅުމާލޭގެ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާއި އެޗްޑީސީން މުހިންމު މަޝްވަރާތަކެއް ކޮށްފި
Screenshot 2026-09-01 at 14.26
ރާއްޖޭގެ ޑޮލަރުގެ މައްސަލަ ހައްލުކުރުމާއި އިޤްތިޞާދީ ކުރިއެރުމުގައި ދިވެހި ފައިސާގެ ދައުރު
thinadhoo hospital
ތިނަދޫ ސިޓީ ސިނާއީ ސަރަހައްދުގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ
Ads by
މަގުބޫލު
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް
20260827_092710
ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޠަރީފީ މެރުމަށް ސަޢޫދީ ޕްރޮސެކިއުޝަނުން ކޯޓުގައި އެދިއްޖެ
image_870x_6a3e8969ce9a8
ނަޝީދުއާއެކު ގެންނާން އުޅުނު "ބޮޑު ބަދަލު" ބޮޑު ކޯޅުމަކަށް!
20260830-234549-720281
3 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ބައްޕައަކު ހައްޔަރުކޮށްފި
Screenshot 2026-08-28 at 15.46
ޕީއެންސީ މީހުން ޔާމީންގެ ޕާޓީއަށް ގެންދަން ނަޝީދު ކެމްޕެއިނަށް