Saturday, 24 October 2026
Ads by

ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުން ލާޒިމުކުރަން ގާނޫނަށް އިސްލާހެއް

ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުން ލާޒިމުކުރަން ގާނޫނަށް އިސްލާހެއް

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް---

ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނެގުން ލާޒިމުކުރުމަށްޓަކައި، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

Ad Image
Ads by

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދެވެ. މި އިސްލާހުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެށުމާއެކު، އޮފްޝޯ ބުކިންގ ޕްލެޓްފޯމްތަކާއި، ރާއްޖެއިން ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނަށް ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގުމުގެ އުސޫލުތައް ގާނޫނުގައި ކަނޑައެޅުމެވެ. މީގެ އިތުރުން، ޓެކްސް ނިޒާމު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، ރާއްޖޭގެ ޓެކްސް ނިޒާމު އިތުރަށް ހަރުދަނާކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މުދާ ފޯރުކޮށްދިނުމުގައި ޓްރާންސްޕޯޓްކުރުން ހިމެނޭ ހާލަތްތަކުގައި، އެ މުދާ ޓްރާންސްޕޯޓް ކުރަން ފަށާ ގައުމަކީ ރާއްޖެ ކަމުގައިވުން ނުވަތަ މުދާ ފޯރުކޮށްދޭ ފަރާތުން އެ މުދަލެއް ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާނަމަ، އެ މުދަލެއް ބެލެވޭނީ ރާއްޖޭގައި ފޯރުކޮށްދޭ މުދަލެއްގެ ގޮތުގައެވެ. ހަމައެއާއެކު، ރާއްޖޭގައި ގާއިމުވެފައިވާ އެ ފަރާތެއްގެ ވިޔަފާރި ހިންގާ ތަނަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކީ ވެސް ރާއްޖޭގައި ފޯރުކޮށްދޭ ހިދުމަތެއްގެ ގޮތުގައި ބެލުމަށް މި ބިލުގައި ވަނީ ހިމަނާފައެވެ.

އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގަިއ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައި ނުވި ނަމަވެސް، ހިދުމަތް ދިން ވަގުތު ރާއްޖޭގައި ހުރި ފަރާތަކުން އެ ހިދުމަތެއްގެ އަމަލީ މަސައްކަތް ރާއްޖޭގައި ކޮށްފިނަމަ ނުވަތަ އެއީ ރާއްޖޭގައި ހުރި ނުއުފުލޭ މުދަލަކާ ގުޅުންހުރި ހިދުމަތެއްނަމަ، އެ ހިދުމަތެއް ބެލެވޭނީ ރާއްޖޭގައި ފޯރުކޮށްދިން ހިދުމަތެއްގެ ގޮތުގައެވެ. މީގެ ތެރޭގައި އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓް ފޯރުކޮށްދިނުމާއި، އެފަދަ ޕްރޮޑަކްޓަކާ ގުޅިގެން ދޭ އެޖެންސީ ހިދުމަތްތަކާއި ބުކިންގ ހިދުމަތްތައް ވެސް ހިމެނެއެވެ.

މި އިސްލާހުގައި ޖީއެސްޓީ ނެގުން ލާޒިމުވާ ހާލަތްތަކުގެ ތެރޭގައި، ޓެކްސް ނެގޭ ހަރަކާތް ހިންގާ ދާއިމީ ވިޔަފާރި ތަނެއް ރާއްޖޭގައި ނެތް ކަމުގައިވިޔަސް، އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓެއް ރާއްޖޭގައި ފޯރުކޮށްދިނުން ހިމަނާފައިވެއެވެ. އަދި މިފަދަ ޕްރޮޑަކްޓްތަކުން ޖީއެސްޓީ ނަގަން ފެށުމަށް ކަނޑައަޅާފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ބިލުގައި އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓް ކަމަށް ބަޔާންކޮށްފައިވަނީ ރާއްޖޭގައި ފޯރުކޮށްދޭ އެކޮމޮޑޭޝަނާއި، ކެއިންބުއިމާއި، ދަތުރުފަތުރުގެ ހިދުމަތްތައް ހިމެނޭހެން ފަތުރުވެރިކަމާ ގުޅުންހުރި އެންމެހައި ހަރަކާތްތަކެވެ.

މި އިސްލާހުތަކާއެކު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ އަންދާޒާއެއްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން، އޮފް ޝޯ ބުކިންގ ޕްލެޓްފޯމްތަކާއި، ރާއްޖެއިން ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ އަތުން ޓެކްސް ނަގަން ފެށުމުން، ދައުލަތުގެ އާމްދަނީއަށް އަހަރަކު ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
messi award spain
ސްޕެއިންގެ ޝަރަފުވެރި "ޕްރިންސެސް އޮފް އަސްޓޫރިއަސް" އެވޯޑު މެސީއަށް ލިބިއްޖެ
20261023_212845
އަނިޔާވެރިކަމާ ދެކޮޅަށް ރަޝިޔާގެ އިސްތިއުމާރީ ވެރިކަމަށް ދޫނުދިން ޗެޗްނިޔާގެ ޢިލްމުވެރިއެއް ޝަހީދުކޮށްލައިފި
iPhone duo
އެމެރިކާއާ އެއް ދުވަހެއްގައި އެޕަލް ޑުއޯ ރާއްޖޭގައި ލޯންޗުކޮށް، އެލް ސްޓޫޑިއޯއިން ވިއްކަން ފަށައިފި
IMG-20261023-WA0017
ވިއްސާރައިގެ ގެއްލުންތަކުން އަރައިގަތުމަށް ފުލުހުންގެ އެހީތެރިކަން ރަށްރަށަށް
Ads by
މަގުބޫލު
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
20261023_090833
އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް 'މާދަރ އޮފް އޯލް ބޮމްބްސް' ތައްޔާރުކުރުމުން އީރާނުން 'ފާދަރ އޮފް އޯލް ބޮމްބްސް' ދައްކާލުމަށް ތައްޔާރުވަނީ